ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ޔޫކްރޭން ރައީސް ވްލޮޑޮމިއާ ޒެލެންސްކީ ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެމަނިކުފާނު ކޮވިޑް-19 އަށް ފައްސިވެގެން މިހާރު ދަނީ ފަރުވާ ހޯއްދަވަމުންނެވެ. އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅެވެ.

"ކޮވިޑް-19ގެ ނުރައްކާ ނުލިބި ސަލާމަތްވާން ވަކި ހާއްސަ ނަސީބު ގަދަ ބައެއް ނުތިބޭ". އުމުރުން 42 އަހަރުގެ ޒެލެންސްކީ ކުރި ޓްވީޓްގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އޭނާ މިހާރު އެކަހެރިވެވަޑައިގަންނަވާފައިވާ ކަމަށާއި، އަދި މިގޮތަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަަމަށެވެ.

ޒެލެންސްކީ ފައްސިވިތާ މާ ގިނައިރުތަކެއް ނުވެ، އެ ގައުމުގެ ރައީސް އޮފީހުގެ ވެރިޔާ އަންޑްރިޔާ ޔެރްމަކް ވަނީ ކޮވިޑް-19 އަށް ފައްސިވެފައިވާ ކަން ކަށަވަރުކޮށްދެއްވާފައެވެ.

ޒެލެންސްކީ ގެ އަނބިމީހާއަށް މިދިޔަ ޖޫން މަސް ތެރޭގައި ކޮވިޑް-19 ޖެހުނެވެ.

ޔޫކްރޭންގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން، އެ ގައުމުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. އެ ފިޔަވަޅުތަކަށް ލުއި ދީފައި ވަނީ މެއި މަސް ތެރޭގައެވެ.އެ ގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 500,865 އަށް އަރާފައެވެ. އެ ގައުމުގައި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 9,145 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު