އިންޑިޔާގެ ކެރެލާގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނިޕާ ވައިރަހުގެ ސަބަބުން ކެރެލާގެ ސުކޫލުތަކުގައި ކިޔަވައިދޭން ފަށަން އޮތް ތާރީޚް އަނެއްކާވެސް ލަސްކޮށްފިއެވެ.

މީގެ ކުރިން ޗުއްޓީއަށްފަހު ޖޫން އެކެއްގައި ސުކޫލުތައް ހުޅުވަން ތާވަލުކޮށްފައި އޮތް ނަމަވެސް ނިޕާ ވައިރަސް ފެތުރެން ފެށުމާއެކު ސުކޫލުތަށް ހުޅުވުންވަނީ 5 ޖޫންއަށް ބަދަލުކޮށްފައެވެ. އަދި މިހާރު ސުކޫލުތައް ހުޅުވުމަށް ތާވަލުކޮށްފައިވަނީ ޖޫން 12 ހުޅުވުމަށެވެ.

އިންޑިޔާގެ ކެރެލާގައި ނިޕާވައިރަސް ފެތުރެމުންދާއިރު އެވައިރަސް ޖެހިގެން މިހާތަނަށް ޖުމްލަ 17 މީހަކުވަނީ މަރުވެފައެވެ. އަދި އިތުރު 18 މީހަކުވަނީ މިބައްޔަށް ޕޮސިޓިވް ވެފައެވެ.

ނިޕާ ބައްޔަކީ މިބަލި ޖެހިފައިވާ މީހުންގެ ދަލުންނާއި ކުޅުން އަދި ކުޑަކަމުދާ އެއްޗެހިން ފެތުރޭ ބައްޔެކެވެ. މިބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނުވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެއެވެ. މިވައިރަސް ޖެހުމުގެ ސަބަބުން ސިކުޑީގެ ޓިޝޫތައް ދުޅަވެ، ބައެއް ހާލަތުގައި މީހާ ކޯމާއަކަށްވެސް ދެއެވެ.

އިންޑިއާގެ ކެރެލާގެ މިހާރު ހަލުވިކަމާއި އެކު ނިޕާ ވައިރަސް ފެތުރެމުން ދާތީ ކެރެލާ އަށް ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރެއް ނުކުރަން އެސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ފަތުރުވެރިންނަށް ވެސް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަރުންމަތީގެ ޑޮކްޓަރު

    ނިފާ ވައިރަސް ނުރައަކާ ކަން އެނގިއްޖެ. ވާލުން އަރާ ބައްޔެއް ނޫންކަންވެސަ އެނގިއްޖެ. ދެރައީ މިއްއްފަދަ ޒަމާނުގައި ބަލީގެ އަސްލު ސަބަބު ނުހޯދޭތީ ދެރަކަމަކީ

  2. ރާއްޖެއިން ކެރެލާ އަށް ދަތުރު ނުކުރުމަށް ނުކިޔަނީ ކީއްވެބާ