ފްރާންސްގެ އެތައް މިލިއަން މީހުންނެއް މަރާލުމުގެ ފުރިހަމަ ޙައްޤު މުސްލިމުންނަށް ލިބިގެންވާ ކަމަށް މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޑިމޮކްރަޓިކް ގައުމެއްގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ އެންމެ އުމުރުން ދޮށީ ބޭފުޅާގެ ގޮތުގައި ފާހަގަ ކުރެވޭ މަހާތީރުގެ ބޮޑުވަޒީރުކަން އެންމެ ފަހުން ނިމުމަކަށް އައީ މިދިޔަ ފެބްރުއަރީ މަހުއެވެ. އޭނާގެ އުމުރުންފުޅުން މިހާރު 95 އަހަރެވެ.

ފްރާންސްގައި މިއަދު ދިން ނިރުބުވެރި ހަމަލާތަކާއި ގުޅިގެން މަސްރަހު އިތުރަށް ހޫނުވެފައި ވަނިކޮށް މަހާތީރު ވިދާޅުވީ މީހުން މެރުން އެއީ އިސްލާމްްދީން ތަރުހީބުދޭ އަދި ތާއިދު ކުރާކަމެއް ވެސް ނޫން ކަމަށެވެ. ނަމަވެސް ދީނީ ކަންކަމާއި އަޅުވައި މީހުން ރުޅި އަރުވާނަމަ މިފަދަ ހާދިސާތައް ހިނގާނެ ކަމަށް މަހާތީރު ވިދާޅުވިއެވެ.

"ތާރީޚަށް ނަޒަރު ހިންގާ ބަލާއިރު ފްރާންސް މީހުންނަކީ އެތައް މިލިއަން ބަޔަކު މަރާފައިވާ ބައެއް. ފްރާންސްގެ އަތްދަށުވެ މަރުވި ގިނަ މީހުންނަކީ މުސްލިމުން." މަހާތީރު ވިދާޅުވިއެވެ.

މަހާތީރު އިތުރަށް ވިދާޅުވީ ފްރާންސްގެ ރައްޔިތުން މީގެ ކުރިން ހިންގާފައިވާ ގަތުލް އާއްމުތަކުގެ ބަދަލު ހިފުމުގެ ގޮތުން އެމީހުން ދެކެ ރުޅި އައުމުގެ ޙައްޤާއި އެމީހުން މެރުމުގެ ޙައްޤު މުސްލިމުންނަށް ލިބިގެންވެއެވެ.

ފްރާންސްގެ ރައްޔިތުން މެރުމުގެ ޙައްޤު މުސްލިމުންނަށް ލިބިގެންވާ ކަމަށް މަހާތީރު ވިދާޅުވެ ކުރެއްވި ޓްވީޓް ޓްވިޓާ އިން މިހާރު ވަނީ ރިމޫވް ކޮށްފައެވެ. ޓްވިޓާ އިން ބުނާ ގޮތުގައި ޓްވީޓް ރިމޫވް ކުރީ އެވެބްސައިޓްގައި އުސޫލުތަކާއި ހިލާފު ޓްވީޓަކަށް މަހާތީރުގެ ޓްވީޓް ވާތީއެވެ.

މަހާތީރު ވިދާޅުވީ ފްރާންސުން ފުރަތަމަ އެގައުމުގެ ރައްޔިތުންނަށް ދަސްކޮށްދޭންވ އެހެން މީހުންގެ އިހްސާސްތަކަށް އިހްތިރާމް ކުރާށެވެ. ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން އަށް ފާޑުވިދާޅުވަމުން މަހާތީރު ވިދާޅުވީ މެކްރޯން އަކީ މިހާރު ދުނިޔޭގެ ކަންކަން ހިނގާ ގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގެން ކަންކަމަށް ލޯހުޅުވިފައި ހުރި ބޭފުޅެއް ނޫނެވެ.

"ފްރާންސުން ތަކުރާރުކޮށް މުސްލިމުންނާއި އަދި އިސްލާމްދީނަށް ފުރައްސާރަ ކުރަމުން ދާއިރު ފްރާންސަށް އަދަބު ދިނުމުގެ ޙައްޤު މުސްލިމުންނަށް ވެސް އޮންނާނެއެވެ." މަހާތީރު ވިދާޅުވިއެވެ.

