ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ގ. ކެނެރީގޭ ކައިރީގައި އާއި މެރީ ބްރައުން އަދި ޔާގޫތުގޭ ކައިރީގައި ބޮން ގޮއްވާލަން އުޅޭ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް އެނގޭ ކަން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން (241 ކޮމިޓީ) އެކުލަވާލި ރިޕޯޓުން ހާމަވެފައިވާ ކަމަށް މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެއެވެ.

ނަޝީދަށް އަމާޒުކޮށް މެއި 6، 2021 ގައި ބޮމުގެ ވަރުގަދަ ހަމަލާއެއް ދިނީ ކެނެރީގޭ ކައިރިންނެވެ. ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް މި ހަމަލާ ދިނީ ސައިކަލެއްގައި އައިޑީއެއް ހަރުކޮށްގެންނެވެ. މި ހަމަލާގައި ނަޝީދަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލާއި ޖަރުމަނާއި އިނގިރޭސި ވިލާތުގައި ފަރުވާ ހޯއްދެވިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ބޮމުގެ ހަމަލާއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާ ދިނުމުގެ ކުޑަ އިރުކޮޅެއް ކުރިން ކާރަށް އަރުއްވަން ނީލޯފަރު ހިނގުމުން ހިންގަަވާފައި ވަޑައިގަންނަވަނީ --

މަޖިލިހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިންތިހާ އަށް ނުރައްކާތެރިވެފައިވާ ކަމަށެވެ. މާލޭގެ މަޖީދީ މަގުގައި ރަމަޟާން މަހެއްގެ ރޭގަނޑު 8:30 ހާއިރު ބޮމެއް ގޮވުމުގެ ކުރިން، އެ ބޮމުގެ މައުލޫމާތު ސީދާ ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ 241 ކޮމިޓީން ހެދި އިންކުއަރީގައި ސާފުކޮށް އެނގެން އެބައޮތް ކެނެރީގޭ ހުންނަ ގޯޅީގައި ސައިކަލެއް ބަހައްޓާފައި އެ ސައިކަލްގައި ބޮމެއް ހަރުކޮށްފައި ރައީސް ނަޝީދު ނުކުމެވަޑައިގަންނަވާ ގަޑީގައި އެ ބޮން ގޮއްވާލައިގެން ރައީސް ނަޝީދު މަރާލަން އުޅުނު ކަން ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި،" ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވާ ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި އެ ބޮމުގެ ހަމަލާ ނުހުއްޓުވުނީ އެ ތަނުގައި ހުރި ސައިކަލްތަކެއް ސާފުނުކޮށްލެވިގެން ކަމަށް ބުނި ނަމަވެސް އެ ވާހަކަ ގަބޫލު ކުރައްވަން ދަތި ކަމަށެވެ.

ނަޝީދުގެ ހަށިކޮޅަށް ލިބުނު ބައެއް ޒަހަމްތައް --

"އެކަން އެކަންޏެއް ނޫން. މެރީ ބްރައުން ކައިރީގައި ބޮމެއް ގޮއްވާލަން އުޅުނު ކަމުގެ މައުލޫމާތު ވަނީ ލިބިފައި. އޭގެ އިތުރުން ޔާގޫތުގެ ކައިރީގައި ވެސް ބޮމެއް ބަހައްޓާފައި ގޮއްވާލަން އުޅުނު ކަން އެނގުނު، މިކަންކަމަކާ އަޅައެއް ނުލި،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަން ކުރެއްވި ހަސަން ލަތީފް ވިދާޅުވިއެވެ.

އޭގެއިތުރުން ނަޝީދަށް ފާރަލަމުން އަންނަ ކަން ފާހަގަ ކުރެވިފައިވާތީ އެކަން ބަލައި ދިނުމަށް ފުލުހުންގެ ކިބައިން ނަޝީދު އެދިވަޑައިގެންފައި ވަނިކޮށް އާހިރު ނަތީޖާއަކަށްވީ ބޮމެއް ގޮއްވާލުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ މިއީ ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިނުގެން ހިނގާފައިވާ ކަމެއް ކަން މިއަދު އަޅުގަނޑަށް ގަބޫލު ކުރަން ދަތި." ރައީސް ސޯލިހަކީ ރާއްޖޭގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަން ފާހަގަ ކުރައްވައި ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަން ލަތީފްގެ އެ ވާހަކަތަކާ ގުޅިގެން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ ހަސަން ލަތީފް ދެއްކެވި ވާހަކަ މީގެކުރިން އަޑުއައްސަވާފައި ނުވާ ކަމަށެވެ. އެ ވާހަކަތަކާ މެދުގައި ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ނަޝީދު އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި އަދުހަމް.

