އެމެރިކާގައި އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ބޮޑު ނާކާމިޔާބީއެއް ލިބިވަޑައިގެން ރައީސް ކަމުގެ މަގާމު ގެއްލުނު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހު ވަގުތުކޮޅުގައިވެސް އުޅުނީ އަމިއްލަ އެދުމައިގެންކަން ހާމަވެއްޖެއެވެ.

އެގޮތުން ޓްރަމްޕުގެ އާއިލާއަށް ސީކްރެޓް ސާވިސްގެ ރައްކާތެރިކަން ވަކި މުއްދަތަކަށް ލިބޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.

ޓްރަމްޕް ވަނީ އޭނާގެ އާއިލާގެ 13 މެމްބަރަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސީކްރެޓް ސާވިސްގައި އެދިފައެވެ. އަދި އެ ރައްކާތެރިކަން ކުރިޔަށް އޮތް ހަ މަސް ދުވަސް ވަންދެން އާއިލާއަށް ލިބޭނެ ގޮތް ވެސް އޭނާ ވަނީ ހަދައިފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް އެ ރައްކާތެރިކަން އެ އާއިލާއަށް އޮތްކަން މިހާރު ވަނީ ހާމަވެފައެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެމެރިކާގެ ނޫހަކަށް މައުލޫމާތު ދިން މީހަކު ބުނީ ޓްރަމްޕް ބޭނުންވީ އޭނާގެ ޒައާމަތުގައި އާއިލާގެ މީހުންނަށް އޮތް ރައްކާތެރިކަން އިތުރު ކުރުމަށް ކަމަށެވެ. އަދި އާއިލާގެ މެމްބަރުންގެ ތެރެއިން ޓެކްސްޕެޔާސް ފަންޑެޑް ޕްރޮޓެކްޝަން ލިބުނު ފަރާތްތަކަށް ވެސް ރައްކާތެރިކަން ކަށަވަރުކުރުމަށް އޭނާ ވަނީ އެދިފައެވެ.

އެމެރިކާގެ ގާނޫނު ބުނާގޮތުން މެލެނިޔާ ޓްރަމްޕް އާއި ޓްރަމްޕުގެ ދަރިފުޅު ބެރޮން ފިޔަވައި އިތުރު އެއްވެސް ފަރާތަކަށް ސީކްރެޓް ސާވިސް އިން ރައްކާތެރިކަން ހޯދައިދޭން މަޖުބޫރު ނުވާނެއެވެ.

ޓްރަމްޕް އާއި އޭނާގެ އަންހެނުންނަށް މުޅި އުމުރަސް ސީކްރެޓް ސާވިސްގެ ރައްކާތެރިކަން ލިބިގެން ދާނެއެވެ. މިއީ ކުރީގެ ރައީސުންނަށްވެސް އެ ރައްކާތެރިކަން މިހާރުވެސް ދެމުން އަންނަ ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޑަން

    ކަލޯ ނޫސްވެރިޔާ މުޅިއުމުރަކަށް ނުލިބޭނެ ސެކިުރިޓީއެއް ކުލިންޓަންގެ ފަހުން 2 ދައުރު ފުރިހަމަ ކުރާމީހަކަށް ލިބޭނީ 10 އަހަރު ދުވަހުގެ ސެކިއުރިޓީ އެކަމް އިނާޔަތްތައް ލިބޭނެ އުމުރަށް

    3
    1