އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ކުންފުނިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން ކާމިޔާބު ކަން މިހަފްތާގައި އިއުލާން ކުރުމާއި އެކު ޔޫރަޕްގައި އެންމެ ފުރަތަމަ ބޭނުން ކުރަން ފެށޭނެ ވެކްސިނަކަށް ވެގެން ދާނީ އެވެކްސިން ކަމަށް މިހާރު މިވަނީ ވަރަށް ބޮޑަށް ބެލެވިފައެވެ. މިވެކްސިން ކާމިޔާބުކަން ކަށަވަރު ވުމާއިއެކު ވެކްސިން އުފެއްދި ސައިންސްވެރިންނަށް އެތައް ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. މިވެކްސިން އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ، އަދި ޖެނެޓިކް ކޯޑް ދެނެގެންފައި ވަނީ މުސްލިމް ދެސައިންސްވެރިންނެވެ. އެއީ ދެމަފިރިންނެވެ.

ވެކްސިން އުފެއްދުމުގެ އެންމެ ބޮޑު މަސައްކަތް ކޮށްފައިވާ މުސްލިމް ދެސައިންސްވެރިންނަކީ އުގޫރު ސާހިން އާއި އޮޒްލެމް ޓްރީސީއެވެ. މިދެމަފިރިންނަކީ ތުރުކީވިލާތައް އުފަން ސައިންސްވެރިންނެވެ. ނަމަވެސް ދެބޭފުޅުން ބައްދަލުވީ ޖަރުމަންވިލާތުންނެވެ. 2001 ވަނަ އަހަރު ކައިވެނި ބައްލަވައިގަތް ދެމަފިރިންނަކީ ބައޯއެންޓެކް ކުންފުނީގެ ވެރިންނެވެ. ވަރަށް ކުރިއްސުރެ ދެބޭފުޅުން ވެސް އުޅުއްވަނީ ޖަރުމަންވިލާތުގައެވެ. ދެބޭފުޅުންނަކީ ވެސް ޖަރުމަންވިލާތުގެ ރައްވެހިކަން އޮންނަ އެގައުމުގެ ވެސް ރައްޔިތުންނެވެ.

ސާހީން އާއި ޓްރީ އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އައި މަސައްކަތަކީ ކެންސަރަށް ފަރުވާއެއް ހޯދުމުގެ މަސައްކަތެވެ. ކެންސަރަށް ފަރުވާ ހޯދުމަށް ވަރަށް ގިނަ ދިރާސާތައްކޮށް، ވަރަށް ގިނަ ތަހްލީލްތަކެއް ދެކަނބަލުން ވަނީ ކޮށްފައެވެ. މީގެ އިތުރުން އެއީ އިންފެކްޝަސް ޑިސީސްތަކަށް ފަރުވާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގައި ވެސް ބައިވެރިވެފައިވާ ދެތަޖުރިބާކާރުންނެވެ.

ކޮވިޑް-19 ފެތުރެން ފެށުމާއިއެކު ދެކަނބަލުން ހުރިހާ މަސައްކަތެއް ހުއްޓާލުމަށް ފަހު އިސްކަން ދިނީ ކޮވިޑް-19 އަށް ވެކްސިނެއް ހޯދާށެވެ. ފައިޒާ އާއި ބައޯއެންޓެކްގެ ވެކްސިން އުފެއްދީ މީގެ ކުރިން އަދި އެއްވެސް ވެކްސިނެއް އުފައްދާފައި ނުވާ ގޮތަކަށެވެ. ކުރިން ނަމަ ވެކްސިން އުފައްދަނީ އެ ބައްޔެއް ނިސްބަތްވާ ވައިރަސް ނުވަތަ ޖަރާސީމު ބޭނުންކޮށްގެންނެވެ. ނަމަވެސް މި ވެކްސިންގައި ބޭނުންކުރީ ސީދާ ކޮރޯނާވައިރަސްގެ ބަދަލުގައި އޭގެ ޖެނެޓިކް ކޯޑެވެ. އެ ކޯޑު ހަށިގަނޑަށް ފޮނުވާލުމުން ކޮރޯނާވައިރަސްއާ ދެކޮޅަށް ދިފާއީ ބާރު އުފެދެ އެވެ.

ކުރިން ވެކްސިން އުފައްދާ ގޮތާއި ހިލާފަށް މިވެކްސިން އުފެއްދުމުގެ ވިސްނުން ނެރެ، އަދި އެކަން ކުރި ބަޔަކީ ސާހީން އާއި ޓްރީއެވެ.

ފައިޒާ އިން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އިން މިހާތަނަށް ލިބިފައިވާ ނަތީޖާއަކީ މުޅި އިންސާނިއްޔަތަށާއި އަދި ސައިންސަށް ވެސް ލިބުނު ބޮޑު ކާމިޔާބެއްގެ ގޮތުގައި ސައިންސްވެރިން ފާހަގަ ކުރާ އެއް ސަބަބަކީ ވެސް ވެކްސިން އުފެއްދުމުގައި ހޯދާފައިވާ އާހޯދުމެވެ. އަދި ހޯދުން ކާމިޔާބު ވުމެވެ.

ވެކްސިން އުފެއްދުމުގައި ފައިޒާ އިން ހޯދި ކާމިޔާބާއިއެކު އެކުންފުނީގެ އަގު ހިއްސާގެ ބާޒާރުގައި ވަނީ 4 ބިލިއަން ޑޮލަރުން 25 ބިލިއަން ޑޮލަރަށް އުފުލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ކުޅުދުއްމޭން

    ފައިޒާ ވެކްސިން ހަބަރަށް ރާއްޖޭ އެންމެ ބޮޑު އެއް ނޫހަށް ކޮމެޓް ކުރި ބަޔަކު މުސްލިމުންނަށް ނުސީދާކޮށް މަލާމާތް ކުރި ، މުސްލިމުން ކޮންމެ ކަމެއްގައި ބުނަނީ ތިކަން މީގެ ސާދަސަތޭކަ އަހަރު ކުރިން އެންގެޔޭ އަސްލު އެއްވެސް އެއްވެސް ކަމެއް ނުކުރެވެޔޭ ކިޔައިގެން ، އެކަމަކު މިކާމިޔާބީ ސައިންސް ދާއިރާގައި ހޯދާފައި މި ވަނީ މުސްލިމް ދެމަފިރިން މާޝާﷲ ، އިތުރު ކާމިޔާބީއަށް އެދެން

    104
    5
    • އިތުރު މައުލޫމާތް

      މީގެ 1400 އަހަރު ކުރިންނޭ މިކިޔަނީ އެއްވެސް އިލްމެއް ހިލްމެއް ނެތް މޮޔައިން ތަކެއް. މުސްލިމަކަށް ވުމަކީ އޮޓޮމެޓިކުން އެމީހަކު މޮޅުވެ ހުރިހާ ކަމެއް އެނގޭނޭ ކަމެއް ނޫން. މުސްލިމަކަށް ވިޔަސް ނުވިޔަސް އިލްމު ދެއްވަނީ މާތްﷲ، އެއިލާހު އިރާދަކުރެއްވި ފަރާތަކަށް. މީގޭ 1400 އަހަރު ކުރިން ބާވައިލެއްވުނީ އިސްލާމްދީން. ސައިންސެއް ނޫން ބާވައިލެއްވުނީ. އިސްލާމްދީނަކީ ސައިންސެއްވެސް ނޫން އެކަމަކު ދުނިޔޭގެ ހުރިހާ އިލްމަކަށް ވުރެ މަތިވެރި އިލްމެއް. މިހެން ވިޔަސް ސައިންސްއަކީ ބޭކާރު އެއްޗެއް ނޫން. އިލްމު އުގެނުމަށް އިސްލާމްދީން ވަނީ ބާރުއަޅުއްވައިފައި. މީގެ 1400 އަހަރޭ އެއްޗެކޭ ނުކިޔައި އިލްމު އުގެނޭނަމަ ރާއްޖެއިންވެސް ވެކްސިން ހެދުމަކީ ހަމަ ކުރެވިދާނެ ކަމެއް.

      19
      5
    • ބޯހަލާކު

      މުސްލިމުވަނީ ނަން އައުރަ ނިވާނޮކޮށް ތިބޭ މީހުންނަށް ސުވަރުގޭ ވަސްދުވާ ހިސާއްވެސް ނުދެވޭނެކަމަށް އިލްމުވެރިން ގޮވަމުން އެދަނީ

      2
      2
  2. ހޯސް

    ދިވެހިން ތިއީ މުސްލިމުން ކަމަކަށް ގަބޫލެއް ނުކުރާނެ އެމަންޖެ ބުރުގާނާޅަ ހުރީމަ.

    35
    13
    • ހޯސްފޯސް

      ދިވެހިންގެ ގިނަމީހުންނަކީ ސުންނީން. ދިވެހިންނޭ ކިޔާ މަލާމާތްކުރާނެކަމެއް ނެތް. ދިވެހިންގެ ގިނަމީހުން ތީގަ ގަބޫލުކުރާނީ ރަނގަޅަށް. ބުރުގާ ނާޅާނަމަ ފާފަވެރިވާނެ ކަމަށް. ކާފަރުވާނެ ކަމަކަށް ގަބޫލެއް ނުކުރާނެ. ފާފަވެރިވަނީ ޤުރުއާނުގެ އާޔަތަކާއި ރަސޫލާގެ ޙަދީޘާ ޚިލާފުވީމަ. އެކަން ފާފަވެރިނުވާނެ ކަމަކަށް ތިޔަބޭފުޅާއަކަށް ދަލީލެއް ނުގެނެވޭނެ!

