ނިއުޒިލޭންޑްގެ އަންހެން ފުލުހުންގެ ޔުނިފޯމުގައި ބުރުގާ ހިމަނައިފިއެވެ.

އެގައުމުގެ ފުލުހުން ބުނެފައިވަނީ އެންމެ ފުރަތަމަ ބުރުގާ ޔުނިފޯމު ލާފައި އަލަށް ފުލުހުންގެ ހިދުމަތާއި ގުޅިފައިވާ ކޮންސްޓަބަލް ޒީނާ އަލީ ކަމަށާއި ޔުނިފޯމާ އެކު ބުރުގާ އެޅޭ ގޮތަށް ހަމަޖެއްސީ މުސްލިމް އަންހެނުން ފުލުހުންގެ ވަޒީފާ އަށް ނެރެން ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

ނިއުޒިލޭންޑްގެ ފުލުހުންގެ ޔުނިފޯމާއި އެކީ ބުރުގާ ހިމެނުމުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރު ސެކަންޑަރީ ސްކޫލަކަށް ޒިޔާރަތް ކުރި ފުލުހުންގެ މީހަކު ދީފައިވާ ހިޔާލަކާއި ގުޅިގެންނެވެ.

ނިއުޒިލޭންޑްގެ އިތުރުން ލަންޑަންގެ މެޓްރޮޕޮލިޓަން ޕޮލިހުންވެސް ވަނީ 2016 ވަނަ އެމީހުންގެ ޔުނުފޯމުގައި ބުރުގާ ހިމަނާފައެވެ. ސްކޮޓްލޭންޑްގެ ފުލުހުން ބުރުގާ ތައާރަފް ކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. އަދި ވިކްޓޯރިއާގެ ފުލުހުން ބުރުގާ ތައާރަފް ކޮށްފައިވަނީ 2004 ވަނަ އަހަރުއެވެ.

ފިޖީ އަށް އުފަން ނަމަވެސް ޅަ އުމުރުގައި ނިއުޒީލެންޑަށް ހިޖުރަކޮށްފައިވާ ޒީނާ ބުނެފައިވަނީ އޭނާ ފުލުހުންގެ ވަޒީފާ އަށް ވަންނަން ބޭނުންވީ ކްރިސްތްޗާޗުގައި ދިން ނިރުބަވެރި ހަމަލާ އަށް ފަހު ކަމަށެވެ.

"އަޅުގަނޑަށް ވިސްނުނީ ގިނަ މުސްލިމް އަންހެނުން ފުލުހުންގެ ވަޒީފާއަށް ނުކުމެ މީހުންނަށް ހިތްވަރު ދޭން ޖެހޭ ކަމަށް" ނޭޝަނަލް ޑެއިލީއަށް މައުލޫމާތު ދެމުން ޒީނާ ބުންޏެވެ.

އޭނާ ބުނީ، ފުލުހުންގެ ޔުނިފޯމާއި އެކީ ބުރުގާ އެޅޭ ގޮތަށް ހަމަޖެއްސުމުން މުސްލިމް އިތުރު އަންހެނުން ފުލުހުންގެ ވަޒީފާ އަށް ޝައުގުވެރިވާނެ ކަމަށާއި ޔުނިފޯމުގެ ބައެއްގެ ގޮތުގައި ބުރުގާ ދައްކާލުމަކީ ފަޚުރުވެރިވާ ކަމެއް ކަމަށެވެ.

ނިއުޒިލެންޑްގެ ކްރިސްޗާޗްގެ ދެމިސްކިތަކަށް 2019 ވަނަ އަހަރުގެ މާޗް މަސް ތެރޭގައި ދިން ނިރުބުވެރި ހަމަލާގައި 51 މުސްލިމުން މަރުވިއެވެ. އޭގެރެއިން އެންމެ މީހަކު ފިޔަވައި އެހެން އެންމެންނަކީ ނިއުޒިލެންޑަށް ހިޖުރަކޮށްގެން އެގައުމުގައި ދިރިއުޅެމުން އައި މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަބޭ

    އެހެންތަ. ދިވެހި ރާއްޖޭގެ އަންހެން ފުލުހުން ބުރުގާ ނާޅާއުޅޭތީތަ ފުލުހުންގެ މުއަސަސާ ބޮއްސުންލާފަ އެއޮތީ؟؟!

    5
    1
  2. އަލިބެ

    ޙަޤީޤަތުގައި ނިއުޒީލޭންޑުގައި ހުރިހާ އެންމެންނަށްވެސް ވަރަށް ހަމަހަމަ އުސޫލްތަކެއް ގެންގުޅެއެވެ. އަދި މުސްލިމުންނަށްވެސް ވަރަށް އިޙްތިރާމްކުރާކަމަށް ފެނެއެވެ.

    7
    1