ތައިލެންޑްގައި 100 އަށް ވުރެ ގިނަ ވާ ކޮވިޑް-19 އަށް ޓެސްޓް ކުރަން ފަށައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ތައިލެންޑްގައި މަސައްކަތް ކުރަމުން އަންނަ ދިރާސާ ކުރާ ފަރާތްތަކުން ވަނީ އެ ގައުމުގެ ޕްރޮވިންސަކުން 100 އަށް ވުރެ ގިނަ ވާ ހިފައިފައެވެ. އަދި ވާ ކޮވިޑް-19 އަށް ޓެސްޓް ކުރާތާ މިއަދަށް ތިން ދުވަސް ވަނީ ވެފައެވެ.

ޗަންޓްރަބުރީ ޕްރޮވިންސްގެ ހޮހޮޅައަކުން ނެގި މި ވާތައް ޓެސްޓް ކުރުމުގައި ހަރަކާތްތެރި ވަނީ ޗުލަލޮންކޯން ހޮސްޕިޓަލް، ކަސެޓްސާޓް ޔުނިވަސިޓީ، ނެޝަނަލް ޕާކްސް ޑިޕާޓްމަންޓް، ސުޕަޕޯން ވަޗަރަޕުލެސަޑީ ފަދަ ތަންތަނުގެ މީހުންނެވެ.

ތައިލެންޑްގައި 140 އަށް ވުރެ ގިނަ އެކި ވައްތަރުގެ ވާ އުޅެއެވެ.

ތައިލެންޑްގައި ކޮވިޑް-19 ފެތުރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައެވެ. އެ ގައުމުގައި 3,134 މީހެއްގެ ގައިން ކޮވިޑް-19 ފެނުނު އިރު، މަރުވެފައި ވަނީ 58 މީހުންނެވެ. އަދި ބަލި ޖެހުނު 2,987 މީހަކު ވަނީ ރަނގަޅުވެފައެވެ.

ސީރިއަސް ހާލަތުގައި އެކަކު އޮތް އިރު، ބައްޔަށް ފަރުވާ ހޯދަނީ، އެމީހާއާ އެކު، 89 މީހުންނެވެ.