އިންޑިއާގެ ސްކޫލުތަކާއި މަތީ ތައުލީމު ދޭ ތަންތަނުގައި ބުރުގާ އަޅައިގެން ކިޔެވުން މައްސަލައަކަށް ވެފައި ވަނިކޮށް އިންޑިއާގެ ޔުނިވާސިޓީއެއްގައި އަންހެން ދަރިވަރަކު ނަމާދު ކުރި މައްސަލަ ހޫނުވެއްޖެ އެވެ.

އިންޑިއާގެ މަދްޔާ ޕްރަދޭޝްގައި ހުންނަ ޑރ.ހަރި ސިންގް ގޯރު ސާގަރު ޔުނިވާސިޓީގެ ކްލާސް ރޫމްގައި އަންހެން ދަރިވަރަކު ނަމާދު ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް ވައިރަލްވެފައިވާ އިރު އެ މައްސަލަ ބަލަން ޔުނިވާސިޓީއަށް ހުށަހެޅުއްވީ ހިންދޫންގެ ކަނާތުފިޔައިގެ ޖަމާއަތެއް ކަމަށްވާ ހިންދޫ ޖަގްރަން މަންޗްއިން އެެވެ.

އެ ޖަމިއްޔާފެ ޗީފް އުމޭޝް ސަރަފް ބުނީ ތައުލީމް ދޭ އެއްވެސް ތަނެއްގައި އެގޮތަށް ނަމާދު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.

އެ މައްސަލަ މިހާރު ބެލުމަށްޓަކައި ފަސް މެމްބަރުން ކޮމިޓީއެއް ވެސް އެކުލަވާލައިފައިވާ ކަމަށް ޔުނިވާސިޓީއިން ބުނެއެވެ.

ޔުނިޥާސިޓީން ބުނީ ދަރިވަރުން ޔުނިވާސިޓީގައި ނަމާދު ނުކުރަން މިހާރު އަންގާފައިވާ ކަމަށެެވެ. "ޔުނިވާސިޓީއަކީ ކިޔަވަން އަންނަ ތަނެއް. ދަރިވަރުން ގޭގައި ނަމާދު ކުރަން މިހާރު ވާނީ އަންގައިފައި" ޔުނިވާސިޓީގެ ޗާންސެލާ ނީލިމާ ގުޕްތާ ބުންޏެވެ.

ޑރ. ހަރި ސިންގް ގޯރު ސާގަރު ޔުނިވާސިޓީގައި ބުރުގާ އެޅުން މަނަލެއް ނޫނެވެ. ނަމަވެސް ދަރިވަރުން ސްކޫލަށް އަންނަން ޖެހޭނީ ރީތިކޮށް ހެދުން އަޅައިގެން ނެވެ. އިންޑިއާގެ އެހެން ސްޓޭޓެއް ކަމަށްވާ ކަރުނާޓަކާގެ ތައުލީމު ދޭ ތަންތަނުން ބޭނުންނަމަ ބުރުގާ އެޅުން މަނާ ކުރެވިދާނެ ކަމަށް ހައި ކޯޓުން ބަނީ ބުނެފަ އެވެ. އެ މައްސަލަ މިހާރު އޮތީ ސުޕްރީމް ކޯޓުގަ އެވެ. ނަމަވެސް އަދި ސުޕްރީމް ކޯޓުގައި އަޑުއެހުންތަކެއް ނުފަށަ އެވެ،

އިންޑިއާގައި ދީނީ ހަމަނުޖެހުންތައް ބޮޑުވެފައިވާ އިރު މަދްޔަ ޕްރަދޭޝްގައި މިހާރު ދަނީ މުސްލިމުންގެ ގެދޮރުތައް ސުންނާފަތި ވެސް ކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަސަން

    މިވަރު ބަޔަކަށްވިއްޔަ މިތާޢީދު ކުރަނީ

    10
  2. ސައިމާ

    އެތައް ދީނެއްގެ ބަޔަކު ދިރިއުޅޭ ތަނެއްގައި ހަމައެކަނި މުސްލިމުންނަށް ދުއްތުރާ ކުރަނީ ކީއްވެ؟

    10
  3. ކޮރަލް

    އދ ގެ ބަހެއް ނެތެވެ. އަބަދު ޔުކެރޭން ވާހަކަ އެވެ.

    11
  4. ޙަބީބު.

    ކޮބާ އެމްޑީޕީ ކުދިން ވަރައް އުފާވާނެ މިކަމާ އަހަރެމެންނާ ބީރައބީރައްޓެހި ޔަހޫދީ ގޮތްގޮތް ގަބޫލުކޮއް އެމީހުންގެ މުޖުރިމު ސިފައިން މިތަންތާ މިބައިތިއްބަނީ ހަނަމިހާރު އިންޑިޔާ މިލިޓަރީ ބޭރުކުރޭ

  5. ކަދުރު

    ގޮތް ކުޑަ އައުޒަމް، އެހެން މީހުންގެ ކޮމެންޓް ލާން ނުކެރެންޏާ ތިކަން ހުއްޓާލާ.

  6. ސޭކު

    ހޫން އެ ޔުނިވާސިޓީ ފަނާވާ ވަރުގެ ކަމެއް ވިއްޔަ އެކުރީ

  7. ކަންމަތި ބުރޯ

    ﷲ މި ކާފަރުންނަށް ހެޔޮ ވިސްނުމެއަ ދެއްވާޝި