ހަލުވިކަމާއެކު ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) ފެތުރެމުންދާތީ އިންޑިއާގައި މީހުން ބޭރަށް ނިކުމެ ތަންތަނަށް އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް ގޮތްދޫނުކޮށް އެޤައުމުގެ ހައްދުފަހަނައަޅާފައިވާ ހިންދޫ ދީނުގެ މީހުން ބުދުފައްޅިތައް ކައިރިޔަށް ޖަމާވާން ފަށައިފިއެވެ.

ނޫސްތައް ބުނާގޮތުން މި މީހުން ބުދުފައްޅިތައް ކައިރިޔަށް އެއްވަމުން ދަނީ، ހިންދޫން ކޮންމެ އަހަރަކުވެސް މި ދުވަސްވަރު ފާހަގަކުރާ ޚާއްސަ ފެސްޓިވަލެއް ކުރިޔަށްގެންދިއުމަށެވެ. ހިންދޫ ދީނުގެ ގިނަ އަދަދެއްގެ ބަޔަކު އިންޑިއާގެ އެކި ސަރަޙައްދުތަކުގެ ބުދުފައްޅިތައް ކައިރިޔަށް ޖަމާވަމުން ދިޔަ ނަމަވެސް މި ފެސްޓިވަލް މިއަހަރު ނުބާއްވަން ކުރިން އެޤައުމުގެ ހިންދޫ އިސް ފާދިރީން ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގެ ނުރައްކަލާއި ގުޅިގެން މި ފެސްޓިވަލް މިއަހަރު ނުބާއްވާ ގޮތަށް ކަނޑައަޅާފައި ވީނަމަވެސް، މިހާރު ފައްޅިތައް ކައިރިޔަށް އެއްވަމުންދާ މީހުން ބުނަމުން ދަނީ މި ވައިރަސް އިން ސަލާމަތްވުމަށް ބުދުތަކަށް "ޕޫޖާކޮށް" ފެސްޓިވަލް ކުރިޔަށް ގެންދަން ޖެހޭ ކަމަށެވެ. އިންޑިއާގައި އާންމުން އެއްވެ އުޅުން މަނާކޮށްފައި ވަނިކޮށް ހިންދޫން ފައްޅިތައް ކައިރިޔަށް އެއްވަމުން ދިޔަ ނަމަވެސް އެތަންތަން ވަނީ ބަންދުކޮށްފައެވެ. އަދި ފުލުހުންވެސް ދަނީ އެފަދަ ތަންތަނުގައި ފޯރިމަރަމުންނެވެ.

އިންޑިއާ ފުލުހުން މިކަމާއި ގުޅިގެން ބުނެފައިވާ ގޮތުގައި ފައްޅިތައް ކައިރިޔަށް އެއްވާ މީހުންނަށް ނަސޭހަތްތެރިވެ އެމީހުން ފޮނުވާލުމުގެ މަސައްކަތް ފުލުހުން ކުރަމުން ދިޔަ ނަމަވެސް އެމީހުންގެ ފަރާތުން އެއްބާރުލުމެއް ލިބެމުން ނުދާ ކަމަށާއި، އަދި ވެސް ގިނަ އަދަދެއްގެ ހިންދޫން ގްރޫޕް ހަދައިގެން ފައްޅިތައް ކައިރިޔަށް އެއްވަމުންދާ ކަމަށެވެ. އަދި މި ކަމަކީ މި ދުވަސްވަރު ނުރައްކާތެރި ކަމެއް ކަމުން ވައިރަސް އިންޑިއާގައި މިހާރު އޮތް މިންވަރަށްވުރެ އިތުރު ވުމުގެ ބިރު ބޮޑުވެފައިވާ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

ދުނިޔެއިން ކޮވިޑް-19 ފެނުނު 204 ޤައުމުގެ ތެރެއިން އިންޑިއާއަށް ވެސް ފާއިތުވެދިޔަ ދުވަސްތަކުގައި ވައިރަސްގެ ނުރައްކާ ވަނީ އިތުރު ވެފައެވެ. މިގޮތުން ވައިރަސް ޖެހޭ މީހުންގެ އަދަދު އެޤައުމުގައި ވެސް ހިފެހެއްޓުމެއް ނެތި އިތުރުވަމުން ދާއިރު، މިހާތަނަށް އެޤައުމުން ޖުމްލަ 2543 މީހަކު މި ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އޭގެތެރެއިން 72 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިންޑިއާ އިން 545 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. އަދި މިދިޔަ 24 ގަޑިއިރު ތެރޭ އެކަނިވެސް އެޤައުމުން 14 މީހަކު މަރުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. މިހާތަނަށް އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވީ 51 މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ާައަހުމަދު

    ކިހިނެއް 204 ޤައުމު ތި ހަމަކުރީ. ނޭގޭތީ އަހާލަނީ.

    30
    2
    • ސަދސަ

      ކަލޭ ކިޔެވި އިރު އޮތް އެތައްގައުމެއް މިނިވަންކަން ހޯދައިފި. އަ ދި މިލިސްޓްގައ ހިމެނޭނެ އެހެން ގައުމުތަކުން އަތްދަށުލައިގެން އުޅޭ ކު ދި ކު ދި ރަށް ރަށްވެސް.
      މިސާލަކަށް އިނގިރޭސިންގެ ކޮންޓްރޯލް އޮންނަ ކުރީގެ ފްރާންސްގެ ދެރަށް ކަމަށްވާ ޖާޒީ .

      11
      1
  2. އެދުރު

    މުސްލިމުން މިސްކިތަކާ ވައި އެޅޭ ހިސާބުން ދިޔަޔަސް ތަޅާ ތިރިކޮށްލާނެ ތި ފުލުހުން ، މޯދީގެ ޕާޓީ މީހުން ތި އެއްވަނީ ، ފުލުހުންނަކަށް ނުކެރޭނެ ކަމެއްކުރާކަށް

    96
    4
  3. ދަންވަރު ނޫސްކިޔާ ކުއްޖާ

    ޙެޔޮ ނުވާނެ .ދިވެހި ރައްޔިތުންނޭ ހެޭޖެހެންވީ ވަގުތު އައިއްސި.މިފަދަ މީހުން މިގައުމަށް އައިސް މިގައުމަށް މިއޮތް އަތްގަދަ ކޮށް އަހަރެމެންގެ މި ދިވެހީން އަނދަވަޅަކަށް ވައްޓާލަނީ. ކެނެރީގޭ މުޑޯޓިކަލޯ މި ބައިގަނޑު ގެނެސްގެން ރާއްޖެ ވިއްކަމުންދާ އިރު އަތްޖަހަން ނުތިބެމާ????

    115
    7
  4. ކޮތަރު

    ޕޫޖާކުރަން އަންނަ މީހުން ހިފަހައްޓަބަހައްޓާފަ ހޯޖާކޮށްބަލަ.

    73
  5. ދިވެހި ރައްޔިތެއް

    ރައްޔިތުންނަށް އަޅާލާ، ކަންތައް ގޯސްނުވަނީސް އިންޑިޔާ އަދި އެހެން ގައުމުތަކުގަ ތިބި ދިވެހި ރައްޔިތުން ގެނެސްދީ!، ބޭރުގައުމުގަ ތިބިއްޔާ އެގައުމަކުން އަޅާލުން ކުޑަވާނެ، ސަރުކާރުން އެހީވެދެއްވާ އެގައުމުތަކުގެ ސަރުކާރާ ގުޅިގެން.

    18
    4
  6. ޞގތފފ

    ޕޫޖާކުރީމަ އޭގެ ބަދަލުގައި ލިބެނީ ކޮވިޑް ޖެހޭނެކަމުގެ ޔަޤީންކަން. ސްޓްޕިޑް ޕީޕަލް. ހެހެހެ.

    39
  7. އަނދޭ

    އެވާނީ މޯދީދި ފޮނުވައިގެންދާ ބައިގަނޑަކައް ތިބައިގަނޑު އިންޑިޔާގެ ފުލުހުންނައްވުރެން ބާރުގަދަވާނެ އެފުލުހުންނަކައް އެމީހުންނައް އެއްވެސްކަމެއް ނުކުރެވޭނެ

    26
  8. މޮގޮަމްބޯ

    ހިޔާލީ ކަލާނގެ ތަކަކީ އިންސާނުންގެ އަމިއްލަ އުފެއްދުމެއް. ނުފެނޭ، އަޑު ނީވޭ، އޭގެ އެއްވެސް އަސަރެއް އިހުސާސް ނުވާ އެއްޗެކަށް އަޅުކަން ކުރުމަށް ވުރެ ހަމަޖެހޭ މަސައްކަތެއް ކުރިއްޔާ މާރަގަޅުވާނެ. އުދުހޭ އަހާއި، ނުފެންނަ އެންގަލްސް ތަކަކީ އިންސާނުންގެ ހިޔާލީ އުފެއްދުން

    22
    1
  9. ސައްތަފަހަރު

    ޕޫޖާވެ ފައްސިވެ ނިމިގެންދޭ !

    18
  10. ތަޚާނުގެ ޢަލިދީދީ.

    މިމީހުން ހުއްޓުވާނެ ގާނޫނެއް ނެތްތަ؟

  11. މޫސަ

    ބުދުތައް ފުނޑާލަންވީ.

  12. ޏަނ

    ޢިންޑިޔާ ތިޔަ ހިންދޫންނާ ހެދި ފަނާވާނެ ދުވަސް އަދި ކަލޭމެން ދިރިދުނިޔޭގައި ތިބިއްޔާ ފެންނޫއެވެެ..