އެ ވާހަކަ ހުއްޓުވައި ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ މެރީ ބްރައުން ކައިރީގައި އާއި ޔާގޫތުގެ ކައިރީގައި އާއި ކެނެރީގޭ ކައިރީގައި ބޮމެއް ބާއްވައި އެމަނިކުފާނު އަވަހާރަކޮށްލަން އުޅުނު ކަމުގެ މައުލޫމާތު ސަރުކާރަށް ސާފުކޮށް އެނގިފައިވާ ކަން މަޖިލިހުގައި ކުރި ތަހުގީގުތަކުންނާއި އިތުރު ތަހުގީގުތަކުން ހާމަވެފައިވާ ކަމަށެވެ.

މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވިދާޅުވި ގޮތުގައި ހަސަން ލަތީފް, އެގޮތަށް ވިދާޅުވީ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީގައި ފުރިހަމަ އަށް ބައިވެރިވެވަޑައިގަތުމަށް ފަހުގައި ކަމަށެވެ. އެގޮތުން ހުރިހާ ފުލުހުންނާއި ސިފައިންނާއި އިންޓެލިޖެންސް އޮފިސަރުންނާއި އެކިއެކި ވަޒީރުންގެ ވާހަކަތައް ހަސަން ލަތީފް އަޑުއެއްސެވި ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވި ގޮތުގައި 241 ކޮމިޓީގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވާ ގޮތުގައި މިއީ އެނގި ހުރެގެން ހިނގާފައިވާ ކަމެކެވެ. މިކަން ކުރަން އުޅޭ ކަން ސިފައިންނަށް އެނގޭ ކަމާއި ފުލުހުންނަށް އެންގި ނަމަ، އެކަން ހުއްޓުވީސް ކަން ބުނެފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

"އަދި ރައީސަށް އަންގާފައިވާ ކަމަށް، ރައީސަށް އެނގިވަޑައިގަންނަވާ ކަމަށް ޕަބްލިކް ރިކޯޑްގައި އޮންނާނެ." އީވާ ވިދާޅުވިއެވެ.

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދެވުނީ ރައީސް ސޯލިހްގެ ސަރުކާރުން އެކަމަށް ފުރުސަތު ފަހި ކުރީމަ ކަމަށެވެ. މީގެކުރިން ރާއްޖޭގައި އުފެދުނު އެއްވެސް ސަރުކާރަކުން އެ ފުރުސަތު ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކިތަންމެ ބޭފުޅުންނެއް ރައީސް ޖަލަށްލައި އަދަބު ދީފައިވޭ. ނަމަވެސް މަރުގެ އަދަބެއް ނޫނީ އަވަހާރަކޮށްލުމަށް ބޮމުގެ ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ އިރު ރައީސަށް އެ ހިމާޔަތެއް ނުލިބި ރައީސް އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ،" އިންތި ވިދާޅުވިއެވެ.

ނަޝީދަށް ހަމަލާދިން މައްސަަލައިގައި މިހާތަނަށް ނުވަ މީހެއްގެ މައްޗަށް މި ވަނީ ދައުވާ އުފުލައިފައެވެ. އޭގެ ތެރެއިން ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ، 23 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ. އަދުހަމް ވަނީ ބޮމުގެ ހަމަލާ ދިން ކަމަށް ޝަރީއަތުގައި އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މުހައްމދު

    ކަލޯ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވެރިކަމަށް އާދެވޭތޯބަލާ

    32
    5
  2. އިވާން ޖަމީލް

    ޝަރުޢީ ނިޒާމް ގަޑުބަޑު ކޮށްލައިފި ފަސްއަހަރުގައި
    އަދުލަށް ހުކުމް ވެވޭނޭ ފަދައެއް ނުވާ ގޮތެއްގައި
    ވެރިކަމުގެ ބާރު ދައްކާ ސަރުކާރަކާއި ދެކޮޅަށް
    އެންމެން އެކީގަ ނިކުތީ މިފަހަރު އިބޫ ހޮވާނަން

    23
    17
  3. ކަތްދަ

    ސަރުކާރަކަށް އެކަންޏެއް ނޫނެއްނު ތިމާ މީހާއަށްވެސް އެކަން އެނގުނީމަ އަޅާ ނުލާ ހުރެފަ ސަރުކާރުގެ ބޮލުގަ އަޅުވަނީ ކީއްކުރަން. އަންނިއަށް ލަބީބު އެކަން އެންގީމަ އަޅާނުލަާހުރީމަ ބެލެވެނީ އެއީ އަމިއްލަ ރޭވުމެއްކަން. ކުރަން އުޅުނު ވަރަށްވުރެ ބޮޑުވަރު ވެގެން ދިޔައީ. ބޭސްފަރުވައަށް ކަމަށް ބުނެ ރާއްޖެއިން ފުރައިގެން ގޮސް އިތުރު އެއްވެސް ކަމެއް ނުކުރާކަމަށް ވަނީ ގޮނޑިދުއްވުމާ ޖޫސްބުއިން ފިޔަވައި. ތިޔަ ލާދީނީ ބައިގަނޑު ދައްކާ ތިޔަފަދަ ވަހަކަ ގަބޫލު ކުރަނީވެސް ހަމަ ތިޔަފަދަ ލާދީނީ މީހުން. ޔާ ﷲ ރާއްޖޭގެ ވެރިކަން މިފަދަ ލާދީނީ ބައިގަޑުގެ ކިބައިން ސަލާމަތް ކުރައްވާދޭނވެ!އާމީން.

    31
  4. ނަރީޝް

    ފޭރިގަތް ފޯނުގާ ހުރި ވީޑިއޯތަށް ލީކުކޮއްލަފާނެތީ ރޭވިގެން ކުރިކަމެއްކަމަށް ލަފާކުރެވެނީ.

    22
    2
  5. ބުހުތާން

    މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ނަޝީދު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދެވުނީ ރައީސް ސޯލިހްގެ ސަރުކާރުން އެކަމަށް ފުރުސަތު ފަހި ކުރީމަ ކަމަށެވެ. މީގެކުރިން ރާއްޖޭގައި އުފެދުނު އެއްވެސް ސަރުކާރަކުން އެ ފުރުސަތު ދީފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ....ތެދެއް އެއީ ޔާމީނުވެސް އެފުރުސަތު ނުދެންވެގެން މިކަލޭގެ ޖަލުގައި ގެންގުޅޭނިކޮށް މައިބަދައަށް ތަދެއް އަރައިފިއޭ ކިޔާފަ ޔޫ.ކޭއަށް ގޮސް ގޮނޑިދުއްވަން އުޅުނީ....

    20
    1
  6. ެައަބްދޫ

    ނަސީދު ފުރަތަމަ ބުނީ ސެކިއުރިޓީ އިތުރުކުރަން ބޮމެއް ގޮއްވާލީމަ ހައި ސެކިއުރިޓީ ދޭނަންތޯ. މިހެނބާ؟

    11
  7. އަޑުބަރޭ

    މިއީ ވަރަށް ދޮގުހަދާ ބައިގަނޑެއް ...އެއްކަލަ ބޮލުގަ ބަޑިޖައްސަފާ އިސްތިއުފާދޭން މަޖުބޫރުކުރި ވާހަކަ ކަހަލަ ތާކުންތާކު ނުޖެހޭ ވާހަކައެއް މިދައްކަނީ ސަރުކާރަށް ވުރެ ބޮޑަށް ހުދު ނަޝީދަށްވެސް އެނގޭ ނަޝީދަށް ނުރައްކާ އޮތް މިންވަރު...އަދި ސަލާމަތީ ބާރުތަކުން މީނާ ގާތު އެވާހަކަ ބުނުމުންވެސް ފަރުވާކުޑަކޮށްލާފަ ކެނެރީގެއިން އެހެންގެއަކަށް ބަދަލެއްވެސް ނުވި..މިއީ ހަގީގަތަކީ މިހާރު ދައްކާ ވާހަކަތަކަކީ ސިޔާސީ ފައިދާއާ މަންފާ ހޯދަން ދައްކާ ވާހަކަތަކެއް...

    22
    1
  8. އިބްރާހީމް

    އިއްޔެ ބޮން ގޮއްވީ. އެހެންވެ މިއަދު ތިވާހަކަ ދެއްކީ ދޯ! ބޯހަލާކު. ރައްޔިތުންނަކީ ތި ހީކުރާކަހަލަ ޤަމާރު ބައެއް ނޫން މިހާރަކު. ކުރިން ތި ކުޅި ކުޅެވޭނި. މި ފަހަރު އިންތިޚާބުގައި ތި ކުޅި ނުކުޅެވޭނެ. ހަމަ ގިނައިން ދިން ބަޔަކަށް އުޅޭނި. ކަލޭމެން ބޮޑުންވެސް އުޅެނި އަމިއްލަ ވިޔަފާރި ބޮޑުކުރަން.

    8
    1
  9. ކަނޔޭ

    އޭ ކެނެރީގޭ ބޯގޯސް، އަމަލުވެގެން މަޖިލިސްތެރޭ ކޮސްނުގޮވަ އިސްތިއުފާދީފަ ގެޔައްދޭބެޔަ. ބޮމޭކިޔައިގެން ކަލޭ ތިއުޅެނީ ވެރިކަންލިބޭތޯތަ....<<<#$%^!؟

    13
    1
  10. ފަރުޙަތު

    ތިތާނެތް ތަފާތު ބައެއް. ތީ ހަަމަ އެކައްޗެއް. އެއްބައެއް. މުޅިން ވެސް ޤައުމުގެ ދުޝްމަނުން.

    15
  11. ޤަރުނުގެ އެންމެ ބޮޑު ޖޯކު

    މަހީހީ.....ޕަކާސް

    6
    1
  12. ހަޤީޤަތް

    މިޤައުމުގައި ޑިމޮކްރަސީ ގެ ނިވާފަތުގައި ތިބެ ފިތުނަ ފަސާދަ އުފައްދާ ދީނަށް ހަޖޫޖެހީ ހަމަ ކެނެރީގޭ ނަޝީދު، ހަރު މަޑު ކައްޓަކަސް ކޮންމެބަޔަކުވެސް މީހަކުވެސް ތިކަހަލަ ފިތުނަވެރިންދެކެ ރުޅިއަންނާނެ. ހަޤީޤަތަކީ މިއީ! ތިހުރި ވަޒީފާގެ މުސާރަ ލިބެނީވެސް ރައްޔިތުންގެ ހަޒާނާއިން، ރައްޔިތުންގެ ކަރަށް ފައިން އަރަނީވެސް ހަމަ ތިކަހަލަ މީހުން.

  13. ނީޝް

    ގިނައިން ތިފޮޓޯލާފަ ތިވާހަކަ ދެއްކިވަރަކަށް ނަޝީދުގެ ތާއީދު ކުޑަވާނީ ވަގުތު ނޫހުން ވަރަށް ރަނގަޅުކަމެއް ތިކުރަނީ

  14. ޤައުމިއްޔަތު

    މި ނަޝީދަކީވެސް ސޯލިހަކީވެސް މިޤައުމަށް ދޮންވެ ފާވެފައިވާ ދެ ޚިޔާނާތްތެރިން. ލާދީނީ ދެ އެޖެންޓުން. ފިތުނަފަސާދައިގެ ޕޮރޮފެސަރުން.

  15. ގަނޑިޔާ!!!

    މިއޮތްހާދުވަހު ވެސް އިނގިތިބެ ކީއްވެ ނުދެއްކީ؟ ހަމަ ކަމެއް ތިމާ ބޭނުންވާގޮތަށް ނުދިޔައީމަ ފާޑުފާޑުގެ ވާހަކަ ފަތުރަނީ ދޯ. ކުރިން ނުދެއްކީ ތިމީހުން ބޭނުންވާގޮތަށް ކަންކަން ވާތީދޯ؟ މުނާފިގުކަން