ޕެސިފިކް ކަނޑުގެ ހުޅަނގުން އޯޝަނިއާގައި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ފެޑެރޭޓެޑް ސްޓޭޓްސް އޮފް މައިކްރޮނީޝިއާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ޤައުމަށް ބިންހެލުން އައިސްފައިވަނީ މިރޭ 11:30 ހާއިރު އެވެ.

ބިންހެލުންތައް މޮނިޓާކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ބުނެފައިވާ ގޮތުން، މައިކްރޮނީޝީއާއަށް ބިންހެލުން އައިސްފައި ވަނީ ރެކްޓަރ މިންގަނޑުން 6.3 ގެ ބާރުމިނުގައެވެ. މި ބިންހެލުން އައީ ވަނީ ބިމުގެ ދިހަ ކިލޯމީޓަރު އަޑިންނެވެ.

މިރޭ އައި ބާރުގަދަ މި ބިންހެލުމާއި ގުޅިގެން އެޤައުމަށް ލިބުނު ގެއްލުމެއް އަދި އިދާރާތަކުން ރިޕޯޓެއް ނުކުރެއެވެ. އަދި މި ބިންހެލުމުގެ ސަބަބުން އޯޝަނިއާ ސަރަޙައްދުގައި ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރުވެސް އަދި ނެރެފައެއް ނުވެއެވެ.

މައިކްރޮނީޝިއާ އަކީ 600 އެއްހައި ކުދި ޖަޒީރާ ރަށްތައް ހިމެނޭ، 112000 މީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ. މިރޭ އެޤައުމަށް ބިންހެލުން އައިސްފައި ވާއިރު، އޯޝަނިއާ ސަރަޙައްދަކީ ވަރަށް ގިނައިން ބިންހެލުން އަންނަ ސަރަޙައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު