މާލެ ރޯ މަސް މާރުކޭޓް ސަރަހައްދު މޫދަށް ޕިކަޕެއް ވެއްޓިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މި ޕިކަޕް މޫދަށް ވެއްޓިފައި ވަނީ ފަހަތަށް ޖައްސަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި، މި ހާދިސާ ހިނގައިގެން ފުލުހުންނަށް މައުލޫމާތު ލިބުނީ މިއަދު އިރުއޮއްސި 6:45 ހާއިރު އވެެ.

މިހާރު އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.