ކުކުޅު ފާމް ތަކުގައި އުފެދޭ ނުރައްކާތެރި ވައިރަސް އެއްގެ ސަބަބުން ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މަރުވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެމެރިކާގެ ސައިންސްވެރިއަކު ބުނެފިއެވެ.

ޑރ. މައިކަލް ގްރެގާ ބުނެފައި ވަނީ ޒަމާނީ ޓެކްނޮލެޖީގެ ބޭނުން ކޮށްގެން ކުކުޅު ފާމްތަކުން ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކުކުޅުތަކެއް އާލާ ކުރުވާ ކަމަށާއި ނަމަވެސް މިއީ ސިއްހަތަށް އެހައި ފައިދާ ހުރި ގޮތެއް ނޫން ކަމަށެވެ. ޑރ. މައިކަލް އިތުރަށް ބުނެފައިވާ ގޮތުން މި ވައިރަސްގެ ސަބަބުން ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން މަރުވެގެން ދާނެ ކަމަށާއި އެއީ ކޮރޯނާވައިރަސް އަށް ވުރެންވެސް ނުރައްކާތެރި ވައިރަހެއް ކަމަށެވެ.

ކޮވިޑް-19 ފަދަ ބަލިމަޑުތަކުން ސަލާމަތްވާނެ ގޮތް ބަޔާން ކޮށް ޑރ. މައިކަލް ނެރުނު ފޮތެއްގައި މި ވައިރަސްގެ ވާހަކަ އޮތުމުން މުޅި ދުނިޔޭގެ ސަމާލުކަމަށް މިކަން ވަނީ އައިސްފައެވެ. މައިކަލް ބުނެފައިވާ ގޮތުން ކުކުޅު ފާމްތަކުން އެގޮތަށް ކަންތައް ކުރުމުން ހީވެސް ނުކުރާހާ ނުރައްކާތެރި ވައިރަސް އެއް އުފެދުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

މީގެ ކުރިންވެސް އަދި މިހާރުވެސް ޗައިނާ އާއި ދުނިޔޭގެ ބައެއް އެހެން ގައުމުތަކުގައި ދޫނި ރޯގާ ފަދަ ވައިރަސްތައް ވަނީ ފެތުރިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    އަހަރެމެން މިހާރު ހައްދަނީ ބަނބުކެޔޮ! ރައްޔިތުންގެ މަޖިލީހުން އެންގީމާ ކުކުޅު ގެންގުޅެން ފެށޭނީ!

    79
    1
  2. އަޙްމަދް

    ތީ ވެކްސިން ވިއްކަން ސައިންސުވެރިން އުފައްދާ ސިއްޙީ ބިރުވެރިކަމުގެ ޗޭނުގެ ބޮޅެކެވެ.

    49
    5
  3. Anonymous

    ވެކްސިންގެ ސިންގަލް ޑޯޒެއް 6 ޔޫ އެސް ޑޮލަރ ސޯ ދުނިޔޭގެ 7 ބިލިޔަން އަބާދީއަށް ވެކްސިން ދިނުމަށް 7 ބިލިޔަން މަލްޓިޕްލައި 6 ޔޫ އެސް ޑޮލަރު އީކުއަލް ޓްރިލިއަން ޑޮލަރ

    17
    2
  4. އަޙްމަދް

    މިހާރު ކަމަކީ ބިރުދެއްކުން!
    އެއްބައި ސައިންސްވެރިން ދައްކަނީ މޫސުމީބިރުވެރިކާމެވެ
    އަނެއްބައި ސައިންސުވެރިން ދައްކަނީ ސިއްޙީބިރުވެެރިކަމެވެ
    ސިޔާސީ މީހުންދައްކަނީ އިގްތުސޯދީ ބިރުވެރިކަމެވެ.
    މިއީ ރައްޔިތުން ދިޔަފެލާލައިގެން ފޮނިކޮޅު ބޯލަން އެއްމެ ފަސޭހަ ގޮތެވެ.

    10