އޮކްސްފޯޑުގެ އެސްޓްރާޒެނެކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން 65 އަހަރުން މަތީގެ މީހުންގެ ގަޔަށް ނުޖަހަން އެދިއްޖެ އެވެ.

ކޮވިޝީލްޑްއަކީ އޮކްސްފޯޑް އާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިންއަށް ކިޔާ އާއްމު ނަމެވެ.

މިގޮތަށް އެދިފައި ވަނީ ޖަރުމަން ވިލާތުންނެވެ. ޖަރުމަން ވިލާތުންގެ ވެކްސިން ކޮމިޝަނުން ބުނީ، އެސްޓްރާޒެނެކާ ވެކްސިން 65 އަހަރުން މަތީގެ މީހުންނަށް ދިނަސް ކޮވިޑް-19 އިން ދިފާއުވާނެ ކަމުގެ އެކަށީގެންވާ ހެއްކެއް ނެތް ކަމަށެވެ.

ޖަރުމަނު ވިލާތުން މިފަދައިން ބުނެފައިވީނަމަވެސް، މީގެ ކުރިން އެސްޓްރަޒެނެކާ ވެކްސިން އުފައްދާފައިވާ ފަރާތްތަކުން ބުނެފައިވަނީ އެ ވެކްސިނަކީ އުމުރުން ދުވަސްވީ މީހުންނަށްވެސް ބޭނުން ކުރެވޭނެ ވެކްސިނެއް ކަމަށެވެ.

ޖަރުމަނު ވިލާތުގެ ޑިޒީސް ކޮންޓްރޯލް އޭޖެންސީން މިއަދު ބުނީ، ވެކްސިން ޖެހުމަށް ވެކްސިން އުފެއްދި ފަރާތުން ބުނި ނަމަވެސް، މިހާތަނަށް 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދީގެން ބަލިން ދިފާއުވާނެ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ނެތް ކަމަށެވެ.

އެ އޭޖެންސީން ބުނީ، އެފަރާތުން އެދެނީ 18 އަހަރާއި 64 އަހަރާއި ދެމެދުގެ މީހުންނަށް ބްރިޓިޝް-ސުވިޑިޝް ކުންފުނިން އުފައްދާފައިވާ ވެކްސިން ޖެހުމަށް ކަމަށެވެ. އަދި އެސްޓްރަޒެނެކާ ވެކްސިނަކީ މޮޑާނާ ވެކްސިން އާއި ޕިފިޒާ ވެކްސިންއާއި ދާދި އެއް ވެކްސިނެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  ވެކްސިންވެސް މިހާރު ވެއްޖެ މަލްޓީ ބިލިޔަން ޑޮަލަރ ބިޒްނަސަކަށް. ނަތިއްޖާއަށް ވުރެ ސައިޑް އިފެކްޓް ގިނަވެފަ ނުރައްކާ މާބޮޑު.

  13
  1
 2. މޯޑް

  ތިޖަހާކަށް އަދި ބޭނުމެއްނޫން

  13
 3. ރެފްރީ

  ތިޔަގޯސްވަނީ .. ޝެއިޚްހުސެންގެ އުމު ރު ކިހާވަ ރެއްވެއްޖެތޯބަލަންޖެހޭ..

  11
 4. ަސދސަ

  14 އަހަރުން ފެށިގެން 60.އަހަރުގެ އާދައިގެ ސިއްހަތެއްގައި ތިބި އެއްވެސް ބައެއގެ ގަޔަށް ތިޖަހަން ނުވެަް ޖެހޭނެހެން ހީވަނީ.

 5. ހޯހޯ

  ދިވެހިން ހޭއާރާށޭ ދިވެހިޖީލް ނެތިކޮލަން ރާވާރޭވުމުން ސަލާމަތް ވާށެ ވެރިކަމާހެދި މޮޔަވެފައި ތިބި ބަޔެއްކަން މިހާރު ވިސްނޭނެ މިމީހުން ކޮންމެކަމެއްވެސްކޮއްފާނެއެވެ،،(.އަހަރެން ފަހެމިބަސްއިއްވައިފީމުހެ ހޭއަރާތިބޭށެ)

  14
  1
 6. ވިސްނާ

  ތި ޖަހާނެ ކަމެއްނެތް އެކަކު ގަޔަށްވެސް. ހަޤީގަތުގަ ބަލި ޖެހިފަ ރަނގަޅުވި މީހުން ގިނައީ ވެކްސިން ޖަހައިގެނެއްނޫން. އެހެންކަމަށްވީއިރު ތި ވެކްސިން ޖެހުމުހެ ބޭނުމެއް އޮތްކަމަކަށް ނުދެކެން. ވެކްސިން އިން ކުރާ ކަމަކީ ބަލި ނުޖެހޭ މީހުންނަށް ބަލި ޖައްސުވާ ހަށިގަނޑި ދިފާއީ ނިޒާމް ވައިރަސްއާ ދެކޮޅަށް މަސަތްކަތް ކުރުވަނި. އެހެން ކަމަށްވުމުން ދިފާއީނިޒާމް ބާރުގަދަ ކުރުމަށް ބޭނުންވާ ކާނާ ހަށިގަނޑަށް ލިއްބައިދޭނެ ނިޒާމެއް މިކަމުގައި މާމުހިއްމުކަމުގައި ދެކެމެވެ.