މިދިޔަ އަހަރުގެ އޭޕްރީލް 21 ވަނަ ދުވަހަކީ ފަހުގެ ތާރީޙެއްގައި ލަންކާ ދުށް އެންމެ ބިރުވެރި ދުވަހެވެ. ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ޖަމާއަތް ކަމުގައިވާ އައިސިސް އިން ވަނީ އެ ގައުމުގެ ހޮޓާތަކާއި ފައްޅިތަކުގައި ޖާނުން ފިދާވެގެން ބޮންތަކެއް ގޮއްވާލާފައެވެ.

ކްރިސްޓިއަން ދީނުގެ މީހުން ފާހަގަކުރާ އީސްޓާ އާއި ދިމާކޮށްފައި ދިން މި ނިރުބަވެރި ހަމަލާގެ ސަބަބުން ޖުމްލަ 269ށް ވުރެން ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިގެން ގޮސްފައެވެ. އޭރު ލަންކާގެ ރައީސް ކަމާއި ހަވާލުވެ ހުންނެވީ މައިތިރިޕާލަ ސިރިސެނާއެވެ.

މިހާރު ރާޖަޕަކްސާގެ ވެރިކަމެއް އެކުލަވާލާފައި ވާއިރު، ރާޖަޕަކްސާގެ ސަރުކާރުން ވަނީ އެކަން ހިނގައިދިޔަ ގޮތް ބަލަން ތަހުގީގީ ކޮމެޓީ އެއް އެކުލަވާލާފައެވެ. މި ކޮމެޓީ އަށް ކުރީގެ ރައީސް ސިރިސެނާ މިހާރު ޖުމްލަ 4 ފަހަރެެއްގެ މަތިން ހާޒިރުކޮށް ވަނީ ސުވާލު ކުރައްވާފައެވެ.

ކޮމެޓީގައި މީގެ ކުރިން ސިރިސެނާ ވިދާޅުވެފައިި އޭނާގެ ސަރުކާރުގައި ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތައް ނުހުއްޓުވުނީ ބޭރުގެ އެމްބަސީތަކާއި އެންޖީއޯތަކުގެ ސަބަބުން ކަމަށާއި އެފަރާތްތަކުންް މަސައްކަތް ކޮށްފައި ވަނީ އެފަދަ ޖަމާއަތްތަކުގެ ހިމާޔަތުގައި ކަމަށެވެ.

ލަންކާ އަށް ހަމަލާދިނުމުގެ ކުރިން އިންޑިއާގެ އިންޓެލިޖެންސުންވެސް ވަނީ އެފަދަ ހަމަލާ އެއް އެ ގަައުމުގައި ދޭން އުޅޭކަމަށް ބުނެ ކުރީ ބައިގައި އިންޒާރު ދީފައެވެ. ނަމަވެސް ލަންކާގެ އިދާރާތަކުން އެ އިންޒާރުތަކަށް މާ ބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

މިކަމާއި ބެހޭގޮތުން ސިިރިސެނާ އާއި ސުވާލު ކުރުމުން އެބޭފުޅާ ވިދާޅުވީ އެފަދަ ކަންކަމަށް ފިޔަވަޅު އަޅައި، ނުވަތަ އިސް ވެރިންގެ ސަމާލުކަމަށް ގެނައުމަކީ ސަލާމަތީ ބާރުތަކުގެ ޒިންމާ އެއް ކަމަށާއި އެއީ ގައުމުގެ އެންމެ އިސް ވެރިޔާގެ ޒިންމާ ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

ޙަބަރުތައް ބުނާގޮތުން ލަންކާ އަށް އެ ހަބަރު ދޭން އުޅޭ ކަމުގެ އިންޒާރު ލިބުމުން އެ އިންޒާރު ލިބުނު މުވައްޒަފު ވަނީ އެކަން އޭނާގެ ސީނިއާ ފަރާތްތަކަށް އަންގާފައެވެ. ނަމަވެސް އެ ފަރާތްތަކުން އެކަން ސީރިއަސްކޮށް ނަގާފައެއް ނުވެއެވެ. މިހާރު އެފަރާތްތައް ވަނީ ވަޒީފާ އިންވެސް ވަަކި ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.