އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުން، އެޤައުމުގެ ސިފައިން މެދުވެރިކޮށް ފަލަސްތީނުގެ ޣައްޒާއަށް ކުއްލި ގޮތަކަށް ބޮމުގެ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

ދާދި ދެންމެއަކު އިސްރާއިލް އިން ވައިގެމަގުން ދޭން ފެށި މި ހަމަހާތަކުގައި ޣައްޒާގެ އެކި ސަރަޙައްދުތަކަށް ބޮން އަޅައި، ދަނީ ސުންނާފަތިކުރަމުންނެވެ.

ކުއްލި ގޮތަކަށް މިރޭ އިސްރާއިލް ސިފައިން ޣައްޒާއަށް ހަމަލާދޭން ފަށާފައި މިވަނީ، ޔޫއޭއީން ހުށަހެޅި ސުލްޙައިގެ އެއްބަސްވުން ޤަބޫލުކޮށް، މެދުއިރުމަތީގެ ހަމަނުޖެހުން އިތުރުވާފަދަ ކަންކަން ހުއްޓާލުމަށް އިސްރާއިލް އިން އެއްބަސްވިތާ ދެ ދުވަސްވެސް ނުވަނީހެވެ.

މިރޭ ޣައްޒާއަށް އިސްރާއިލް އިން ދޭންފެށި ވަރުގަދަ ހަމަލާތަކާއެކު ޣައްޒާގެ ބޮޑު ސަރަޙައްދަކުން ވަނީ ކަރަންޓުގެ ޚިދުމަތްވެސް ކެނޑިފައެވެ.

މި ހަމަލާގައި މިހާތަނަށް މީހަކަށް އަނިޔާއެއްވި ކަމެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް ބައެއް މަސްދަރުތަކުން ބުނެފައިވަނީ، ހަމަލާތަކުގައި އަންހެނަކާއި އޭނާގެ އުމުރުން ތިން އަހަރުގެ ތުއްތު ދަރިފުޅު ޒަޚަމްވެގެން ފަރުވާދެމުންދާ ކަމަށެވެ.

އިސްރާއިލް އިން ޣައްޒާއަށް ހަމަލާދެމުން ދަނީ ހަމާސްގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ކަމަށް ބުނެއެވެ. ނަމަވެސް މި ހަމަލާތައްދީ ގޮއްވަމުން ދަނީ އާންމުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަޙައްދުތަކެވެ.

އިސްރާއިލް އިން ބުނެފައިވަނީ، ޣައްޒާއަށް ހަމަލާދޭން ޖެހުނީ ހަމާސްގެ ސިފައިން ގޮވާތަކެތި ހަރުކޮށްފައިވާ ތަކެތި އިސްރާއިލް އިން ކަނޑައަޅާފައިވާ ބޯޑަރު ސަރަޙައްދު ހުރަސްކޮށް ފޮނުވަމުންދާތީ ކަމަށެވެ.

ފަލަސްތީނުގެ މާތްވެގެންވާ މަސްޖުދުލް އަޤްސާ ހުންނަ ޤުދުސް އަކީ އިސްރާއިލްގެ ވެރިކަން ކުރާ ރަށް ކަމަށް މީގެ ކުރިން ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން އެ ސިޓީގައި ދިރިއުޅުނު ފަލަސްތީނުގެ މުސްލިމުން ވަނީ އަނިޔާވެރިކަމާއެކު އެ ބިމުން ބޭރުކޮށް ފައްސާލާފައެވެ.

ފަލަސްތީނުގެ ރައްޔިތުން ކެނޑިނޭޅި މި އަނިޔާވެރިކަމާއި ދެކޮޅަށް އަޑު އުފުލަމުންދާއިރު، އިސްރާއިލްގެ ސިފައިން އަންނަނީ، ހުސް އަތާއި ތިބޭ މީހުންނަށް ވެސް ހަތިޔާރުން ހަމަލާދީ ޝަހީދު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކެމްލާ

    މުސްލިމް ދައުލަތްތައް ބައިބައިވެ އަމިއްލަ ފައިމައްޗަށް ތެދުވެ ބާރު ހިންގޭނެހާ ވަރެއްނެތް. ވިޔަފާރިއަށްޓަކައި، ވެރިކަމަށްޓަކައި މުސްލިމުން ކަތިލަކުން ދަނީ މުސްލިމުނޭ ބުނުމަކުން ދޮގަކަށްވާނެ އެއްގޮތެއްވެސް ނެތް!

    25
    2
    • ޙައްގުބަސް

      އެހެން ވަނީ ކީއްވެ؟ މުސްލިމުންގެ ބޮލަށް ޗިފް ޖަހަނީ ޔަހޫދީންނާއި މުނާފިގުން! މިމީހުންގެ ބަހަށް ހެއްލެނީ އަމިއްލަ އެދުމާއި ފައިސާއާއި އާރާއި ބާރުގެ ދަހުވެތިކަމުގަ!! އަދި މިކަން ޔަހޫދީންނާއި ނަސާރާއިން އަދި ބުދަށް އަޅުކަން ކުރާ މީހުންނާއި ކެރީގެ ކުޑަކަމުދާއެއްޗެހި ބޮޔެ އެއިން ފެންވަރަމުންދާ ބުދިސްޓުން ވަރަށް ކާމިޔާމިޔާބުކަމާއެކު އެބަކުރޭ!! މުސްލިމުން މުސްލިމުންގެ ކަރަށް ފައިންއަރަނީ މިދެންނެވި ކަންކަން ބޭނުންވާތީ!! އަމިއްލަ ގައުމު އަމިއްލަ އަތުން ހަލާކުކޮށް ބައިބައިކޮށް ސުންނާފަތިކުރަނީވެސް ހަމަ މުސްލިމުންގެ ނަމުގައި އުޅޭ މިފަދަ މީހުން!! އިސްލާމްދީނުގެ ނަމުގައި މުސްލިމުންގެ ބޮލަށް ދީނީގޮތުން ބާޠިލް ގޮތްތަށް ވައްދާ ދީނާ ދުރު ހަރުކަށި އަނިޔާވެރި ކަންކަން މުސްލިމުން ލައްވާ ކުރުވަނީވެސް ހަމަ މިމީހުން އަޑީގައި ތިބެގެން!! އެއީ މިކިޔާ ދީނީ ހަރުކަށި ތާލިބާން ނުވަތަ އައިއެސްއެސް މިގެން ގުޅޭ ވިސްނުން! އެއީ ކުރުތާ ލުމާއި ފަޓްލޫ ކަކުލާ ހަމަޔަށް ބުރިކޮށްގެން ލުމާ ތުނބުޅި ތަންމިނަށް ދިގުކުރުމާ ބޯވެސް ނުކޮށާ ދިގުކުރުމާއި ބައެއްމީހުން ބޮލުގާ ތެތްރުމާ އޮޅުމާ ކުޑކުދިންނާ ޝަރީ ޢަތުން ބޭރުން އަމިއްލައަށް ކައިވެނިކުރުމާ ކުދިން ސްކޫލަށް ނުފޮނުވުމާ ވެކްސިން ނުދިނުމާ އަންހެނުންގެ އަތަށް އަންގި ލައްވާ މޫނުބުރުގާ އެޅުވުމާއި ގައިގަ މީރުވަސްދޮވާ ސެންޓު ނުލުމާ މގޮތަށް ކަންކަން ނުކުރާ މީހުން ކާފަރު ކުރުމާ ލޭ ހުއްދަކުރުން ފަދަ ކަންކަންކުރުން!! މިކަން ކުރަނީ ސުންނަތޭ ކިޔާފަ!! ދެން ގައުމު ހަމަޖެހުން ނަގާލާ މިބައި މީހުން ލައްވާ ހަނގުރާމަ އިޢުލާންކޮށް ރަގަނޅަށް ދެބައި މީހުން ޖައްސާ ހަތިޔާރުވެސް ސިއްރުން ފޯރުކޮށްދީ ތަންތަން ގޮއްވާ ކުށެއް ނެތް އެތައް ބަޔަކު މަރާ ހަދަން މިފަށަނީ!! މިއީ މިއަދު މުސްލިމުންގެ ޙާލަތަކީ!! އިސްލާމް ދީނަކީ ލުއިފަސޭހަ ދީނެއް! އެދީނުގައި ނެތް ކުށެއް ނެތް އެތައް ބަޔަކު މެރުމާއި ތަންތަން ގޮއްވާ އަމނިޔާވެރިވާކަށް!! މިކަން އެނގޭނެ ކީރިތި ރަސޫލާގެ ޙައްޖަތުލްވަޠާއުގެ ޙުތުބާ ރަގަނޅަށް ކިޔަލުމުންވެސް!! އިސްލާމް ދީނުގައި އޮތް ގޮތް ނޭގޭނަމަ ޙައްޖަތުލްވަޠާއުގެ ޚުތުބާ ކިޔާ!! މުޙައްމަދު ޖަމީލު ލިއުއްވާފައިވާ ތަޢުލީމުއްދިޔާނާގެ 1،2،3 ކިޔާލާ!! އަޚްލާގު ރަގަނޅުކުރުމަށް ދުރޫސުލް އަޚްލާގު ކިޔާ ފޮތެއް އޮންނާނެ އެފޮތް ކިޔާލާ!! ދެން ކީރިތި ގުރުއާނުގެ ދިވެހި ތަރުޖަމާ ކިޔާ އޭގައި އޮތް އެއްޗަކާމެދު ރަގަނޅަށް ފިކުރު ކުރުމުން އިސްލާމް ދީން އެގުނީ!!

      3
      3
  2. ރޫހާނީ

    އިޒްރޭލަށް ރޮކެޓެއް ނުވެސް ފޮނުވަނީސްތަ؟

    3
    1
  3. ތެދުވެރި

    ކޮބާ އޭރު ވެސް މަބުނީމެއްނު ތި މީހުންނައް ވާނެ ސުލްހައެއްނޯންނާނޭ....ތިއީ ޔަހޫދީންނޭ މާތްﷲ ލައުނަތް ލައްވާފައިވާ ނުބައި ބައެއް..

    14
    1