އެމެރިކާގެ އޮރެގަންގެ ސިޓީއެއް ކަމަށްވާ ޕޯޓްލޭންޑްގައި ގްރޫޕްތަކުން ނިކުމެ ފިހާރަތަކުގެ ދޮރުތައް ހަލާކުކޮށް އެތަންތަން ލޫޓު ވަމުން އެބަގެންދެއެވެ.

ޕޯޓްލޭންޑްގެ ހާލަތު ގޯސްވެ ފުލުހުންނަށް މަސްރަހު ހަމަނުޖެއްސުމުން މިހާރު ނޭޝަނަލް ގާޑްގެ ސިފައިން ވަނީ މަގުތަކަށް ނިކުމެ ހަމަޖެހުން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ.

ޕޯޓްލޭންޑްގައި ހަމަނުޖެހުން ހިންގަނީ ސިޔާސީ މަސްރަހުގެ ނާޖާއީޒު ފައިދާ ނަގަން ބޭނުންވާ ބައެއް ކަމަށް ފުލުހުން ބުނެއެވެ.

ހަމަނުޖެހުން ހިންގާ، ތަންތަން ލޫޓުވުމުގެ މައްސަލައިގައި ޕޯޓްލޭންޑުން މިހާތަނަށް ވަނީ ނުވަ މީހަކު ހައްޔަރު ކޮށްފައެވެ. ހައްޔަރު ކުރި އެކެއްގެ އަތުން ރައިފަލެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އިތުރު މީހުންގެ އަތުން މަރުތެޔޮލާއި ބަޑިބޭހާއި ސްޕްރޭ ފަދަ ތަކެތި ވެސް ފެނިފައިވެއެވެ.

ހަމަނުޖެހުން ހިންގަމުން ގެންދާ މީހުންގެ ތެރެއިން ބައެއް މީހުން ތިބީ ކަރުނަގޭހުން ސަލާމަތް ވުމަށް މާސްކް ވެސް އަޅައިގެންނެވެ.

ޕޯޓްލޭންޑް ހިމެނޭ އޮރެގަންގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އަށް ބަލާއިރު ވަރަށް ބޮޑު ތަފާތަކުން ކުރީގައި އުޅެނީ ޖޯ ބައިޑަންއެވެ. ބައިޑަން ވަނީ %57 ވޯޓް ކާމިޔާބު ކޮށްފައެވެ. ޓްރަމްޕް އަށް ލިބިފައި ވަނީ %40 ވޯޓެވެ.

ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާތައް މިހާރު އިއުލާން ކުރަމުން ގެންދާއިރު އެމެރިކާގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ދަނީ ހަމަނުޖެހުން ހިނގަމުންނެވެ. އެމެރިކާގެ ނޫހެއް ކަމަށްވާ "ޔޫއެސްއޭ ޓްޑޭ" އިން ބުނާ ގޮތުގައި އެމެރިކާގެ 100 އަށް ވުރެ ގިނަ ސަރަހައްދުގައި އާއްމުން ގެންދަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް އިހްތިޖާޖު ކުރަމުންނެވެ.

އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނަމުން ދާތީ އިންތިޚާބާއި ގުޅިގެން ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފާނެ ކަމުގެ ބިރު ވަނީ ވަރަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކިޔުންތެރިޔާ

    އަންނިގެ ދަރިވަރުންވެސް ހެދީ ހަމަ މިހެން. އަމިއްލައަށް އިސްތިއުފާދީފަ އަނެއްދުވަހު ހޭވެރިވުމުން ބޮލުގަ ބަޑިޖައްސާފަ މަޖުބޫރުކުރުވީއޭކިޔާ ތަޅާނެ ކުދިންކޮޅެއް މަގުތަކަށް ނެރެ ގައުމު ހަލަބޮލިކޮށްލަން އުޅުނީ. ޓުރަންޕުވެސް މިކަން ދަސްކުރީ ކެނެރީގޭ ނަޝީދުގެ ކިބައިން.

    32
    8
  2. އައްޑޫ މީހާ

    ޓްރަމްޕަކީ ދެވަނަ އަންނި

    33
    10