އެމެރިކާގެ ކުކުޅު ބަންދު ކުރާ ކާރު ހާނާއެއްގެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެގައުން ހާމަ ކޮށްފިއެވެ.

އެގައުމުގެ ސްޓޭޓެއް ކަމަށްވާ މިސޫރީގައި ހިންގަމުން އަންނަ "ޓައިސަން ފުޑްސް" ނަމަކަށް ކިޔާ މި ކާރުހާނާއިން ފައްސިވެފައި ވަނީ 371 މުވައްޒަފުން ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ވަނީ ހާމަ ކޮށްފައެވެ.

އެ ކުންފުންޏާއި ހަވާލާދީ އެމެރިކާގެ ނޫހެއް ކަމަށްވާ "އޭޕީ ނޫހުން" ބުނެފައިވަނީ ޖޫން މަހުގެ 17 އިން 19 އަށް 1,142 މީހުން ޓެސްޓް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 291 މީހަކު އޭރު ފައްސި ވެފައިވާ ކަން އެނގިފައިވާ ކަމަށެވެ.

މީގެ ތެރެއިން 249 މީހުންނަކީ ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް ނުފެނި ފައްސިވެފައިވާ މީހުން ކަމަށް އެގައުމުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ބާކީ 80 މީހުން ފައްސިވެފައިވަނީ އެގައުމުގެ ހެލްތު މީހުން ވަކިން ހަދާފައިވާ ރެންޑަމް ސާމްޕަލް ތަކުންނެވެ.

ފައްސިވެފައިވާ މުވައްޒަފުންނަށް މުސާރަ ހިނގާ ގޮތަށް ކަރަންޓީނަށް ފޮނުވުމަށް އެ ކުންފުނިން ވަނީ ނިންމާފައެވެ. އަދި އެ މުވައްޒަފުންނަށް އަނބުރާ އާދެވޭނީ ކަމާބެހޭ އިދާރާތަކުގެ ލިޔުންތައް ލިބިގެން ކަމަށް ވަނީ ނިންމާފައެވެ.

އެމެރިކާއަކީ މިހާތަނަށް ކޮވިޑް-19 ފެތުރިފައިވާ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ފައްސިވެ، މަރުވެފައިވާ އެއް ގައުމެވެ. އެގައުމުން މިހާތަނަށް 2,596,770 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، 128,152 މީހަކު ވަނީ މަރުވެފައެވެ. އަދި މި ބަލިން 1,081,494 މީހުން ރަނގަޅުވެފައިވެ ފަރުވާދެމުން އަންނަ 1,387,124 މީހުންގެ ތެރެއިން 15,816 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    ދެންތިޔަމީހުން އަތްލާ މޮޑެފަ ހުރި ކުކުޅު ކައިހަދަންވީ.

  2. ރަނގަޅު

    މުސްލިމުންގެ އަދުއްވު އެމަރިކާ އަށް ވީހާވެސް ގަދަޔަށް ކޮވިޑް19 ފެތުރިއްޖިއްޔާ ރަގަނޅީ ކޮންޓްރޯލް
    ނުވެ.

  3. ކާފަރު

    ޓައިސަން އަކީ ރެސްލިންގެ ދާއިރާއިން އިރެއްގަ ރަސްގެފާނު.. މިހާރު ފަގީރު ވެފަ ހުރި ބަނގުރޫޓު ވެފަ ހުރި މޮޔައެއް.. ތިމާ ވަރު މީހެއް ނެތިގެން އުޅުނީމަ ﷲ ގެ ބާރުގަދަކަން އޭނަޔަށް ދެއްކެވީ..