އަރުމޭނިއާ އިން ދިން ހަމަލާއެއްގައި އަޒަރުބައިޖާންގެ އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކު ފިޔަވައި އެކުއްޖާގެ މުޅި އާއިލާ ޝަހީދު ވެއްޖެއެވެ.
"އަލްޖަޒީރާ" އިން ބުނާ ގޮތުގައި އަޒަރުބައިޖާންގެ ސިޓީއެއް ކަމަށްވާ ގަންޖާގައި ދިރިއުޅޭ އެއް އާއިލާއެއްގެ ތިން މެންބަރުންނާއި އެކު އާއްމުންގެ 13 މީހަކު ވަނީ އަރުމޭނިއާ އިން ދިން ރޮކެޓް ހަމަލާއެއްގައި ޝަހީދުވެފައެވެ. އާއިލާ ޝަހީދުވިއިރު މަރުން ސަލާމަތްވީ އުމުރުން ތިން އަހަރުގެ ޚަދީޖާ ޝާހްނަޒާލީއެވެ.
ހަދީޖާގެ އުމުރުން 16 އަހަރުގެ ދައްތަ މަދީނާ އާއި މަންމަ ޒުލޭހާގެ އިތުރުން ބައްޕަ ޝާހްނަޒަރޯވް ވެސް ވަނީ ޝަހީދު ވެފައެވެ. އާއިލާގެ ތިން މެންބަރުން ޝަހީދުވީ ރޭ އަރުމޭނިއާ އިން ދިން ހަމަލާއެއްގައެވެ. ހަދިޔާ މަރުން ސަލާމަތްވި ނަމަވެސް އޭނާ އަށް ވެސް ވަނީ ޒަހަމްތަކެއް ލިބިފައެވެ. ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން އޭނާ އަށް ފަރުވާ ދެމުން މިހާރު ވެސް އެބަގެންދެއެވެ.
ރޮކެޓް ހަމަލާ ދިނީ އަރުމޭނިއާ އިން ކަމަށް އަޒަރުބައިޖާނުން ބުނި ނަމަވެސް އަރުމޭނިއާ އިން އެތުހުމަތުތައް ދޮގު ކުރެއެވެ. އަރުމޭނިއާ އިން ބުނާ ގޮތުގައި އާއްމުންގެ ބަޔަކު ޝަހީދުވީ އެގައުމުން ދިން ހަމަލާއެއްގައެއް ނޫނެވެ. ހަމަލާ އަމާޒުވި ސިޓީ އަކީ މިހާރު ދެގައުމުގެ ދެމެދުގައި ކުރިމަތިލުންތައް ހިނގަމުން އަންނަ ނަގޯނާ ކަރަބާޚް ސަރަހައްދުގެ ސިޓީއެއް ނޫނެވެ.
މިހަމަލާގައި 20 ގެއެއް ބިމާ ހަމަވެފައިވާ ކަމަށް އަޒަރުބައިޖާންގެ ސަރުކާރުން ބުނެއެވެ. ހަމަލާގައި ދެކުދިން ޝަހީދުވިއެވެ. ހަމަލާ އަމާޒުވި ސިޓީގައި ތިން ލައްކަ މީހުންގެ އާބާދީއެއް އޮވެއެވެ. އެސިޓީއަށް މީގެ ހަދުވަސް ކުރިން ވެސް ރޮކެޓް ހަމަލާއެއް އަމާޒުވެ ދިހަ މީހަކު ޝަހީދުވިއެވެ.
ކްރިސްޓިއަނުންނަކީ ވ އަނިޔާވެރި ބައެއް
ﷲ ތި ކުއްޖާއައް ހެޔޮގޮތް މެދުވެރި ކުރައްވާށި ..
އަހަރެންނަށް ތިކުއްޖާ ދެއްވާ
ތި ކުއްޖާފުޅު އަހަރެންނަށް ދީ، އަހަރެން ބަލާނަން، ﷲ މި ތުއްތު ކުއްޖާއަށް ހެޔޮގޮތް މެދުވެރި ކުރައްވާށި އާމީން.
މާތް ﷲ އަނިޔާވެރިން ހަލާކު ކުރައްވައި ނެތި ކުރައްވާށި! އަދި އެކަނލާގެ ބިމުގައި ފަސާދަ ކުރާމީހުން ވިއްސި ވިހާލި ކުރައްވާށި!
އަޅެ އަހަރުމެން ބުނާ އިރަށް އެކުއްޖާފުޅު ލިބޭތަ؟
ހައްދަވާ ގެންގުޅުއްވާ އިލާހް، މާތް ﷲ ގެ ބިމުގައި ފަސާދަ ކުރާމީހުންނާއި އަނިޔާވެރިން ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވާންދޭވެ. އަދި އަންނަނިވި ޖީލުތަކަށް އިބުރަތެއް ކަމުގައި އެބައިމީހުން ލައްވާނދޭވެ.
އަދި އަނިޔާ ލިބެމުންދާ އެންމެހާ މުސްލިމުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާ ހައްގަށް ނަސްރު ދެއްވާނދޭވެ. އާމީން
މާތްﷲ އެތުއްތު ދަރިފުޅަށް ރައްކާތެރިކަން ދެއްވާށި.