ތުރުކީގައި ހުންނަ ސައުދީ އެމްބަސީގެ ތެރޭގައި މަރާލި ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝޯގްޖީގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި އަށް މީހަކު މަރަން ދަށު ކޯޓުން ކޮށްފައި އޮތް ޙުކުމް މަތީ ކޯޓުން ބާތިލްކޮށް އެމީހުން ޖަލަށް ލުމަށް ޙުކުމް ކޮށްފިއެވެ.

ސައުދީ ކޯޓުން އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް އިއްވާފައި އޮތް މަރުގެ ޙުކުމް ބަދަލު ކުރީ މިއަދު އެވެ.

އޭގެ ތެރެއިން ޚާޝޮގްޖީ މަރާލުމުގައި ބައިވެރިވި ކަމަށް ދައުވާ ކުރެވޭ ފަސް މީހުންނަށް އިއްވާފައިވަނީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ބާކީ ތިބި މީހުންގެ ތެރެއިން އެކަކަށް ކޮށްފައިވަނީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އަނެއް ދެ މީހުންނަށް ކޮށްފައިވަނީ ހަރް އަހަރުގެ ޖަލު ހުކުމެކެވެ.

މި މައްސަލަ ބަލައި ނިންމުމަށްފަހު ސައުދީ އަރަބިޔާގެ ޕަބްލިކް ޕްރޮސެކިއުޝަނުން ބުނެފައިވަނީ އެ މައްސަލައިގެ ހުރިހާ ކޭސްތަކެއް މިހާރު ބަންދު ކުރެވިފައިވާ ކަމަށެވެ.

"ވޮޝިންޓަން ޕޯސްޓް" ގެ ނޫސްވެރިޔާ ޚާޝޮގްޖީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ ތެރެއިންނެވެ.

ހަޝޯޤީގެ މައްސަލައިގެ ޝަރީޢަތް ސައުދީ އަރަބިއްޔާ އިން ނިންމާލި ނަމަވެސް އަދިވެސް ވަލީއަހްދު މުހައްމަދު ބިން ސަލްމާން އާއި މިމައްސަލަ އާއި ގުޅުވައިގެން ދައްކާ ވާހަކަތަކާއި އުފައްދާފައިވާ ސުވާލުތަކަށް ޖަވާބެއް ނުލިބެއެވެ.