ފްރާންސާއި ދެކޮޅަށް މުސްލިމުން މިހާރު އަޑުއުފުލަމުން ގެންދަނީ ފްރާންސްގެ ނޫހަކުން ކީރިތި ރަސޫލާއަށް ކާޓޫން ކުރެހުމުންނާއި އަދި ކީރިތި ރަސޫލާއަށް ކާޓޫން ކުރެހުން އެއީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ފްރާންސްގެ ރައީސް ވިދާޅުވުމުންނެވެ. ފްރާންސްގެ ރައީސް މެކްރޯން އެހެން ވިދާޅުވުމުން އޭނާ އަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އޭނާ ވަނީ ޓެރަރިޒަމްގެ އަސްލަކީ އިސްލާމްދީން ކަމަށް ވެސް ވިދާޅުވެފައެވެ. އެއާއިއެކު އަނެއްކާ މަސްރަހު ވަނީ އިތުރަށް ހޫނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ސާމިޔާ

    މަހާތީރު އާއި އުރުދުޤާންފަދަ މައުމޫނުއާއި އިމްރާންޚާންފަދަ ލީޑަރުންނަށް އައްސަރިބަހާއި ސާބަސް !!

    81
    12
    • 100%

      100% 💖

  2. ޢަފްލާ

    މަހާތީރު ބުންޏަސް ތެދެއް ވާނީ ތެދަކަށް

    115
    10
  3. ދޮގެއް ކަމަށްވޭ

    ސޯސަލް މީޑިއާއިން ފެނޭ މިއީ އިންޑިއާގެ މީޑިއާ ތަކުން ފަތުރަމުންދާ ދޮގުވާހަކަ އެއްކަމަށްވެސް

    5
    16
  4. މަހާ ޖައްރާފު

    ތިކޮޅުން ލަސްކަރެއް ފޮނުވައިގެން ރަނގަޅަށް ތަޅާލަންވީނު ވަރަށް ބަލާހިތުން މިތިބީ ވާގޮތެއް

    28
    7
    • ރަދީފް ހުސެން

      ބުނަން ތިއުޅެނީ އެއްކަމެއްވެސް ނުކުރެވޭނެއޭތަ! އެހެންވެއްޖެޔާ ތީވަރައްކޮށި ވިސްނުމެއް. މިހާރު މިފެންނަވަރައްވެސް ދުނިޔެ ސުލަހަވެރިކަންމަތީ މިހިންގަނީ މުސްލިމުން ކެތްތެރިކަން އިސްކޮއްގެންތިބޭތީ ނޫނީ މަންޒަރުވަރައްތަފާތުވާނެ.

      8
      5
  5. މީ

    ސަލަވާތް ލައްވަވާށި

    14
    5
  6. ނުރަބޯ

    މިވަގުތު މިގައުމުގައި އޮތީ ރައީސް ޔާމީންގެ ސަރުކާރު ނަމަ، ފްރާންސް އާއިދެކޮޅަށް ހަރުކަށި ބަޔާން ނެރެ އެގައުމު ގެ މުދައު އެތެރެ ކުރުން ހުއްޓާލީސް އެކަމަކު މިއަދު މި ގައުމުގައި މިއޮތީ، ކާފަރުންގެ ޕަޕެޓުންގެ ސަރުކާރެއް. ވީމާ އެމީހުން އެކުރާ ނުލަފާ ކަންތަކާމެދު ދެނެހުރި ކަމަށް ނުހަދާ ލޯމަރާލައިގެން އެ ތިބެނީ.

    9
    9
    • ހަމަނުރަބޯތަ

      ހުރިހާކަމެއް ސިޔާސީ ކުރާ ނުރަބޯ..ނުރައަށް ވެސް ހުތުރު😒

  7. ލޮލްލް

    އެއްވެސް އިންސާނަކަށް އަނެއް އިންސާނެއްގެ ފުރާނަ ދުއްވާލުމުގެ ހައްޤު ނޯންނާނެ..

    14
    7
    • ލޮލް

      ފްރާންސް މީހުންނަށް އަލްޖީރިއާ މީހުން މެރުމުގު ހައްގެއް ވެސް ނެތް. އެކަމަކު އެކަންތައް ފްރާންސުންކޮށް އަދި ބޯތައް ގުދަންްކޮށްފަ ހުރީ...

      2
      1
  8. ސައިމޮ

    މުސްކުޅިވެ ތޯތޯވާ ހިސާބުގަ ހުރެ މުސްލިމުންގެ ދީން ފުނޑާލާންވެގެން މި އޫޅޭނޫ...

  9. އަލީ

    މަހާތިރު އެބުނީ ދޮގު ވާހަކައެއް ނޫން. އަލްޖީރިޔާގެ މުސްލިމުންނަށް ފުރާންސުން ކުރި އަނިޔާ، އަދި ޢުޘްމާނީ ދައުލަތް ވައްޓާލުމުގައި ފުރާންސުން އަދާ ކުރި ރޯލު އެއީ އޭގެ މިސާލެއް

    1
    1