ކޮވިޑް-19 ޖެހިގެން މެކްސިކޯއިން އިތުރު 1،539 މީހަކު މަރުވެއްޖެއެވެ.

އެގައުމުން އިތުރު 1،539 މީހަކު މަރުވެ، އެ ބަލީގައި ޖުމްލަ އެ ގައުމުން މަރުވި މީހުންގެ އަދަދު ވަނީ 144،371 އަށް އަރައިފައެވެ. މިހާތަނަށް އެގައުމުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،584 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

އެ ގައުމުން އިތުރު 20،548 މީހަކު މި ބައްޔަށް ފައްސިވެފައިވާ އިރު، މިހާރު ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 1,688,944 އަށް އަރައިފައެވެ. މެކްސިކޯއަކީ މިހާތަނަށް 13 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން އެގައުމުން ފައްސިވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އެއީ 21،366 އެވެ.

މެކްސިކޯއަކީ ބަލީގެ ނުރައްކާ ބޮޑު އެއް ގައުމެކެވެ. މިހާތަނަށް އެ ގައުމުން މި ބަލި ޖެހިގެން ރަނގަޅުވެފައިވަނީ 1,264,780 މީހެކެވެ. މި ބައްޔަށް 279,793 މީހަކަށް ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން 5,652 މީހަކަށް ފަރުވާ ދެމުން އަންނަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް އާންމު ކުރާ ގައުމީ އިދާރާއަކުން ވަނީ ބުނެފައެވެ.

ދުނިޔޭގެ 219 ގައުމަކާއި ސަރަހައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، މިހާތަނަށް 97,309,750 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރެއިން 69,850,852 ރަނގަޅުވެފައިވާއިރު 2,083,326 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަހުތާނު އަހުމަދު

    ކޮވިޑްޖެހިގެންތިހާވަރަށް މީހުންމަރުވެގެން ވަޅުލާއިރު މެކްސިކޯގެ ބިމުގެ ފެން ފަށަލަ މިހާރުއޮންނާނީ ކޮވިޑްވައިރަހުން ތަޣައްޔަރުވެ ފެންބޭނުންނުކުރެވޭވަރުވެ ފަ. އަދި ތިކަމުގެއަސަރު ލަންކާގެ ބިމަށްވެސް ކުރާނެކަމަށްބެލެވޭ..