ފުލުހުންގެ ވަޒީފާއަށް ނުކުތް އަފްޣާނިސްތާނުގެ އަންހެނެއްގެ ގަޔަށް ބަޑި ޖަހައި ތޫނު އެއްޗަކުން ހަލަދީ ޒަހަމް ކޮށްލައިފިއެވެ.

އަފްޣާއިސްތާނުގެ މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޒަހަމް ކޮށްލާފައިވަނީ އުމުރުން 33 އަހަރުގެ އަންހެނެކެވެ. އޭނާ އަށް ހަމަލާ ދީފައިވަނީ ގެއިން ބޭރުން ވަޒީފާއެއް ހޯދުމުން ކަމަށްވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

އެ އަންހެން މީހާއަށް ހަމަލާ ދީފައިވަނީ މަސައްކަތް ކުރަމުން އަންނަ ފުލުހުންގެ އިދާރާއިން ނިކުމެގެން ދިޔަ ވަގުތު ސައިކަލަކުން ދިޔަ 3 ފިރިހެނުން ކަމަށާއި އޭނާ ހޮސްޕިޓަލަށް ގޮސް ފަރުވާ ދިނުމަށްފަހު ހޭ އެރި ވަގުތު ލޮލުގެ ފެނުން ގެއްލިފައިވާ ކަމަށް މީޑިއާ ރިޕޯޓް ތަކުން ވަނީ ބުނެފައެވެ.

އެ އަންހެން މީހާ ފުލުހުންގެ ވަޒީފާއާއި ގުޅިފައިވަނީ މީގެ ދެތިން މަސް ކުރިންނެވެ. އެ ހަމަލާގައި ލޮލުގެ ފެނުމުން މަހުރޫމުވުން އެއީ ހަމަ އެކަނި އޭނާ އަށް ލިބުނު އަނިޔާއެއް ނޫނެވެ. އެ ވަޒީފާއަކީ އޭނާ އަބަދުވެސް ދެކެމުން އައި ހަގީގަތަކަށްވި ވަޒީފާއެކެވެ.

މި ހަމަލާ އޭނާއާއި އެގައުމުގެ ސަރުކާރުން ވަނީ ކުއްވެރި ކޮށްފައެވެ. އަދި އެކަން ކޮށްފައިވަނީ ތާލިބާނުގެ ބަޔަކު ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ. އެ ހަމަލާ ރާވާފައިވަނީ އެ އަންހެން މީހާގެ ބައްޕަ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފައެވެ. އެއީ ބައްޕަ އާއި ދެކޮޅަށް ގެއިން ބޭރުގައި އެ ކުއްޖާ ވަޒީފާ އަދާ ކުރުމަށް ދިއުމުން ކަމަށް ވެއެވެ.

"ފުލުހުންގެ ވަޒީފާގައި އަހަރެއް ވަންދެން ހުރުން އެއީ އަޅުގަނޑު ބޭނުންވި ކަމެއް. އޭގެ ފަހުން މި ހަދިސާ ހިނގައިދިޔަ ނަމަ މިފަދަ ހާލަތެއްގައި އުޅޭކަށް ނުޖެހޭނެ. މިހާ ދެރައެއް ވާކަށް ނުޖެހޭނެ. މި ހާދިސާ ހިނގީ މާ އަވަހަށް. ހަމަ އެކަނި ހުވަފެން ހަގީގަތަށް ވެގެން އުޅެވުނީ 3 މަސް ވަންދެކަށް" ރޮއިޓާސް އަށް މައުލޫމާތު ދެމުން އެ ކުއްޖާ ކިޔައިދިނެވެ.

ބައްޕަ އަށް އެފަދަ ތުހުމަތު ކޮށްފައިވަނީ މީގެ ކުރިންވެސް ވަޒީފާއަށް ދާއިރު، އޭނާގެ ފަހަތުން ބައްޕަ ދާތީ ކަމަށާއި އަބަދުވެސް ގެއިން ބޭރަށް ނުގޮސް ގޭގައި ހުރުމަށް ބުނެފައިވާތީ ކަމަށް އެ އަންހެން މީހާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހޫ

    އަދުގެ މުސްލިމުންގެ ހާލަތު.

    32
    7
  2. އެޑިއުކޭޓް

    ދިސް އިޒް އެބްޒޮލިއުޓްލީ ވެރީ އަން-އިސްލާމިކް.

    17
    4
  3. ......

    ހަބަރު ފެތުރުމަކީ ސުވާލު ވެވޭނެ ކަމެކެވެ....އަދި ޒިންމާ އެޅޭނެ ކަމެކެވެ...

    8
    12
    • -_-

      މިމީހުން ކުރާ ނުބައި ކަންތަކުގެ ވާހަކަ ގެނެސް ދިނީމަ ހަޖަމު ނުވީދޯ.

      9
      1
    • ޑޮޓް....

      ކަލޭ ތީ، ޑޮޓް ގްރޫޕުގެ ގޮލައެއް ދޯ! ނަމަކަށް ވެސް ހުސް ޑޮޓް ވިއްޔަ!

      2
      2
  4. ބޯހަލާކު

    ކޮބާ އެމްޑީއެން ކޮބާ ސަހިންދާ ހިފާ ހައްޔަރުކުރޭ

    21
    6
    • މޯލްޑިވިޔަން

      އާނ ދޯ

  5. އަޅުގަނޑު

    ޔާﷲ ވ ދެރަ