މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 ޖެހިގެން ބްރެޒިލް އިން މަރުވި މީހުންގެ އަދަދު 20،000 އަށް އަރައިފިއެވެ.

ބްރެޒިލް އިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 20،047 މީހަކު މަރުވެފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އެގައުމުން 1،153 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އެއާއެކު އިއްޔެ ވެފައި މިވަނީ އެގައުމުން ރިކޯޑް އަދަދަކަށް މި ބަލީގައި މީހުން މަރުވި ދުވަހަކަށެވެ.

ބްރެޒިލް އަކީ މުޅި ދުނިޔެއިން ތިން ވަނައަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ޤައުމެވެ. އެގައުމުން މިހާތަނަށް 310،087 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް އެގައުމުން 16،730 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އެއާއެކު އިއްޔެ ވެފައިމިވަނީ ބްރެޒިލް އިން ދެވަނައަށް އެންމެ ގިނަ މީހުން ފައްސިވި ދުވަހަށެވެ. ބްރެޒިލް އިން އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް އެގައުމުން 21،472 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ވުހާންގެ މާރުކޭޓަކުން ފެތުރެން ފެށި މި ބަލި، މިހާރު ދުނިޔޭގެ 215 ގައުމަކުން ފެނިފައިވާއިރު މުޅި ދުނިޔެއިން މިހާތަނަށް 5,189,488 މީހަކަށް މި ބަލި ވަނީ ޖެހިފައެވެ. އިއްޔެ އެކަނިވެސް މުޅި ދުނިޔެއިން 106,077 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެއީ ބަލި ޖެެހުނު މީހުންގް ތެރެއިން 6.44% މީހުންނެވެ. މުޅި ދުނިޔެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 40.05% މީހުންނެވެ. އެއީ 2,078,561 މީހުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް މުޅި ދުނިޔެއިން އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ އެމެރިކާއިންނެވެ. އެގައުމުން މިހާތަނަށް 1,620,767 މީހަކަށް ބަލި ޖެހިފައިވާއިރު، އިއްޔެ އެކަނިވެސް 28,044 މީހަކަށް ބަލި ޖެހިފައިވެއެވެ. އެގައުމުން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 382,165 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 96,314 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

މުޅި ދުނިޔެއިން ދެވަނައަށްއެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ ރަޝިޔާއިންނެވެ. އެގައުމުން މިހާތަނަށް 317,554 މީހަކަށް ބަލި ޖެހިފައިވާއިރު، އިއްޔެ އެކަނިވެސް 8,849 މީހަކަށް ބަލި ޖެހިފައިވެއެވެ. އެގައުމުން މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ 92,681 މީހުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 3,099 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު