ޑެންމާކުން ކޮވިޑް-19 އަށް ޚާއްސަ ޕާސްޕޯޓެއް އުފަައްދަން ފަށައިފިއެވެ.

ޑެންމާކް އިން ބުނީ ކޮވިޑް-19 ވެކްސިނޭޝަން ޕާސްޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ޕާސްޕޯޓަކީ ޑިޖިޓަލް ޕާސްޕޯޓެއް ކަމަށެވެ.

އަދި އެ ޕާސްޕޯޓު އޮންނަ މީހުންނަށް ޚާއްސަ އިނާޔަތްތަކެއް ދިނުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް އެ ގައުމުން ބުނެއެވެ.

އެ ޕާސްޕޯޓު އޮވެއްޖެ ނަމަ، ވެކްސިން ޖަހާފައިވާ މީހުންނަށް އެ ގައުމުން ބޭރަށް ދަތުރުކުރަން ފަސޭހަވާނެއެވެ. އަދި ވެކްސިން ޖަހާ މީހުންނަށް ރެސްޓޯރެންޓް، ކޮންފަރެންސް އަދި މިއުޒިކް ފެސްޓިވަލްތަކާއި، ކުޅިވަރު ހަރަކާތްތަކަށް ވެސް ދެވޭނެ މަގުފަހިކޮށްދޭނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.

ފެބްރުއަރީ މަހަށް ފަހު ވެބްސައިޓެއް މެދުވެރިކޮށް ވެކްސިން ޖެހި މީހުންގެ ތަފްސީލްތައް އެނގޭނެ ކަމަށް ވެސް އެ ގައުމުން ބުނެެއެެވެ.

ބެލެވޭ ގޮތުން ކޮވިޑް އަށް ޚާއްސަ ޕާސްޕޯޓު ތައްޔާރުކުރަން ތިން ހަތަރު މަސް ވަރު ނަގާނެއެވެ. މިއީ އެ ގައުމުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ އެތައް ކުންފުންޏެއްގެ ހައްގުގައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއެވެ،

ވެކްސިން ޖަހާ މީހުންނަސް ޚާއްސަ އިނާޔަތްތަކެއް ދީ ވަކި ސިސްޓަމެއްގެ ދަށުން އެ މީހުން އެނގޭނެ ގޮތް މަގުފަހިކުރަން ޑެންމާކުން ނިންމި ނިންމުމާއެކު ޔޫރަޕިއަން ޔޫނިއަން ޔޫނިއަންގައި ވަނީ ކޮންމެވެސް ވަރަކަށް ޚިޔާލު ތަފާތުވެ އެކަމާއި ގުޅޭ ބަހުސެއް ފެށިފައެވެ. އެކަމުގެ ސަބަބުން ބައެއް މީހުންނަށް ތަފާތުކުރުންތަކާއި ކުރިމަތިވެދާނެ ކަމުގެ ބިރު ހީވި ނަމަވެސް ގިނަ ބަޔަކު ގަބޫލު ކުރާގޮތުން މިއީ ރައްކާތެރިކަމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެކެވެ.