ތައިލެންޑްގައި ކޮވިޑް-19 ޖެހިފައި ހުރި މީހަކު ނުފެންނަތާ އެއް ދުވަސްވެފައިވާ ކަމަށް އެ ގައުމުގެ ސެންޓަ ފޯ ކޮވިޑް-19 ސިޓުއޭޝަން އެޑްމިނިސްޓްރޭޝަން (ސީސީއެސްއޭ) އިން ބުނެފިއެވެ.

ސީސީއެސްއޭގެ ތަރުޖަމާނު ޑރ. ތަވީސްލިޕް ވިސަނުޔޯތިމް ވިދާޅުވީ އެ ގައުމުގައި މިހާތަނަށް 3،017 މީހެއްގެ ގައިން ބަލި ފެނިފައިވާ ކަމަށެވެ. އަދި 56 މީހެއް ބަލީގައި މަރުވެފައިވާ އިރު، 2،844 މީހުން ބަލިން ރަނގަޅުވެ ހޮސްޕިޓަލްތަކުން ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ތަރުޖަމާނު ވަނީ ތައިލެންޑްގައި ދިރިއުޅޭ އެންމެން ވެސް މާސްކް އެޅުމަށާއި ސާފު ތާހިރު ކަމަށް އިސްކަން ދިނުމަށާއި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް އެދިފައެވެ. އޭނާ ވިދާޅުވި ގޮތުގައި ބެންކޮކާއި ބައެއް އެހެން ސަރަހައްދުތައް ވެސް އަދިވެސް އޮތީ ނުރައްކާތެރި ހާލަތުގައެވެ.

ތައިލެންޑްގައި ވައިރަސް ފެތުރުނަ ނުދިނުމަށް އެ ގައުމުގައި ހުރި ޝޮޕިން މޯލްތަކާއި ރެސްޓޯރަންޓުތައް ބަންދުކޮށް، އެއްވުންތައް ބޭއްވުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. ކަމާބެހޭ މާހިރުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި މި ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވުމަކީ ގާތް ކަމެކެވެ.

ތައިލެންޑްގައި ބަލި ފެތުރުނަ ނުދިނުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.