އޯޝަނިއާގެ ޤައުމެއް ކަމަށްވާ ވަނުއަޓޫއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

އެޤައުމަށް ބިންހެލުމެއް އައިސްފައި މިވަނީ އެ ސަރަޙައްދުގައި އޮންނަ އިންޑިނީޝިއާ އަށްވެސް ބާރުގަދަ ބިންހެލުމެއް އައިތާ މާގިނައިރެއް ނުވަނީހެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމި އިދާރާއެއް ކަމަށްވާ ޔޫރަޕިއަން މެޑިޓަރޭނިއަން ސެއިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވާ ގޮތުގައި މީގެ އިރުކޮޅެއް ކުރީން ވަނުއަޓޫ އަށް ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުމިނުގައެވެ.

މި ބިންހެލުން އައިސްފައި ވަނީ ވަނުއަޓޫގެ ޖަޒީރާ ރަށްތައް ހިމެނޭ ސަރަޙައްދެއްގެ ބިމުގެ 107 ކިލޯމީޓަރު އަޑިން ކަމަށް އެ އިދާރާއިން ބުނެއެވެ.

ވަނުއަޓޫއަށް ދެންމެ އައި ބިންހެލުމާއި ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު އަދި ނެރެފައެއް ނުވެއެވެ. މި ބިންހެލުމުގައި ލިބުނު ގެއްލުމެއްވެސް އަދި އެނގިފައި ނުވެއެވެ.

ވަނުއަޓޫއަށް ބިންހެލުން އައުމުގެ ކުރީން މިރޭ އިންޑޮނީޝިއާއަށް ބިންހެލުމެއް އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 5.9 ގެ ބާރުމިނުގައި އެޤައުމުގެ ސުލަވެސީ ނަމަކަށްކިޔާ ޖަޒީރާ ރަށަކަށެވެ. އެ ބިންހެލުން އައިސްފައި ވަނީ ބިމުގެ 30 ކިލޯމީޓަރު އަޑިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ސުބުޙާނަﷲ، ދުނިޔެ ނިމުންގާތްވެއްޖެ، މާތްﷲއަށް ބި ރުވެތިވޭ، ދުނިޔެ ނިމުން އޮތީ ބޮޑު ޒަލްޒަލާއަކުން.

    17