ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 1،496 މީހުން މަރުވެއްޖެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުން އަންނަ އިރު، މެކްސިކޯއަކީ މި ބަލި އެންމެ ބޮޑަށް ފެތުރިފައި އޮތް ގައުމެވެ. އެ ގައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން ވަނީ 1,496 މީހުން މަރުވެފައެވެ.

އަދި އިތުރު 13,209 މީހަކު ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1,926,080 އަށް އަރައިފައެވެ. މެކްސިކޯގައި ބަލި ޖެހިގެން 1,482,138 މީހުން ރަނގަޅުވި އިރު، ބައްޔަށް ފަރުވާ ހޯދަނީ 278,156 މީހުންނެވެ. އޭގެ ތެރެއިން 5,692 މީހެއްގެ ހާލު ސީރިއަސްއެވެ.

މެކްސިކޯއަކީ ކޮވިޑް-19 ޖެހިގެން ތިން ވަނަ އަށް އެންމެ ގިނަ އިން މީހުން މަރުވި ގައުމެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާތަނަށް 106 މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެެއިން 77 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.