ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އިސްލާމްދީނާއި މެދު މީހުންގެ ހިތުގައި ބިރުވެރިކަމާއި ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުން ގެންދާތީ އެކަމާއި އެންމެ މަތީދަރަޖައަށް ނުރުހޭކަން ފާޅުކުރުމަށް ޕާކިސްތާންގެ ފޮރިން މިނިސްޓްރީއަށް ފްރާންސްގެ ސަފީރު ހާޒިރުކޮށްފިއެވެ.

ފްރާންސުން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މާކް ބެރެޓީ ޕާކިސްތާންގެ ފޮރިން މިނިސްޓްރީއަށް އިއްޔެ ހާޒިރުކޮށް މެކްރޯންގެ އަމަލުތަކަކީ ޕާކިސްތާންގެ ސަރުކާރާއި ބޮޑުވަޒީރު އިމްރާން ޚާން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަދި ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަން ވަނީ އަންގާފައެވެ.

އިމްރާން ޚާން ކުރިން ވިދާޅުވެފައި ވަނީ އިސްލާމްދީނާއި މެދު މީހުންގެ ހިތުގައި ނަފްރަތު އުފައްދާ އިސްލާމްދީނުގެ ނަމުގައި ނުރައްކާތެރި ކަންކަން ބަޔަކު މީހުން ކުރަމުން ގެންދަނީ މެކްރޯން ފަދަ ބޭފުޅުން ކުރަމުން ގެންދާ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

"މެކްރޯން ގެންދަނީ ނިރުބުވެރިންނަށް ޙައްޤު އަދަބުދީ ނިރުބުވެރިން ނައްތާލުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އިސްލާމްދީނާއި މެދު މީހުންގެ ހިތުގައި ނަފްރަތާއި ބިރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރަމުން." އިމްރާން ޚާން ވިދާޅުވިއެވެ.

އިސްލާމްދީނަށް ފާޑުކިޔައި ކުޑައިމީސް ކުރުން އެއީ ޕާކިސްތާންގައި މަރުގެ އަދަބުދޭ ކުށެކެވެ. އެހެން ގައުމުތަކުގައި އިސްލާމްދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާއަށް ކާޓޫން ކުރެހުން ފަދަ ކަންކަން ކުރުމުން ޕާކިސްތާންގައި މީގެ ކުރިން ބޮޑެތި މުޒާހަރާތައް ވެސް ކޮށްފައި ވެއެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުން އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ފްރާންސްގެ ރައީސް މެކްރޯން ވިދާޅުވުމާއި ގުޅިގެން ވަރަށް ގިނަ އިސްލާމީ ގައުމުތަކުން ގެންދަނީ އޭނާގެ ވާހަކަތައް ކުށްވެރިކުރަމުންނެވެ. އަދި ފްރާންސްގައި އުފައްދާ މުއްދާ ބައެއް ގައުމުތަކުން ގެންދަނީ ބޮއިކޮޓް ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ބާބޫ

  މީ އިސްލާމް ދީނުގެ ޣީރަތު އަދި ކޮންމެވެސް ވަރަކަށް ހުރިވެރިން. ދިވެހި ރާއްޖެއިން މިކަން ކުއްވެރިކުރަން ޖެހޭ...................އަސްލު އިސްލާމީ ޝަޙްސިއްޔަތު ހުރި ވެރިއެއްނަމަ ނަގާނެ ސްޓޭންޑަކީ އެމީހުންނާއި ހަނގުރާމަ އިޢްލާން ކުރުން......................

  34
  1
 2. ހުސޭނުބޭ

  ބަރާބަރު! އަހަރެމެނަނށްވެސް ކުރެވޭނެ ކަންކަން ހުންނާނެ!

  21
  1
 3. މުހުތާރު

  ހަގީގީ ދިވެހިންގެ ހިތްތަކުގެ ރައީސް ރައީސް ޢަބުދުﷲޔާމީން ޢަބުދުލް ޤައްޔޫމުގެ ގައުމުގެ ވަލިއްޔުލް އަމުރަކަށް ހުންނެވި ދުވަސްވަރެއްނަމަ ތިޔަކަން އެންމެ ފުރަތަމަ ކުށްވެރިކުރި ގައުމަކަށްވާނީ މި ކުޑަކުޑަ ދިވެހިރާއްޖެކަމުގައި ވާނެއެވެ. އަދި ފްރާންސްގެ އުފެެއްދުން ބޮއިކަޓްކުރާ ގައުމުގެ ތަކުގެ ލިސްޓްގެ އެންމެ ކުރީގައި މިނަލަނަލަ ރާއްޖޭގެ ނަން ހިމޭނޭނެއެވެ. މިއަދަކީ މާއްދިއްޔަ ގޮސް ހުސްވެފައިވާ ބަޔަކު ގައުމުގެ ހުންގާނާ ހަވާލުވެގެން އުޅޭ ދުވަސްވަރެއް ކަމުން މީގެ އެއްވެސް އަސަރެއް މިބަޔަކަށް ނުކުރާނެއެވެ. ހިތްތަކުގެ ރައީސް ރައީސް ޢަބުދުﷲޔާމީން ޢަބުދުލް ޤައްޔޫމަށް ނުހައްގުން ދެމުން ގެންދާ އަނިޔާއިން ސަލާމަތްކުރައްވައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމް ދެވަނަ ފަހަރަށް ކުރުމުގެ ފުރުސަތު ދެއްވާދޭވެ. މާތްވެގެންވާ އިސްލާމީދީން ނޫރު މިގައުމުގައި ފަޑުވިޔަ ނުދެއްވާދޭވެ. އާފިލްކަންމަތީ ބޮޑާވެ އިސްލާމްދީނަށާއި މާތްރަސޫލާ އަށް ބަދުބަސްބުނާ މީހުންނަށާއި އެކަމަށް ހިތްވަރުދޭ މީހުނަށް އިބްރަތުން ފުރިގެންވާ ޝަޒާއެއްވާ ދެއްވާފާދޭވެ. މިނުބައި މީހުންގެ ކެހިވެރިކަމުގައި ނޭގިޖެހިފައިވާ މީހުނަށް އާފިލުކަމުން ހޭލައްވައި އެއުރެންނަށް ހައްގާއި ބަދިލް ވަކިކޮށް ދެނެގަތުމުގެ ބާރު ދެއްވާފާދޭވެ.

  19
  5
 4. ޖަނާޒާ

  ރަޢިސް އިބްރާހިމް މުހައްމަދު ޞާލިހަށް އަދި އެނގިވަޑައިނުގަންނަނީ ކަންނޭންގެ ފަރާންސް ގެ ރައީސް ގެ މި އަމަލުތައް# ހިތާމަހުރި

  10
  2