އަރަބި ކަނޑުގައި ދާދިފަހުން އުފެދުނު ބާރުގަދަ ތޫފާން، "ތޫފާން މެކުނު" އަށްފަހު، ސައުދީ އަރަބިއްޔާ އާއި އެނޫންވެސް ސަރަޙައްދީ އަރަބި ބައެއް ޤައުމުތައް ހިމެނޭގޮތަށް އުފެދިފައިވާ ބިޔަ ސަހަރާއެއްގައި ފެނުގެ ކޯރުތަކެއް އުފެދުނު އާދަޔާއި ޚިލާފު މަންޒަރަށް އެތައް ބައެއްގެ ނަޒަރު ހުއްޓުނެވެ.

ދުނިޔޭގެ އޮތް ހިކިފަސް އެންމެ ބިޔަ ސަހަރާކަމުގައިވާ، "ރަބް އަލް-ޚާލީ"ގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވި އެ ހާދިސާ ވެގެންދިޔައީ އަޖައިބުން ފުރިގެންވީ ހާދިސާއަކަށެވެ. އެގޮތުން މީގެ ކުރިން ނޭނގޭ ސިއްރުތަކެއް އެކަމުގެ ސަބަބުން ވަނީ ހާމަވެގެން ގޮސްފައެވެ.

"ރަބް އަލް-ޚާލީ" ގައި ފެނުގެ ކޯރުތައް އުފެދުމާއި ގުޅިގެން އާކިއޮލޮޖިސްޓުންނާއި ތަޖުރިބާކާރުން އެ ސަރަޙައްދުގެ ހޯދުންތައް ހޯދުމުގެ މަސައްކަތް ކޮށްފައިވާއިރު، އެފަރާތްތަކުން ބުނެފައިވަނީ، މި ސަހަރާގެ އަޑީގައި ފޮރުވިފައިވާ އެތައް ސިއްރެއް ވާނެ ކަމަށެވެ. އެގޮތުން މީގެ ކުރިން ސަހަރާގެ އަޑީގައި ފެނުގެ ފަށަލަތައް ހުރިކަމުގައި ނުބެލި ވަނިކޮށް ހޯދި މި ހޯދުންތަކުން، އެކަން ދޮގުކުރާ ކަމަށް އެފަރާރަތްކުން ބުނެއެވެ.

އާކިއޮލިޖިސްޓުން ބުނެފައިވާގޮތުގައި، "ރަބް އަލް-ޚާލީ" ގެ އަޑީގައި މީގެ އެތައް ހާސް އަހަރެއް ކުރީގެ ހަޟާރާތްތަކެއްގެ ހަނދާންތައް ވަޅުލެވިފައިވާނެއެވެ. އެގޮތުން މާތްވެގެންވާ ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވީ އަރަބި ބައެއް ހަޟާރާތްތައްވެސް ހިމެނެނީ މި ސަރަޙައްދުގައި ކަމަށް ބެލެވޭކަމުގައި އެފަރާތްތަކުން ބުނެފައިވެއެވެ.

އެ ހަޟާރާތްތައް ނިސްބްތަވީ ގަދީމީ ސަހަރުތައް އަދި "ރަބް އަލް-ޚާލީ" އިން ހޯދިފައި ނުވީނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އާކިއޮލިޖިސްޓުން މިހާރު މަސައްކަތް ކުރަމުންދާއިރު، އެ ހޯދުންތައް ބަލައި ދިރާސާ ކުރުމުގެ ޝަޢުގުވެރިކަން އެފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.

"މި ސަރަޙައްދުގެ އަޑީގައި ފެނުގެ ފަށަލަތައް ވުމުން ދޭހަވަނީ މިތަނުގައި މީގެ ކުރިން އިންސާނުން އުޅެފައިވާނޭ ކަން. އަދި ނުފެންނަ ގަދީމީ އަރަބި ސަހަރުތަކާއި ހަޟާރާތްތައް ނިސްބަވާ ތަނަކީ މިއީ ކަން ޔަޤީން ކުރެވެ،" އާކިއޮލިޖިސްޓަކު ބުނެފައިވެއެވެ.

