ނުހައްޤުން ފަލަސްތީނުގެ ބިން ފޭރިގަނެ އެ ބިމުގައި ވަޒަންވެރިވަމުން އަންނަ ހައްދުފަހަނައަޅާފައިވާ ޔަހޫދީންގެ ވަކިތަކުން ފަލަސްތީނު ސަލާމަތްކޮށްދޭނެ ކަމަށް އީރާނުގެ ލީޑަރު، އާޔަތުﷲ އަލީ ޚަމީނީ ވިދާޅުވެއްޖެ އެވެ.

އީރާންގެ ލީޑަރު މިގޮތަށް ވިދާޅުވެފައި ވަނީ ފަލަސްތީނުގެ ހައްޤުގައި މަސައްކަތްކުރާ ހަމާސް ޖަމާޢަތުގެ ލީޑަރު، އިސްމާއިލް ހަނީއްޔާ އަށް ފޮނުއްވި ސިޓީއެއްގައެވެ. މި ސިޓީއަކީ ކުރިން ހަނިއްޔާ ފޮނުއްވި ސިޓީއެއްގެ ޖަވާބުގައި ޚަމީނީ ފޮނުއްވާފައިވާ ސިޓީއެއް ކަމަށް ފަލަސްތީނުގެ ނޫސްތަކުން ބުނެއެވެ.

ހަމާސް އިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިސްރާއިލް އިން ފަލަސްތީނުގެ މުސްލިމުންނަށް ނާއިންސާފުން ކުރަމުންދާ ކަންކަން ޚަމާނީ ކުށްވެރިކުރައްވާފައިވާ ކަމަށާއި، އަދި އެމަނިކުފާނު ހުންނެވީ ފަލަސްތީނުގެ ރައްޔިތުންނާއި އެކު ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ހަމަ އެހެންމެ އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ވެރިންގެ އަމަލުތައް ހުއްޓުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއްގައި، ވެވެން އޮތް ކޮންމެ އެހީއެއް ވެދެއްވަން ތައްޔާރަށް ހުންނެވި ކަމަށް ޚަމާނީ ވިދާޅުވެފައިވާ ކަމަށް ހަމާސް އިން ބުނެފައި ވެއެވެ.

މި ސިޓީގައި ޚަމާނީ ވަނީ އިސްރާއިލްގެ ޖަރީމާތައް ހުއްޓުވައި އެމީހުންގެ ރޭވުންތައް ނާކާމިޔާބު ކުރުމަށް، ފަލަސްތީނުގެ ރައްޔިތުން އެކުގައި މަސައްކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

ޚަމާނީ އަކީ އިސްރާއިލް އިން ފަލަސްތީނުގައި ހިންގާ ލާއިންސާނީ އަމަލުތަކަށް ފާޅުގައި ފާޑުވިދާޅުވެ، އިސްރާއިލް އަށް އިންޒާރު ދެއްވާ ބޭފުޅެކެވެ. މިކަމާއި ގުޅިގެން އިސްރާއިލް އާއި ޔަހޫދީންނަށް ވާގިވެރިވާ އެމެރިކާއިން، އީރާނުން އަތުވެދާނެ ނުރައްކަލަކާއި މެދު ކަންބޮޑުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާ

    ތިމަންމެންނީ މުސްލިމުންނޭ ބުނެއުޅޭ ބައެއް މީހުން އީރާނުގައި އޮންނަ މަޒުހަބަށް އެއީ މުސްލިމުންނެއް ނޫނޭ ކާފަރުންނޭ ބުނެ ރައްދުދީ ދެކޮޅުވެރިކަން ފާޅުކުރާއިރު ގަބޫލު ކުރަންޖެހެނީ މުސްލިމުންގެ ހައްގުގައި ޚާއްސަކޮށް ނިކަމެތި ފަލަސްތީނުގެ ހައްގުގައި ބަހެއްބުނެ ހިތްވަރެއްދީ ހަދަނީ އީރާނުން. ހަރުބީ މުސްލިމުންނޭ ބުނެ ބޮލުގައި ފަގުޑިއެޅި މެދުއިރުމަތީގެ ގައުމުތައް ތިބެނީ ލޯމަރައިގެން ޔަހޫދީންނާއި އެމެރިކާގެ ލޯބިހޯދަން.

  2. ރަނގަޅު

    އީރާނައް ސާބަސް..އުންމީދުކުރަނީ ވަރުގަދަ މިސައިލުތައް ހަމާސް އަށް ދޭނެއިންތިޒާރަކަށް
    އެމަރިކާ އިސްރާއީލު އެންމެ ބިރުގަންނަނީ އީރާން ދެކެ

  3. Anonymous

    ފޮނި ކެނޑުމާ ދެއްކުންތެރިކަން ނޫން ކަމެއް ނެތް ތި މުނާފިގު ބައިގަނޑު ކިބައިގައި

    4
    3
    • ނޯބަލްޕްރައިސް

      ކޮބާ ފޮނިކެނޑުމަކީ...އީރާންގެ އަތުގައި އެބަހުރި އެމަރިކާ ސައިޒު ކޮށްލެވޭބާރު..ހަނގުރާމައެއް ކޮށްފިއްޔާ އީރާންތީ ކިހާ ނާމާން ބައެއްކަން އެނގޭނެ