އިސްރާއީލްގެ އަނިޔާވެރިކަމަށް ހަތްދިހަ އަހަރު ފުރިގެން ދިޔައިރު ފަލަސްތީންގެ އެތައް މިލިއަން ރައްޔިތުން ވަނީ އަމިއްލަ ވަޒަނުން ބޭރުކުވި ރެފިއުޖީންނަށް ހަދާލާފައެވެ. އެތައް އަނބިންނެއް ވަނީ ހުވަފަތް ކޮށްލާފައެވެ. އެތައް ދަރިންނެއް ވަނީ ޔަތީމު ކޮށްލާފައެވެ. އެތައް މައިންބަފައިންނެއް ވަނީ ނިކަމެތި ކޮށްލާފައެވެ.

އިއްޔެ އަކީ އިސްރާއީލްގެ އަނިޔާވެރިކަން އަނެއްކާވެސް އިތުރު ހަރުފަތަކަށް އުފުލިގެން ދިޔަ ދުވަހެވެ. ފަލަސްތީންގެ އެންމެ މީހެއްގެ ވާހަކަ އިން ވެސް ލޮލުން ކަރުނަ އަންނަ ވަރުވެއެވެ.

އިއްޔެ އިސްރާއީލްގެ އަނިޔާވެރި ކަމުގައި ޝަހީދުވެގެން ދިޔަ އެކަކީ ޝަހީދު ޝަހީރު އެވެ. ޝަހީރު އިއްޔެ އިސްރާއީލްގެ ހަމަލާއެއްގައި ޝަހީދުވެގެން ދިޔައިރު އިއްޔެ އަކީ އޭނާގެ ހަމައެކަނި ދަރިފުޅު އަބްދުﷲ ގެ ފުރަތަމަ އުފަން ދުވަހެވެ.

މީގެ އެއް އަހަރު ކުރިން ޝަހީރު އާއި އޭނާގެ އަނބިމީހާ އަށް އަބްދުﷲ ލިބުނީ ކައިވެންޏަށް ނުވަ އަހަރުވި ފަހުންނެވެ. މިއަދު އަބްދުﷲ އެވަނީ އިސްރާއީލްގެ އަނިޔާވެރިކަމުގެ ސަބަބުން ޔަތީމް ވެފައެވެ. ޝަހީރުގެ އަނބިމީހާ އެވަނީ ހުވަފަތްވެފައެވެ.

ނަމަވެސް ޝަހީދު ޝަހީރު މެން ފަދަ މީހުންގެ ހަނދާންތައް އިސްރާއީލް ރައްޔިތުންނާއި ދުވަހަކު ވެސް ވަކިވެގެން ނުދާނެއެވެ. އިސްރާއީލްގެ އަނިޔާވެރިކަން ކިތަންމެ ބޮޑަށް އިތުރުވި ނަމަވެސް އެކަމުގެ ސަބަބުން ފަލަސްތީންގެ ރައްޔިތުން ފަހަތަކަށް ނުޖެހޭނެއެވެ. ފަލަސްތީން ރައްޔިތުން ވަނީ ފާއިތުވި 70 އަހަރު އެކަން ސާބިތުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އޭނަ

    ވަރަށް ދެރަ

  2. ޝީ

    ދީނުގައި އޮންނަ ގޮތަކީ ވަކި މީހަކަށް ޝަހީދެކޭ ނުބުނެވޭނެއެވެ

  3. މާސް

    ﷲގެށަފާއަތާއި ރަހުމަތް ލައްވާދޭވެ

  4. Anonymous

    ﷲގެށަފާއަތާއި ރަހުމަތް ލައްވާދޭވެ