އިނގިރޭސި ވިލާތުގެ ފުލުހުން އުމުރުން ދުވަސްވެފައިވާ ފިރިހެނެއްގެ ގައިގައި ޓޭޒަ ޖެއްސި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އިނގިރޭސި ވިލާތުގެ ލަވަ ކިޔުންތެރިއެއް ކަމަށްވާ ޖޭމައިން ސްކޮޓް ސިންކްލެއާ (ވްރެޗް 32) ބުނެފައިވަނީ އޭނާގެ ބައްޕަގެ ގައިގައި ފުލުހުން ޓޭޒަ ޖައްސާފައިވަނީ އޭނާ ދިރިއުޅޭ ގެއަށް ވަދެ ކަމަށެވެ. އޭނާ ވަނީ ޓްވިޓާގައި ފުލުހުން އޭނާގެ ބައްޕައަށް އަނިޔާދޭ ކަމަށް ދައްކުވައިދޭ ވީޑިއޯއެއް އާންމު ކޮށްފައެވެ.

މި ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުން އެގެއަށް ވަންނަނީ އަންހެނަކާ އެކީގައެވެ. އެ އަންހެން މީހާ އޭނާ ގައިގައި އަތް ނުލައި ގައިދުރުކަން ބަހައްޓައިގެން ވާހަކަ ދައްކަން ބުނާ އަޑު ވީޑިއޯއިން އިވެއެވެ.

މާ ގިނައިރުތަކެއް ނުވެ ފުލުހުންގެ އޮފިސަރަކު ޓޭޒަ ހިފައިގެން އުޅޭ ފުލުސް މީހާ ކޮބައިތޯ ސުވާލު ކުރެއެވެ. ދެން ފެނިގެން އަންނަނީ އުމުރުން ދުވަސްވީ މީހަކު ސިޑި މައްޗަށް ވެއްޓޭ މަންޒަރެވެ.

އޭނާ ސިޑި މައްޗަށް ވެއްޓުމުން އަންހެން މީހާ "އޭނާ ގައިގައި ޓޭޒަރު ޖައްސައިފި" މިހެން ބުނާ އަޑު އިވިގެންދެއެވެ. އޭނާ ވެއްޓުމާއެކު ފުލުހުން ވަނީ އޭނާ ރަނގަޅުތޯ އަހައި މަޑުން އޮވުމަށް ބުނެފައެވެ.

ސްކޮޓް ބުނެފައިވަނީ އެކަމުން ފެނިގެން ދަނީ އަދިވެސް ކަޅު ނަސްލުމުގެ މީހުންނާ ދޭތެރޭ ބޭނުން ގޮތަކަށް ކަން ކުރަމުން އަންނަ ކަން ކަމަށާއި އޭނާގެ ބައްޕަކީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ މީހެއް ކަމަށެވެ. އޭނާ ބުނީ ބައްޕައަކީ ދޮން ނަސްލުގެ މީހެއް ނަމަ އެ ދަނޑިވަޅުގައި އެމީހުން އަމަލު ކުރާނެ ގޮތް ތަފާތު ވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

މިކަމާއި ގުޅިގެން އެގައުމުގެ ފުލުހުން ބުނެފައިވަނީ އާންމު ވަމުން އަންނަ ވިޑީއޯއިން ފުލުހުންގެ ފަރާތުން އެފަދަ މަންޒަރެއް ނުފެންނަ ކަމަށާއި ފުލުހުން އެގެއަށް ވަދެފައިވަނީ ފުޅާ ދާއިރާއެއްގައި މަސްތުވާތެކެތި ބޭނުން ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

އެގެއިން 22 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ އިރު، 52 އަހަރުގެ އަންހެން މީހާ ފުލުހުންގެ ވާޖިބަަށް ހުރަސް އަޅައިގެން ހައްޔަރުކުރިއެވެ.

މިކަން މިހެން ހިނގާފައިވާތީ ލަންޑަންގެ މޭޔަރު ސާދިގް ޚާން ވަނީ މައްސަލަ ވަރަށް ގާތުން ބަލައި ތަހުގީގު ކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ.

އޭނާ ބުނެފައިވަނީ ފުލުހުންނާއި އާންމުގެ ގާތްކަން މިހާރު ވަރަށް ހަނި ވެފައިވާ ކަމަށާއި ފުލުހުން އާންމުންގެ އިތުބާރު ހޯދަން ޖެހޭ ކަމަށެވެ.

މި ހާދިސާ ފެންމަތި ވެފައިވަނީ ދާދި ފަހުން އެމެރިކާގެ ފުލުހުން ކަޅު ނަސްލުގެ މީހަކު އިހާނެތިކޮށް މަރާލާފައިވާ ދަނޑިވަޅެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބޯކިބާ

  އެކަމަކު ރާއްޖޭގަ މުޒާހަރާއެއްކުރާއިރަށް ޑިމޮކުރަސީގެ މާމައޭ ކިޔަމުން ފޮނުވާނެ ކޮންމެވެސް ފާދިރީއެއް.

 2. Anonymous

  ރާއްޖޭގައިވެސް އަދި ޓޭޒާރ ޖައްސާނެ..80 އަހަރުމީހުންގެ ގައިގާވެސް އަދި ކުޑަކުދީން ގައިގަވެސް

 3. ފައޔޒީ

  ރާއްޖޭގައިވެސް އަދި ޓޭޒާރ ޖައްސާނެ..80 އަހަރުމީހުންގެ ގައިގާވެސް އަދި ކުޑަކުދީން ގައިގަވެސް

 4. Anonymous

  ކޮން 2 ވަނަ 3 ވަނަ ގޮތެއްތޯ؟ ނޫން.. އޮތީ ހަމަ އެންމެ ގޮތެއް .. މިއީ އިންޒާރެއް ބިރުދެއްކުމެއްނޫން. ކަން އޮތްގޮތް. ސަރުކާރާ މުގުރާ ބަޑި އޮތީ ތިޔަބޭފުޅުންގެ. ނިކަމެތިވެފައި ތިބީ ރަށްޔިތުން. ފްލެޓް ބަހާލީމާ ރައީސަށްވެސް ކިހާ ލުއިވާނެތޯ؟ މީ ދޮގެއްތޯ؟