އިންޑިޔާގައި އަނެއްކާވެސް ނިޕާ ވައިރަސް ފެތުރެމުންދާ ކަމުގެ އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައި އެޤައުމުގައި އެވައިރަސް ފެތުރެމުން އަންނަ ކަމުގެ ޔަޤީންކަން އިންޑިޔާގެ ކެރެލާ ސްޓޭޓްގެ ހެލްތް މިނިސްޓަރ ކޭކޭސައިޖިލާ ދީފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެމުން އޭނާ ބުނެފައިވަނީ މިހާތަނަށް ނިޕާ ވައިރަސްގެ ގިނަ ކޭސްތަކެއް އައިސްފައިވާ ކަމަށާއި މީގެ ތެރެއިން 86 މީހުންނަށް އެވައިރަސް ޖެހިފައިވާ ކަމަށް ޓެސްޓްތަކުން ދައްކާ ކަމަށެވެ.

ނިޕާ ވައިރަސް ޖެހިގެން ފަރުވާ ދެމުން ދިޔަ މީހެއްގެ ފަރާތުން އޭނާ ފަރުވާ ދެމުން ދިޔަ ނަރުހުންނަށްވަނީ މި ވައިރަސް ޖެހިފައެވެ.

ނިޕާ ބައްޔަކީ މިބަލި ޖެހިފައިވާ މީހުންގެ ދަލުންނާއި ކުޅުން އަދި ކުޑަކަމުދާ އެއްޗެހިން ފެތުރޭ ބައްޔެކެވެ. މިބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނުވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ބުނެއެވެ. މިވައިރަސް ޖެހުމުގެ ސަބަބުން ސިކުޑީގެ ޓިޝޫތައް ދުޅަވެ، ބައެއް ހާލަތުގައި މީހާ ކޯމާއަކަށްވެސް ދެއެވެ.