އިންޑިއާ އަކީ ވަރަަށް ގިނަ ކަންކަމަށް ދުނިޔެ އަށް ނަން މަޝްހޫރު ގައުމެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ރޭޕް ކުރުމެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އަވަށްޓެރި އިންޑިއާގައި ކޮންމެ ދުވަހަކުވެސް އެންމެ މަދުވެގެން 88 އަންހެނުން ރޭޕް ކުރެއެވެ.

އިންޑިއާގެ ނެޝަނަލް ކްރައިމްސް ބިއުރޯ އިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ކޮންމެ ދުވަހެއްގައި 88 އަންހެނުން އެ ގައުމުން ވަނީ ރޭޕް ކޮށްލާފައެވެ. މިއީ ރަސްމީކޮށް ހުށަހަޅާފައިވާ ރޭޕް ކޭސްތަކުގެ އަދަދެވެ. ކަމާބެހޭ އިދާރާތަކަށް ރިޕޯޓު ނުކުރާ ކޭސްތައް ހިމަނައިގެން މި އަދަދު އެތައް ސަތޭކަ މީހުންނަށް އިތުރުވާނެކަމަށް ބެލެވެއެވެ.

އެ ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިންޑިއާގައި އެންމެ ގިނައިން މިދިޔަ އަހަރު ރޭޕް ކޭސްތައް ރިޕޯޓު ކޮށްފައި ވަނީ ރާޖަސްތާނުންނެވެ. އެ ސްޓޭޓުން ޖުމްލަ 6،000 ކޭސް ރިޕޯޓު ކޮށްފައިވާއިރު، ދެވަނަ އަށް މިކަންތައް އެންމެ ގިނައީ އުއްތަރު ޕްރަދޭޝްގައެވެ. އެ ސްޓޭޓުން ޖުމްލަ 3،065 ކޭސް ވަނީ ރިޕޯޓު ކޮށްފައެވެ.

ރޭޕް ކުރުމަށް މަޝްހޫރު އިންޑިއާ އަކީ ގިނަ ދިވެހިންތަކެއްވެސް ދިރިއުޅެމުން އަންނަ ގައުމެކެވެ. މިގޮތުން އެ ގައުމުގެ ކެރެލާގައިވެސް އެތައް ހާސް ދިވެހިންތަކެއް ދިރިއުޅޭއިރު، މިދިޔަ އަަހަރު އެ ސްޓޭޓުން 2،000 އާއި ގާތް ކުރާ އަދަދަކަށް ކޭސްތައް ވަނީ ރިޕޯޓު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

މިކަމަށް އިންޑިއާގައި ދިރިއުޅޭ ހުރިހާ ދިވެހިންވެސް ހާއްސަ ސަމާލުކަމެއް ދީ، މިފަދަ ހާލަތެއްގައި ކަންތައް ކުރާނެ ގޮތަކާއި މެދު އަބަދުވެސް ހުޝިޔާރުކަމާއި އެކު ވިސްނައިގެން ތިބުން ވަރަށް މުހިއްމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނެގެޓިވް

    .....

  2. ޒޫމް

    1.3 ބިލިޔަން ގެ އާބާދީ ހިފަހައްޓަން ވަރަށް އުނދަގޫ ވާނެ ކަމާބެހޭ ފަރާތްތަކަށް. މިއީ އެއް ސަބަބު..2ވަނަ ސަބަބަކީ އިންޑިއާގެ ގިނަ އަންހެނުން ކުރުއެއްޗެހިލުން ގިނަ...އަދި ސާޅީ އަޅައިގެން ހުންނަ އިރުވެސް ބަނޑުހުންނާނީ އެއްކޮށް ފެންނަން...އިންޑިއާގެ ގިނަ ޒުވާނުން ހަޔާތްކުޑަވާނެ

    3
    3
  3. ލިވިނގް ޑެޑްސް

    ޖާހިލް ކަމުން ޝައިތާނު މޮޔަކޮށްފަ. އަންހެނުން އައުރަ ނިވާ ނުކުރިޔަސް އަދި އެއްވެސް ހާލެއްގަ ރޭޕް ކޮށްގެން ނުވާނެ. މީ ވަރަށް ބޮޑު އަނިޔާއެއް. ކޮންމެގޮތެއްވިޔަސް ރޭޕް އަކީ ރޭޕް.
    ފިރިހެނުންނަށްވެސް އަމިއްލަ ނަފުސަށް ރޫހަށް ދެވޭ ގެއްލުމެއްކަން ނޭނގުން އެއީ ހަމަ ތި މޮޔަމީހުންގެ ޖާހިލްކަން.
    އަންހެނުން ނުދަންނަނީ ތޯ ގިނަ އަންހެނުން އައުރަ ނިވާ ކުރާ އަދި މަޙުރަމުންނާއެކު ނޫނީ ބޭރަށް ނުދާ މުޖުތަމައެއްގަ ރޭޕް މަދުކަން މިއީ އިސްލާމްދީން ބާރުއަޅާކަންކަން.
    ތިމާ އިސްލާހުވުން އެއީ އެތަށްބަޔަކު އިސްލާހުކުރުމަށް ސަލާމަތްކުރުމަށް އެޅޭ ބާރެއް. ވަގުތުތަށް ފާއިތުވަނީ ...