އޮސްޓްރޭލިއާގެ ބްރިސްބޭންގައި އުމުރުން 15 އަހަރުގެ ދެެ އަންހެން ކުއްޖަކު ރޭޕްކުރު 10 މީހުންގެ ގްރޫޕުގައި ހިމެނޭ މީހަކު ޖަލުން މިނިވަންކޮށްފިއެވެ.

އުމުރުން 19 އަހަރުގެެ އެ ފިރިހެން މީހާ ޖަލުން މިނިވަންްކޮށްފައި ވަނީ ކޯޓުން ވަކި ގޮތެއް ނިމެންދެން ހައްޔަރުގައި ބެހެއްޓުމަށް ފަހުއެެވެ. ދިހަ ފިރިހެނަކު ވެގެން އެ ދެ އަންހެެންކުދިން ރޭޕުކޮށްފައި ވަނީ ކެމެވޭޭލް ޑިސްޓްރިކްޓު ޕާކުގެ ތެރޭގައެވެ.

މިއީ މިދިޔަ ޑިސެެމްބަރު މަހުގެ 28 ވަނަ ދުވަހު ހިނގާފައިވާ ކަމެއްް ކަމަށްވެއެވެ. އަދި މަސްލަހަތަށްޓަކައި ކަމަށް ބުނެ މިނިިވަން ކުރި މީހާގެެ ނަންވެެސް ހާމަކޮށްފައި ނުވާ ކަމަށް "ޑެއިލީމެެއިިލް" ނޫޙުން ވަނީ ރިިޕޯޓުކޮށްްފައެވެ.

ވަގުތީ ގޮތުން އޭނާ ޖަލުން މިނިވަން ވެފައި ވަނީ 40 ކަމަކަށް ފައިސާ ދައްކައިގެން ކަމަށާއި، އޭގެ ތެރޭގައި 16 ކަމެއް އެެއީ ރޭޕްގެެ މައްސަލަ ކަމަށް އެ ނޫހުން ވަނީ ހާމަކޮށްފައެވެ.

ރޭޕްކުރި ދެެ އަންހެންކުދިން ފުލުހުންނަށް ދީފައިވާ ބަޔާނުގައި ވަނީ އެމީހުންގެ ކިބައިން ސަލާމަތްވުމަށް އެތައް ފަހަރަކު މަސައްކަތްކޮށް އާދޭސްކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެ 10 މީހުންް ވެެސް އެ އަޑުު ނާހައި އެ ދެެކުދިން ރޭޕްކުރި ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

މިނިވަންވިި 19 އަހަރުގެ މީހާއަކީ އެެ ޕާކުގައި އެ ރެއިން ފެށިގެން މަޑުކުރި މީހެއް ކަމަށާއި، އެ ރޭޕްގައި އޭނާގެެ އެއްވެސް ހިއްސާއެެއް ނުވާނެ ކަމަށް އޭނާ ބުނަމުން އަންނަ ކަމަށް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ޖިންސީ ގޯނާ އާއި، ފުރައްސާރައިގެ މައްސަލަތައް މުޅި ދުނިޔޭގައިވެސް ދުވަހެެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންނި

    މީ އަޅުގަނޑުމެން ގެންނަން މިބޭނުންވާ ތަރައްގީއަކީ.

    4
    2
  2. Anonymous

    މޮޅަށް ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް. މިއަދު ކޮންމެ ގޮތެއްވިޔަސް، އެދުވަހަކުން އެކަކަށްވެސް ސަލާމަތެއް ނުވެވޭނެ. ދިސް އިޒް އޮންލީ ޓެމްޕޮރަރީ.

    2
    1