ސްރީލަންކާގައި އިއްޔެ އިން ފެށިގެން ހިންގަމުން އަންނަ ހަމަނުޖެހުންތަކުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން މިހާތަނަށް ވަނީ އިއްޔެ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވި މަހިންދްރަ ރާޖަޕަކްސަގެ ދެގެއަކާއި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ވަޒީރުކަން ކުރެއްވި ބޭފުޅުންގެ 25 ގެއެއްގައި އަލިފާން ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މިހާތަނަށް ލިބުނު ރިޕޯޓްތައް ބުނާ ގޮތުގައި ސްރީލަންކާގެ ކުރުނާގަލަ ސަރަހައްދުގައި ހުންނަ މަހިންދްރަ ރާޖަޕަކްސަގެ ގެއަކާއި އަދި ހަންބަންޓޮޓާގައި ހުންނަ ރާޖަޕަކްސަގެ އާއިލީ ގޭގައި ވެސް ވަނީ އަލިފާން ރޯކޮށް ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައެވެ.

އިދިކޮޅު ސަޕޯޓަރުން ހުޅު ޖެހި ގެތަކުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ ނައިބު ރައީސް ކަމުން ދާދިފަހުން އިސްތިއުފާ ދެއްވި ރަޖީތު ސިޔަމްބަލަޕިޓިޔާގެ ގެ ވެސް ހިމެނެއެވެ. އޭގެ އިތުރުން މިދިޔަ މަހު ވަޒީރުކަމުން އިސްތިއުފާ ދެއްވި ހަތް ބޭފުޅެއްގެ ގޭގައި ވެސް ވަނީ ހުޅު ޖަހާފައެވެ. ގާނޫނު ހަދާ މަޖިލީހުގެ 11 މެންބަރެއްގެ ގޭގައި ވަނީ ހުޅު ޖަހާފައެވެ. އަދި ސަރުކާރުގެ އިސް އޮފިޝަލުންގެ ގޮތުގައި ފާހަގަ ކުރެވޭ ތިން ބޭފުޅަކާއި މޭޔަރެއްގެ ގޭގައި ވެސް ވަނީ ހުޅު ޖަހާފައެވެ.

ސްރީލަންކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހުޅު ޖެހި ގާތްގަނޑަކަށް ހުރިހާ ގެއެއް ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައެވެ.

ސްރީލަންކާގައި ހަމަނުޖެހުންތައް ހިންގަން ފެށީ ސްރީލަންކާގެ އިގްތިސޯދީ ހާލަތު ދަށަށް ދިއުމުގެ ސަބަބުން އެގައުމުގެ ވެރިރަށް ކޮލަމްބޯގެ ގޯލްފޭސް ސަރަހައްދުގައި މީގެ އެއްމަސް ދުވަސް ކުރިން ފެށިގެން މެދުކެނޑުމެއް ނެތި މުޒާހަރާ ކުރަމުންދިޔަ މީހުންގެ ތެރެއަށް އިއްޔެ ރާޖަޕަކްސަގެ ސަޕޯޓަރުން ވަދެ ހަމަނުޖެހުން ހިންގަން ފެށުމުންނެވެ.

އިއްޔެ އާއި ރޭ ބޮޑެތި ހަމަނުޖެހުންތަކެއް ސްެރީލަންކާގެ ގިނަ ހިސާބުތަކުގައި ހިނގި ނަމަވެސް މިއަދު މިހާރު ސްރީލަންކާގެ ސަރަހައްދުތަކުން ފެންނަނީ ހަމަހިމޭންކަން ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.

އިއްޔެ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ހެނދުނު 07:00 އާއި ހަމައަށް ސްރީލަންކާގައި ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މިހާރު އެގައުމުގައި ގެއިން ބޭރަށް ނިކުތުމުގެ ހުއްދަ ހަމައެކަނި އޮތީ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    މިއީ އަނިޔާވެރިން އިބުރަތް ލިބިގަންނަންޖެހޭ ކަންކަން.