އެފަރާތްތަކުން ބުނެފައިވާގޮތުގައި، "ރަބް އަލް-ޚާލީ" ސަހަރާއަކީ މީގެ އެތައް ޒަމާނެއް ކުރިން ގިނަ ޢަދަދެއްގެ ގިނިހިލަވެސް ވެއްޓިފައިވާ ތަނެއްކަމަށް ހެކިދޭ ކަންކަން ކުރިން ފެނިފައިވާ ކަމަށެވެ.

މީގެ 5000 އަހަރު ކުރިން، "ރަބް އަލް-ޚާލީ" ސަހަރާ ހިމެނޭ ސަރަޙައްދަކީ ފެނުގެ ކޯރުތަކުން މުއްސަނދިވެގެންވީ ބިމެއް ކަމަށް ބެލެވިފައި ވެއެވެ. ޒަމާންތައް ފާއިތުވަމުން އައި އައުމުގައި އެކަން ބަދަލުވެފައިވީ ނަމަވެސް އެ ފެނުގެ ފަށަލަތައް ނުވަތަ އޭގެ އަސަރެއް ސަހަރާގެ އަޑިން ކޮންމެވެސް ހިސާބެއްގައި ވެދާނެ ކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ގިޔާމަތް ކާރިވެއްޖެކަމުގެ އެންމެ ބޮޑު އަލާމާތް.

  • މާމިގިލީ މީހާ

   ތަނެކުން އެއްޗެއް ފެންނަ އިރަށް އެއީ ގިޔާމަތް ކައިރި ވީތަ.?

   • އެހެންނުވާނީ ބޮލަށް ހުންނަނީ ހޮނުގުގުރި ޖަހާފަވިއްޔަ ދެން ތަނަކުން މެއްސެއް މަރުވިޔަސް އެއީ ގިޔާމަތްވުމުގެ އަލާމާތަށް ވާނީ

   • ތަނަކުން އެއްޗެއް ނުފެނުނަސް ޤިޔާމަތް ވަރަށް ކައިރިވެއްޖެ...

 2. ދައްޖާލުވެސް ފޮރުވިފައިވަނީ މީހުން ނޫޅޭ ހިސާބެއްގައި ފޮރުވިފައި އޮންނަ ރަށެއްގައި.

 3. ކަމެއް ފެންނައިރަށް ގިޔާމަތް ކާރިވީއޭ ބުނާއިރު ކޮންއިރަކު ކިޔާމަތް ދުރުގަ އޮތީ؟ ނިކަން ވިސްނާލަމާ ބަހީ: ރާއްޖެމީހުންގެ އެވެރޭޖް އުމުރަކީ ކިހާވަރެއް؟ އެ އުމުރުން ތިމާގެ މިހާރު ގެ އުމުރު ކަނޑާލީމާ ބާކީ އޮތީ ތިމާޔާއި ގިޔާމަތާއި ދޭތެރޭގެ އޮތް ދުރުމިން ކަނަށް ބަލާ. އެހެނީ ތިމާގެ އުމުރު ހުސްވީމާ ދެން ގިޔާމަތް އައްނާތީ ތިމާއަށް ކުރެވޭނެ އެއްވެސް ކަމެއް ނޮއޮންނާނެ.

 4. ނަސީރުގެ ކޮމެންޓަށް ތާއީދު. ޢަރަބިންގެ ހަނަފަސް ސަހަރާތަކަށް ފެހިކަމާއި ކޯރުތައް އަނބުރާ އައުން އެއީ ގިޔާމަތުގެ އަލާމާތެއްކަމަށް ވޭ. ކަންކަން ހޯދާ ބެލުމަށްފަހު އެއްޗެއް ބުނުން ރަނގަޅު އެހެން މީހުންވެސް.. ?

  • ާަައައްޒާމް

   ވިސްނާ ފިކުރު ކުރާ މީހުނައް ބިރުވެރިކަން ހިތަށް އަންނާނެ. ގިޔާމަޔް ވާނެ ދުވަހެއް ނޭންގޭނެ! މިވެސް އަލާމާތެއް، ބިރުވެތިވޭ. ތައުބާވޭ.

 5. މިހާރު ގިޔާމަތް ވުމުގެ ވަރައް ގިނަ ކަންކަން ފާޅުވެއްޖެ ބަޔަކުމީހުން ގަބޫލްނުކުރިޔަސް ކުރިޔަސް. ނަސީރު އެބުނީ ރަގަޅުވަަހަކައެއް.