ޕްރިންސް ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކޭޓް މިޑިލްޓަން އަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގެންފިއެވެ.

މިއީ ޕްރިންސް ވިލިއަމް އަށް ލިބިވަޑައިގެންނެވި ތިން ވަނަ ދަރިފުޅެވެ. މީގެ ކުރިން ވިލިއަމްގެ ދެމަފިރިންނަށް ވަނީ ފިރިހެން ބޭފުޅަކާއި އަންހެން ބޭފުޅަކު ލިބިވަޑައިގެންފައެވެ.

ކޭޓް ފިރިހެން ބޭފުޅަކު ވިހެއީ ލަންޑަންގެ ހުޅަނގުގައި ހުންނަ އެސްޓީ. މެރީސް ހޮސްޕިޓަލްގައެވެ. ދަރިފުޅު އުފަންވެފައި ވަނީ އިނގިރޭސިވިލާތުގެ ގަޑިން މިއަދު ހެނދުނު 11:01 ގައެވެ. އެއީ ދިވެހިރާއްޖޭގެ ގަޑިން ހަވީރު 15:01 އެވެ.

އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން ބުނީ ވިލިއަމް އާއި ކޭޓްގެ ދަރިފުޅު އުފަންވިއިރު ބަރުދަނުގައި 3.8 ކިލޯ ހުރި ކަމަށެވެ. ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށް ޝާހީ އާއިލާ އިން މައުލޫމާތު ދެއެވެ.

ޝާހީ އާއިލާ އަށް އުފަންވި ކުއްޖާގެ ބޮޑުބޭބެ ޕްރިންސް ހެރީ އާއި އެކުއްޖާގެ ވާން އުޅޭ ބޮޑުދައިތަ މެގަން މާކެލް ވެސް މިހާރު ވަނީ ހޮސްޕިޓަލަށް ޒިޔާރަތް ކޮށް ކޭޓް އާއި ތުއްތު ދަރިފުޅުގެ ހާލު ބައްލަވާފައެވެ.

އަދި ވިލިއަމް އާއި ކޭޓްގެ ދެބޭފުޅުން ކަމަށްވާ ޖޯޖް އާއި ޗާލޮޓް ވަނީ އެބޭފުޅުންގެ ކޮއްކޮ އަރިހަށް ހޮސްޕިޓަލަށް ވަޑައިގެންފައެވެ. ޖޯޖް އާއި ޗާލޮޓް ހޮސްޕިޓަލަށް ވަޑައިގެންނެވީ ސްކޫލް ޔުނީފޯމްގައި އެކުދިންގެ ބައްޕަ ވިލިއަމް އާއި އެކުއެވެ.

މިއަދު އުފަންވީ އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ހަވަނަ މާމަ ދަރިފުޅެވެ. މިއަދު އުފަންވި ކުއްޖާ އަކީ ޕްރިންސް ޗާލްސް އާއި، ޕްރިންސް ވިލިއަމް އާއި، ޕްރިންސް ޖޯޖް އާއި، ޕްރިންސް ޗާލޮޓް އަށް ފަހު ދެން ރަސްކަން ލިބިވަޑައިގަންނަވާނެ ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޯދީ

    ނޯބޮޑީ ކެއަރސް

  2. ފައިޒް

    އަހަރެމެން ނަށް ކީއް ތީ ޤައުމުތަށް އަޅުވެތި ކުރަން އުޅޭ ބައެއް...

  3. ޝަހްދާ

    .ދެރަކަމެތްނުން .ހާދަމާތްބަހުންނޭ ތިމުހާތަބްކުރަނީ. ???

  4. އެހެންދޯ

    ޖަޕާނު މަހެއްތަ މީ...