ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފިއެވެ.

ގެފުޅުގެ އުރަކޮޅު ބަދަލު ކުރަނީ ކޮންމެ އަހަރެއްގެ ޖުލް ހިއްޖާ މަހުގެ ނުވަ ވަަނަ ދުވަހުއެވެ.

މިއަހަރުގެ ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފައި ވަނީ ސަލްމާން ރަސްގެފާންގެ ބަދަލުގައި ޕްރިންސް ހާލިދް އަލް-ފައިސަލްއެވެ. ގާ

ތްގަނޑަކަށް 14 މީޓަރު ހުންނަ މި އުރަކޮޅު ގެފުޅު ބެލެހެއްޓުމަށް ހާއްސަކޮށް ހުންނަ ފަރާތް ކަމަށްވާ ސަލެހް ބިން ޒައިން އަލް-އާބިދީން އަލް-ޝައިބީ އާ ހަވާލުކުރައްވާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

ގެފުޅުގެ އުރަކޮޅު ބަދަލުކުރުމުގެ މަސައްކަތް ފަށަނީ ހައްޖުވެރިން އަރަފާތު ބިމަށް ދަތުރު ފެށުމުންނެވެ.

1927 ވަނަ އަހަރުން ފެށިގެން ގެފުޅުގެ އުރަކޮޅު ވިޔުމަށްޓަކައި މައްކާގައި ހާއްސަ ފެކްޓްރީއެއް ގާއިމުކޮށްފައި ހުރެއެވެ. އުރަކޮޅު ތައްޔާރުކުރުމަށް ގާތްގަނޑަކަށް 670 ކިލޯގެ ސިލްކާއި 120 ކިލޯގެ ރަންރިހި ބޭނުންކުރެއެވެ.

އުރަކޮޅު ފެހުމަށް ސިލްކް ގެންނަނީ ސްވިޒަލޭންޑާއި އިޓަލީންނެވެ. ރަންރިހީގެ ރޮނދި ގެންނަނީ ޖަރުމަނުންނެވެ. މި އުރަކޮޅި ފެހުމަށް ކޮންމެ އަހަރަކު ހަ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ހޭދަކުރެއެވެ.

އުރަކޮޅު ވިޔުމަށް ގާތްގަނޑަކަށް 200 ވަރަކަށް މުވައްޒަފުން އުޅެއެވެ. ކޮންމެ އަހަރަކުވެސް އުރަކޮޅު ހަދާ ނިމުމަށްފަހު، އަނެއް އަހަރުގެ އުރަކޮޅުގެ މަސައްކަތް މިކަމަށް ހާއްސަކުރެވިފައިވާ ފެކްޓްރީން ފަށައެވެ.