ފްރާންސުން ކޮވިޑް-19 ޖެހިގެން މިއަދު 753 މީހަކު މަރުވެއްޖެއެވެ.

މިއަދު ފްރާންސުން މަރުވި މީހުންގެ އަދަދު އިއްޔެ މަރުވި މީހުންނަށްވުރެ މަދެވެ. އިއްޔެ ފްރާންސުން 1438 މީހުން މަރުވި ކަމަށް ތަފާސް ހިސާބުތަކުން ދައްކާފައި ވެއެވެ. ނަމަވެސް ފްރާންސް ސަރުކާރުން ބުނެފައި ވަނީ އިއްޔެ މަރުވި މީހުންގެ އަދަދު އެހައި ބޮޑަށް އިތުރުވެފައި ވަނީ ކުރިން މަރުވެ، ނަމަވެސް ލިސްޓަށް އެއްނުކުރެވި ތިބި ގިނަ ބަޔަކު އިއްޔެ ލިސްޓަށް އެއްކުރުމުން ކަމަށެވެ.

ފްރާންސުން މަރުވި މީހުންގެ ޖުމްލަ މިހާރު ވަނީ 17,920 އަށް އަރާފައެވެ. އެގައުމުން މިހާތަނަށް ބަލި ޖެހިފައި ވަނީ 147,863 މީހުންނަށެވެ.

ފްރާންސުން މިއަދު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހުންގެ އަދަދެއް އަދި ނުލިބެއެވެ.

އޭޕްރީލް 01 ވަނަ ދުވަހަށް ފަހު ހާލު ސީރިއަސް މީހުންގެ އަދަދު ފްރާންސްގައި އެންމެ މަދުވި ދުވަހަކަށް މިއަދު ވެފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ. މިހާރު ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ގެންދަނީ 6248 މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު