އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑަށް ފައްސިވެފައިވާތާ 14 ދުވަސް ނުވަނީސް އަދި ކޮވިޑުގެ ހާލަތު ދެނެގަތުމަށް ޓެސްޓެއް ހަދާފައި ނުވަނީސް އޭނާ ކޮވިޑަށް ނައްސި ކަމަށް އަމިއްލައަށް ބުނެފިއެވެ.

ޓްރަމްޕު ކޮވިޑަށް ނައްސިކަމަށް ބުނެފައި ވަނީ ކުރިއަށް އޮތް އެ ގައުމުގެ އިންތިހާބަށް އޭނާ ކުރާ ކެމްޕެއިނުގައި ސަޕޯޓަރުންނާ ފޯނުން ވާހަކަ ދައްކަމުންނެވެ.

ޓްރަމްޕު ކޮވިޑަށް ނައްސިވެފައިވާ ކަމަށް ބުނާ އޯޑިއޯއެއް ޔޫޓިޔުބުގައި މިހާރު ވަނީ ދައުރުވާން ފަށައިފައެވެ. ޓްރަމްޕް ބުނީ ކެމްޕެއިނުގައި ދެން އޮތީ ފްލޮރިޑާއަށް ކުރާ ދަތުރު ކަމަށެވެ. ޓްރަމްޕު އޭނާ ކޮވިޑަށް ނައްސިކަމަށް ބުނި ނަމަވެސް މިހާތަނަށް އޭނާގެ ޑޮކްޓަރު މިކަން ރަސްމީކޮށް ނާންގައެވެ.

އުމުރުން 77 އަހަރުގެ ޓްރަމްޕް ކޮވިޑަށް ފައްސިވެފައި ވަނީ އޮކްޓޯބަރު އެއް ވަނަ ދުވަހުއެވެ. ޓްރަމްޕުގެ ހާލު ސީރިއަސް ވުމުން އެމެރިކާގެ އަސްކަރިއްޔާގެ ހޮސްޕިޓަލެއް ކަމަށްވާ ވޮލްޓާ ރީޑް ހޮސްޕިޓަލުގައި ފަރުވާދިނެވެ.

ހޮސްޕިޓަލުން ދޫކޮށްލުމުން ޓްރަމްޕު ވައިޓް ހައުސްއަށް ގޮސް އޭނާގެ މާސްކު ނަގައި ކޮވިޑް ޖެހުމަކީ އޭނާއަށް ކުރިމަތިވި ނަސީބެއް ކަމަށް ބުނެ އާންމުންނާ ވެސް ބައްދަލުކޮށްފައެވެ.

ކޮވިޑް ޖެހުމުން ބައްޔާއި މެދު ފަރުވާކުޑަކުރާ މީހެއްގެ ގޮތުގައި ޓްރަމްޕު ފާހަގަ ކުރެވިފައިވާއިރު އޭނާ ވަނީ ޑޮކްޓަރުން ދިން ބައެއް ބޭސްވެސް ބޭނުން ކުރުން ހުއްޓާލާފައެވެ. ޓްރަމްޕް ވަނީ އޭނާ ކޮވިޑުން ފަސޭހަކަމަށް ބަލިޖެހުނުތާ ހަފްތާއެއް ފަހުން ވެސް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޯލިހުބެ

    ކޮބާ މައްސަލަޔަކީ މި ދިވެހި ގައުމުގަ މިހާރު ކޮވިޑް ޖެހިގެން 14 ދުވަސް ވީމަ ޓެސްޓު ނުކޮށް ރަނގަޅުވެޔޭ ، ކޮވިޑް ނުޖެހޭ މީހުންނައްވެސް ކޮވިޑް ޖެހޭ މިގައުމުގަ.

    3
    1
  2. ޜަނާ

    ބަލަ މިރާޢްޖޭގަ ވެސް އެ ހެން އެބަ ހަދާ މަމެންގެ ތިމާގެ ބަޔަކު ގޭ އެންމެން ޕޮޒިޓިވް ، 15 ވަރަކަށް ދުވަސް ފަ ހުން ބުނީ
    މި ހާރު ތިތިބީ ރަގަޅު ވެފަޔޯ ތިމީ ހުންގައިން އެ ހހހެން މީ ހުންގެ ގަޔަށް ބައްޔެއް ނާރާނެޔޯ