ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި 90 އިންސައްތަ ރަން ހުރި ފަރުބަދައެއް ކޮނެގެން ރަން ނަގަން އުޅޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.
ސައުތް ކިވޫ މައިންސް މިނިސްޓަރު ބުނެފައިވަނީ މި ފަރުބަދަ ފެނިފައިވަނީ ބުކާވޫ އާއި 50 ކިލޯމީޓަރު ދުރުން ކަމަށެވެ. ފަރުބަދަ ކޮންނަން އުޅުން މީހުން ވަނީ ފަރުބަދަ ކޮނެގެން ރަން ހޯދުމަށް ފަހު އެ ތަކެތި ގެއަށް ގެންގޮސް ރައްކާ ކުރަން ފަށައިފައެވެ.
ވީޑިއޯ އިން ފެނިގެންދަނީ އެންމެން އެކޮށް ފަކީރާ ފަދަ ތަކެތި ހިފައިގެން އައިސް އެ ހިސާބު ކޮންނަ މަންޒަރެެވެ. ބައެއް މީހުން އަތުން ވެސް ކޮނެ އެއްޗެހި ހޯދަން އުޅޭ މަންޒަރު ފެނެއެވެ.
ބީބީސީ އެސޯސިއޭޓް ޓޮރީ ޕެސިން ބުނެފައިވަނީ ރަން ފެނިފައިވާ ފަރުބަދަ އުފެދިފައިވަނީ އޭގައި ހުރި ވެލީގެ 90-60 ޕަސެންޓު ރަނުންނެވެ.
މައިިނާސް، ޓްރޭޑާސް އެންޑް މެމްބާސް އޮފް ކޮންގޯސް އާމްޑް ފޯސް (އެފްއޭއާރުޑީސީ) އިން ވަނީ މިހާރު އެ ހިސާބު ކޮނުން މަނާކޮށްފައެވެ. އޮތޯރިޓީސްގެ ވަކި ބަހެއް ލިބެންދެން މަސައްކަތް ހުއްޓާލަން ވަނީ ބުނެފައެވެ.
ކޮންގޯ އަކީ ތެލާއި، އަލިމަސް އަދި ޓިިމްބާ ފަދަ ގުދުރަތީ ތަކެތިން މުއްސަނދި ހިސާބެކެވެ.
އެމެރިކާ: އެތާގަ ޑިމޮކްރާސީ ބޭނުންވާނެ!
ފަހުޒަމާނުގަ ފާޅުވާ ރަން ފަރުބަދައަކީ މީނޫންބާ..
ސުބްހާނައްﷲ
ފަހުޒަމާނުގަ ފާޅުވާ ރަން ފަރުބަދަ ފާޅުވާނީ ފުރާތު ކޯރުން..މިއީ އިރާޤާއި ސީރިޔާ އަދި ތުރުކީ އަށް ދެމިގެން ގޮސްފަ އޮންނަ ކޯރެއް.
އެއީ ފުރާތު ކޯރުގެ ފެންގަނޑު ހިނދި ބިންގަނޑު ފަޅައިގެންގޮސް ނުކުންނަ ފަރުބަދައެއް ކަމަށްވަނީ. ފުރާތު ކޯރުގެ އިރާގު ތެރޭގަ ވާބައިން.
އެއްކަލަ ފަހުޒަމާނުގެ ފުލޯކު ދި އިންޓަނޭޝަލަލް.
އެއްކަލަ ލާދީނީ ޖުއްބާ
ލާދީނީ ޖުއްބާމެން މިހާރު ފްލޯކޭކިޔާ ތިއްބާ ހަޤީޤަތް ފެންނަ ދުވަހަކުން ތިބޭނެ ގަޔަށް ގުއި ރެވިފަ.
ނަބިއްޔާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘް ކުރައްވާފައިވާ ބަސްފުޅުގައިވަނީ އާދަމުގެ ދަރިޔާއަށް ރަނުގެ ފަރުބަދައެއް ލިބުނަސް އޭގެ ދެވަނަ ފަރުބަދައަކަށް އޭނަ އެދޭނެކަމަށް.
އަވަހަށް އެެއްބަޔަކު އަނެއްބަޔަކަށް ތަޅާފޮޅާ ހަނގުރާމަކުރޭ... ކޯރެއްގެ ކޯވަރެއްގެ ވަރުގެ ރަންކޮޅެއްތިފެނުނީ..