އިއްޔެ ދުނިޔޭގެ އެކި ސަރަހައްދުތަކުން ރެކޯޑް އަދަދެއްގެ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ 656481 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އިއްޔެ އަކީ މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އިއްޔެ 9945 މީހަކު ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އިއްޔެ އަކީ މިހާތަނަށް ކޮވިޑް-19 ޖެހިގެން ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

ވަކިވަކި ބައްރުތަކަށް ބަލާއިރު އިއްޔެ އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވީ ޔޫރަޕުންނެވެ. އިއްޔެ ޔޫރަޕްގެ ގައުމުތަކުން 280,080 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. ދެން އެންމެ ގިނަ މީހުން ފައްސިވީ އެމެރިކާ ހިމެނޭ އުތުރު އެމެރިކާ ބައްރުންނެވެ. އުތުރު އެމެރިކާ އިން އިއްޔެ 198,592 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އޭގެ ތެރެއިން 183,527 މީހުން ފައްސިވީ ހަމައެކަނި އެމެރިކާ އިންނެވެ.

އޭޝިއާ އިން އިއްޔެ 99,954 މީހުން ކޮވިޑް-19 އަށް ފައްސިވިއެވެ. އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިއްޔެ ވެސް އެންމެ ގިނަ މީހުން ފައްސިވީ އިންޑިއާ އިންނެވެ. އިންޑިއާ އިން އިއްޔެ 45,343 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. ދެކުނު އެފްރިކާ އިން އިއްޔެ 62,898 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ޔޫރަޕާއި އެމެރިކާގައި އިތުރު ވަމުން އަންނައިރު ހުޅަނގުގެ ގައުމުތަކަށް ފިނި މޫސުން އައުމާއިއެކު ހާލަތު ގޯސްވެ މަރުވާ މީހުންގެ އަދަދު އެތައް ގުނައެއް އިތުރުވެގެން ދާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ދަނީ ހުއްޓުމެއްނެތި ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު