މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ރަޝިއާއިން މަރުވި މީހުންގެ އަދަދު 10،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ރަޝިއާއަކީ ކޮވިޑް-19 ތިން ވަނައަށް އެންމެ ގިނަބަޔަކު ފައްސިވި ގައުމެވެ. އެ ގައުމުން 674,515 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެ ގައުމުން 168 މީހަކު މިއަދު ކޮވިޑް-19 އަށް ފައްސިވެފައިވާއިރު، އެ ގައުމުން މި ވައިރަސް އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 10،027 އަށް އަރާފައެވެ.

ރަޝިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 446,879 މީހެކެވެ.

އެ ގައުމުން 217,609 މީހަކަށްވެސް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން 2,300 މީހެއްގެ ހާލު ސީރިއަސް އެވެ.

ރަޝިއާއަކީ 145,935,130 އާބަދީއެއް އޮންނަ ގައުމެކެވެ.

މިހާރު ދުނިޔޭގެ ކޮވިޑް-19ގެ ހާލަތަށް ބަލާއިރު 11,220,009 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 6,363,717 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު