ކޮވިޑް-19 ގެ ވެކްސިން ޓެސްޓް ކުރަންވީ "ނިކަމެތި އެފްރިކާ" މީހުންނަށް ދީގެން ކަމަށް ފްރާންސްގެ މަޝްހޫރު ދެ ޑޮކްޓަރަކު ޓީވީ ޗެނަލެއްގައި ބުނުމާ ގުޅިގެން އެފްރިކާގެ ބައެއް ގައުމުތަކަށް އުފަން ދުނިޔޭގެ މަޝްހޫރު ބައެއް ފުޓްބޯޅަ ކުޅުންތެރިން އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިއްޖެއެވެ.

ފްރާންސްގެ ދެ ޑޮކްޓަރުން ކަމަށްވާ ޖީން ޕައުލް މިރާ އާއި ކެމިލް ލޮޓް، ފްރާންސްގެ ޓީވީ ޗެނަލަކުން ލައިވްކޮށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގައި ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ތައްޔާރު ކުރާ ވެކްސިން ޓެސްޓް ކުރަންވާނީ އެފްރިކާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކަމަށެވެ.

މި ދެ މީހުންގެ ތެރެއިން މިރާއަކީ ޕެރިސްގައި ހުންނަ ކޮޗިން ހޮސްޕިޓަލްގެ އައިސީޔޫ ޑިޕާޓްމަންޓްގެ އެންމެ އިސް ވެރިޔާއެވެ. ލޮޓްއަކީ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު އެންޑް މެޑިކަލް ރީސާޗްގެ ޑިރެކްޓަރެކެވެ. އެ ދެ ބޭފުޅުންގެ ވާހަކަތަކަށް އެފްރިކާ ބައެއް ރައްޔިތުން ވަނީ ރައްދު ދީފައެވެ.

މިރާ ވިދާޅުވި ގޮތުގައި ވެކްސިނާ ގުޅޭ ދިރާސާއެއް އެފްރިކާ ސަރަހައްދުގައި ހަދަން ޖެހޭ ސަބަބަކީ އެމީހުންނަކީ މާސްކެއް ނުގެންގުޅޭ، ފަރުވާ ނުދޭ ބަޔަކަށްވީމައެވެ. ދުނިޔޭގައި ނުރައްކާތެރި ބައްޔެއް ކަމަށްވާ އެއިޑްސް ބައްޔާ ގުޅޭ ގޮތުން ވެސް ދިރާސާ ހެދީ އެފްރިކާގައި ކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަހަރުމެން މިކަހަލަ ކަންކަން ކުރީ ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ މީހުންނާ އެކީގައި. އެމީހުންނަކީ ވަރަށް ބޮޑަށް ހާމައަށް ތިބޭ ބައެއް. އެމީހުންގެ އަމިއްލަ ސަލާމަތަށް ނުވިސްނާނެ،" މިރާ ވިދާޅުވިއެވެ.

މިރާ އެގޮތަށް ވިދާޅުވުމާ އެކު، ފްރާންސްގެ ޑޮކްޓަރު ޖީން ޕައުލް ވެސް އޭނާގެ ވާހަކަތަކަށް ތާއީދު ކުރެއްވިއެވެ.

ދެ ޑޮކްޓަރުގެ މި ވާހަކަތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅު ކުރި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ކުރީގެ ތަރި ޑިޑިއޭ ޑްރޮގްބާ އާއި ބާސެލޯނާ އާއި އިންޓަ މިލާނާއި ޗެލްސީ ފަދަ ކްލަބުތަކަށް ކުޅުނު ސެމުއެލް އެޓޫ ހިމެނެއެވެ.

އެފްރިކާ ބައްރުގެ ގައުމެއް ކަމަށްވާ އައިވަރީ ކޯސްޓަށް އުފަން ޑްރޮގްބާ ކުރި ޓުވީޓެއްގައި ބުނީ ދެ ޑޮކްޓަރުން ދެއްކި ވާހަކަތައް ގަބޫލު ކުރެވެން ނެތް ކަމަށެވެ. އަދި އެފްރިކާއަކީ "ޓެސްޓިން ލެބެއް" ނޫން ކަމަށް ވެސް ޑްރޮގްބާ ބުންޏެވެ. އޭނާ ސިފަ ކުރި ގޮތުގައި މިއީ ނަސްލީ ގޮތުން ދިމާ ކުރުމެވެ.

ސެނަގަލް އަށް އުފަން އަދި ކުރިން ޗެލްސީ އާއި ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ޑެމްބަ ބާ ވެސް ބުނީ މިއީ ނަސްލީ ގޮތުން ދިމާ ކުރުން ކަމަށެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 1.2 މިލިއަނަށް އަރައިފައެވެ. މި ބަލި ޖެހިގެން މިހާތަނަށް 64,747 މީހުން މަރުވެފައިވާ އިރު، މި ބަލި ޖެހިގެން ރަނގަޅުވީ 246,760 މީހުންނެވެ. މި ބަލި ޖެހިގެން ސީރިއަސް ހާލަތުގައި 44,096 މީހުން އެބަތިއްބެވެ.

މި ބަލި 205 އަށް ވުރެ ގިނަ ގައުމުން ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢާކް

    ދޮންމީހުންގެ ނުބައި ކަން... ޢެފްރި ކާ އަ ކު ނޫން ބަލި ފެތުރި މީހުން މަރުވަމުން ދަނީ. ދޮން މީހުންގެ ތެރޭގަ ކޮންޓރޯލް ނު ކުރެވިގެން އުޅެނީ.... ޙަށިވިއް ކާ ވެބްސައިޓް ތައް ހިންގަނީ ދޮންމީހުން. ޢޭގެން ފެންނަނީވެސް ދޮންމީހުން

    30
    1
  2. އުސައިދު

    ދެން އަންނި ނުކުމެ ޑްރޮގްބާ އާއި އެޓޫ އަށް ރައްދުދީ ދޮންމީހުން ދިފާއު ކޮށްފާނެ ކަންނޭގެ

    5
    2