އެމެރިކާއިން ހިރޯޝީއަށް ވައްޓާލި ނިއުކުލިޔާ ބޮަމަށްވުރެ 160 ގުނަ ބާރުގަދަ މިސައިލެއް ރަޝިޔާއިން ޓެސްޓް ކޮށްފިއެވެ.

ރިޕޯޓުތަށް ބުނާ ގޮތުގައި ބުލާވާ މަރުކާގެ ހަތަރު މިސައިލް ސަބްމެރިންއަކުން ފޮނުވާލައިގެން ކުރި މި ތަރުރިބާގެ ބާރުގަަދަކަން 2400 ކިލޯޓަނަށް އަަރައެވެ. މިއީ ހީރޯޝީމާ ބިމާ ހަމަކޮށްލިި ބޮމުގެ 160 ގުނައެވެ.

މި މިސައިލްތައް ކާމިޔާބުކަމާއެކު އޭގެ އަމާޒަށް ވާސިލުވެފައިވާ ކަމަށް ރަޝިޔާއިން ބުނެއެވެ. ރަޝިޔާއިން ވަނީ މި ތަޖުރިބާގެ ވީޑިއޯއެއްވެސް އާއްމުކޮށްފައެވެ.

ރަޝިއާއިން މި ޓެސްޓް ކޮއްފައިވަނީ ރަޝިޔާގެ ޔޫރަޕު ފަޅީގެ އުތުރުން ހުދު ކަނޑުގައި އޮތް ކޭ-535 ޔޫރީ ޑޮލްގޮރުކީ ސަބްމެރީނުން ރަޝިޔާގެ އެންމެ އިރަށް އަމާާޒުކޮށް ހަތަރު އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް އެއްފަހަރާ ފޮނުވާލައިގެންނެވެ.

މި ޓެސްޓުގައި ބޭނުންކުރި ސަބްމެރީނަކީ 16 މިސައިލު އެއްފަހަރާ ފޮނުވަލުމުގެ ގާބިލުކަން ހުރި ސަބްެމެރީނެއް ކަަމަށް ރަޝިޔާއިން ބުނެއެވެ. އެއީ 13 މީޓަރު ފުޅާ، 160 މީޓަރު ދިގު، 24000 ޓަނު އުފުލޭ ސަބްމެރީނެކެވެ.

އެމެރިކާއިން ލަފާކުރާ ގޮތުގައި ތަޖުރިބާގައި ބޭނުންކުރެވުުނު ހަތަރު މިސައިލަށް 24 ނިއުކުލިޔާ ބޯވް އުފުލޭނެއެވެ.

އަލަށް އުފެއްދި ނިއުކުލިއާ މިސައިލަކީ ބޭނުންވާ ތަނަށްކަށް ވަކި ލިމިޓެއް ނެތި ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ މިސައިލެކެވެ. މި މިސައިލަކީ އެމެރިކާއަށް އަމާޒުވާ މިސައިލް ތަކުން ރައްކާތެރިވާން ހަރުކޮށްފައިވާ ނިޒާމު ފޫއަޅުވާލެވޭނެ ވަރުގެ ގާބިލުކަން ލިބިފައިވާ މިސައިލެއް ކަމަށް ރަޝިއާ އިން ބުނެއެވެ.

މި މިސައިލް އަކީ އަޑަށް ވުރެން އެތަށް ގުނައެއް ބާރުމިނުގައި ދަރުތުކުރުމުގެ ގާބިލުކަން ލިބިފައިވާ ހައިޕާސޮނިކް މިސައިލެކެވެ.

ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ، ކުރިއަށް ވުރެ ވަރުގަދަ 40 އަށް ވުރެ ގިނަ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް އުފައްދާނެ ކަމަށް ރަޝިއާ އިން ފުރަތަމަ އިއުލާން ކުރީ 2015 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަދަރ ރަޝިޔާ

    ރަޝިޔާ. ރަޝިޔާ ރަޝިޔާާ

  2. ކިތަންމެ މޮޅުކަން ދެއްކިއަސް އާޚިރުގަ އެބަހީ ގިޔާމަތުގެ ކުރިން މުޅިދުނިޔޭގަ ވެރިކަންކުރާނެ ބަޔަކީ މުސްލިމުން..... އެއީ ﷲ ގެ ވަޢުދެއް. ﷲ ގެ ވަޢުދަކަށް ބަދަލެއް އަންނާތީ އަހަރުމެންނަކަށް ނުފެންނާނެ....

    • ހައްހައްހާ އިންސާނުންގެ ތެރެއިންވެސް ގަޅިކަމުން އަރާހުރިމީހެއް ތިޔައީ

      • މާ އެނޯނިމަސް ވެގަނެގެން

        ކަލޭ ތިހިރީ މުރުތައްދުވެފައި، ހިތުން ވަރަށް ގަޓު އެނޯނިމަސްވެގަނެގެން، ބީތާ