    13
    • ދުނިޔޭގެ ކަޅި

      ލަންކާގަ ހިގަމުން މިދާ ކަންތަކާ މޑޕ އިން ފެބްރުއަރީ 8 މުޅިގައުމުގާ ޖެހިހުޅާ ކޮބަތަފާތަކީ ނަސީދު އަޑީގަހުރެގެން މީ ޓެރަރިޒަމްގެ އަމަލކަށް ނުވެ 6މޭ އެކަނިތޯ ޓެރަރިޒަމް އަކީ 6މޭގެ ހަަމަލާއަކީ ވަރަށް ހިތާމަވެރި ބިރުވެރި އަމަލެއް އެފަދަ ކަންތަށް ތަށް ކޮށްހެންނުވާނެ 8ފެބުރުއަރީ ބޮޑުހުޅު ނަސިދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވައުފުލާ 50 އަހަރަށް ކުޑަގޮޅިޔަށްލާންޖެހޭ ލަންކާ މިހަލަތަށް ވައްޓާލީ އިންޑިޔާ އަޑީގަ އޮވެގެން އިންޑިޔަ ބޭނުންނުވަބަޔަކު ވެރިކަމށް އައީމަ މީ ދިވެހިން ހޭލާ ދަސްކުރަންވީ ފިލާވަޅެއް އިންޑިޔާ އެދަނީ މިގައުމުގެ އިގްތިސާދުގެ ތެރަށް އަތްބާނާ ލޯނުގެ ނަމުގަ ދަންތުރަ ޖަހަމުން އެއާދިމާއަށް ލަވަމުން މިވެރިކަން ވެއްޓޭ ދުވަހަކީ އިންޑިޔާއިން މިހާލަތށް މިގައުމު ދުއްވާލާނެ ދުވަސް މިކޮންޓް ރިމައިންޑަރ އެއްގެ ގޮތުގާ ބާންދާލުން ވަރަށް މުހިންމު ކޮންމެ ދިވެއްސަކުވެސް ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް ް

      6
      1
      • ޢަހުމަދުވަގާރު

        ބޭކާރު ވާހަކަ ނުދައްކާ, އިންޑިޔާއިން ދިނީމާ އުނު އޮރިޔާން ނިވައި ކޮއްގެން ތި ހުންނަނީ. ކަލޭ ޕާކިސްތާނަށް ހިޖުރަ ކުރޭ

        1
        3
  2. ބުރުގާ

    ތީ ކެނެރީގޭ ނަޝީދު ބުނާ ރައްޔިތުންގެ ބާރަކީ.

    13
    2
  3. މޮނތހި

    ސަބަހޭ ލަނކ

    1
    2
  4. މަންތިރި

    އެމްޑީޕީވެސް ޖެހީ ހުޅު

    19
    1
  5. Anonymous

    ޕަކްސާ އަކީ ޔާންޓޭ ކަހަލަ ވަގެއް

    2
    7
  6. އަހްމަދު

    ވެރިކަން އަތުން ބީވެގެން ދިޔައިމާ މިޤައުމުގައިވެސް ބަޔަކު ނިކުމެ ހުޅުޖެހި! ލަންކާއިން ވެސް ފެންނަނީ އެމަންޒަރު! މިއީ ދެރެކަމެއް! ތިމައަށް ނުވީމާ ދެން ރީތި ގޮތުގައި ދިޔާމާ ނިމުނީދޯ!!!

  7. މޫލަސް

    ނަޝީދު ސައުތު އޭސިއާއަށާއި ރާެއްޖެއަށް ދަސްކޮށްދިނީ ހުޅުޖަހަން ލަންކާމީހުން ބުނީ އެމީހުންވެސް ހުޅުޖަހަން ފެށީ އަންނި ރާއްޖޭގަ ހުޅުޖެހީމަ ކަމަށް.

    7
    2
    • ޢަހުމަދުވަގާރު

      ޔާނު ދަސް ކޮށް ދިނީ މާ ނުރައްކާ ކަމެއް. ވައްކަން ކުރަން

  8. ޙިކުމަތް

    ﷲއަކްބަރު
    ކޮވިޑްގަ ލަންކާއިން މަރުވި މުސްލިމުން އަންދަން ނިންމި ވެރިންނަށް މިދުނިޔެ މަތީގައި މި ދުނިޔޭގައި އެކަމުގެ ހިތި މި ފެންނަނީ...