      37
      7
  3. ދަރަނި ދަންތުރަ

    ކޮބާ ދެން އަވަހަށް ޔޫރަޕުން ކިޔަންފަށާ އެއީ ހަރުކަށި ފިކުރުގެ ދެމީހުނޭ...

    50
    3
  4. އަލްޙަމްދުﷲ

    ﷲ އަކްބަރް

    58
    6
  5. ސާމިޔާ

    މަ ރުހަބާ ދެކުދިންނަށްވެސް .. މުސްލިމުންނަށްވީތީ ފަޚު ރުވެ ރިވަން. ސަލާމް ސަލާމް.

    62
    4
  6. ސަމްސާ

    ޙަމްދުހުރި

    59
    4
  7. ޅަބޭ

    އެއީ މުސްލިމުންނަމަ ކޮބާ ފިރިހެން މީހާގެ ތުނބުޅި؟ ކޮބާ އަންހެން މީހާގެ ބުރުގާ؟ މީހާޢައް ކިޔާ ނަމަކުން، ނޫނީ އުފަންވެފަވާ ގައުމަކުން، އެއީ މުސްލިމެކޭ ޔަހޫދީއެކޭ ނަސޯރާއެކޭ ކަންނާނީއެކޭ ވައްހާބީއެކޭ ބަދަވީއެކޭ ނުނިންމޭނެ.

    14
    20
    • މޮޔައެނޮނިމަސް

      އާނ ދޯ.ތުނބުޅި ނެތި އަދި މުސްލިމަކަށް ވާން އެ އުޅެނީ

  8. ބޯކިބާ

    ތިޔައީ މާ ހާއްސަކަމެއްނޫން ހުޅަނގުގަ މީޑިއާ ކޮންޓްރޯލު އޮތީތީ އެވެރިން ކުރާ ކޮންމެ ކަމެއްގަ މާކެޓިން ޕުރޮޕެގެންޑާ ފަތުރަން ފަސޭހައީ. ތިޔަ ވެކްސިން 90% ކާމިޔާބޭ ބުނިއިރު ރަޝިއާ ވެކްސިން 92% ކާމިޔާބު، ޗައިނާ ވެކްސިން ފޭސް3 ގަ 1 ލައްކަމީހުނަށް ދިންއިރު އެކަކަށްވެސް ބަލިނުޖެހޭ، އާންމުކޮށް ދޭތާވެސް އެތައް ޒަމާނެއް. އެކަމަކު އެވެކްސިންތައް ހެދިމީހުންގެ ވާހަކަ ދުވަހަކުވެސް ނޫހަކުން ދުށިންތަ.

    15
    1
    • Anonymous

      ޅަބޭ އަށް ތިހިރީ މާ ބޮޑަށް ދީން ކިޔެވިފަ
      ޅަބޭ އަށް ހީވަނީތަ ބުރުގާޔާ ތުނބުޅި ހުރީމަ މުސްލިމެއްކަމައް ނިންމޭނޭ .. އެ އެޅާފަ މީހާގެ ހިތުގަ ކޮންމެ އެއްޗެއް އޮތަސް ހެޔޮތަ ؟ މަވެސް އެއްބަސް ހިޖާބުން ނިވާވެ ތުނބުޅިވެސް ބެހެއްޓުން އެއީ ހެޔޮ ގޮތްކަމަށް
      އޭގެ މާނަޔަކީ އެހެން ނުހުންނަ ކޮންމެ މީހަކު ކާފިރެއް ކަމަށް ބަލާށެކޭނޫން

      9
      1
  9. ބެއްޔާ

    އެއްކަލަ ކަމެއް ނުވާ ހުސް އަނގަ ތަޅާ މުސްލިމުންގެ ވާހަކަ! ހުރިހާ ކަމެއްކުރީ މުސްލިމުން އެކަމަކު އެންމެ ފަނުފުލުގައި އުޅެނީ މުސްލިމުން! މިއީ އަރަތެއްތަ؟

    7
    13
  10. ޢާއިޝާ

    އަލްޙަމްދުލިلله والله أكبر

    12
    2
  11. ައަޙްމަދު

    ބޯގޯސް ހަބަރު ނުލިޔާ ރަގަބޅު ހަބަރު ލިޔުމަށް ނަސޭހަތްތެރިވަމެވެ.

    4
    9
  12. އެދުރުބެ

    އެހެންވީރު ރާއްޖެއަށް އަވަހަށް ވެކްސިން ލިބުމުގެ ފުރުސަތު އޮންނާނެތާ

    4
    2