ޝާހީ އާއިލާއަށް ނިސްބަތްވާ ޕްރިންސް ވިލިއަމްގެ އާއިލީ ގިނަ މައްސަލަތަކެއް މި ދުވަސްވަރު ކުރިމަތިވެފައިވީ ނަމަވެސް މިއީ ހިނދުކޮޅަކަށް ނަމަވެސް ޕްރިންސް ވިލިއަމް އުފާވެލަން ލިބުނު ފުރުސަތެކެވެ. ދުނިޔޭގެ އެންމެ ރީތި ތަލަލާފައިވާ މީހާގެ ލަގަބު ލިބުމުންނެވެ.

''ދަ ސަން'' ގެ ރިޕޯޓްގައިވާ ގޮތުން އުމުރުން 38 އަހަރުގެ ޕްރިންސް ވިލިއަމްއާއި މުޚާތަބްކޮށް އޮންލައިން ބްލޮގް ތަކާއި ޕޭޖުތަކާއި ގޫގުލް ސާޖު ކުރުމުގައި ''ސެކްސީ'' މި ލަފުޒު 17.6 މިލިއަން ފަހަރު ބޭނުން ކުރެވިފައިވެއެވެ.

މި ލިސްޓުގެ ދެވަނައިގައި ހިމެނިފައިވަނީ އުމުރުން 54 އަހަރުގެ މަޝްހޫރު ބޮކްސިން ލެޖެންޑް މައިކް ތައިސަންއެވެ. މައިކްއާއި މުޚާތަބުކޮށް ''ސެކްސީ''، ''ހޮޓް'' އަދި ރީތި އޮންލައިންގައި ބޭނުން ކުރެވިފައިވަނީ 8.8 މިލިއަން ފަހަރެވެ.

މި ލިސްޓުގެ ތިންވަނައިގައި ހިމެނިފައިވަނީ ފާސްޓް އެންޑް ފިއުރިއަސްގެ އުމުރުން 53 އަހަރުގެ ޖެސަން ސްޓެތަމްއެވެ. ޖެސަންއާއި މުޚާތަބްކޮށް މި ލަފުޒުތައް ބޭނުން ކޮށްފައިވަނީ 7.4 މިލިއަން ފަހަރެވެ.

މި ލިސްޓުގެ ހަތަރުވަނައިގައި 5.4 މިލިއަނާއި އެކު ޕިޓްބުލްއެވެ. ފަސްވަނައިގައި ހިމެނެނީ 5.3 މިލިއަނާއި އެކު މައިކަލް ޖޯޑަންއެވެ. ހަވަނައިގައި ހިމެނެނީ 4.3 މިލިއަނާއި އެކު ފްލޮއިޑް މޭވެދާއެވެ. ހަތްވަަނައިގައި ހިމެނެނީ 3.8 މިލިއަނާއި އެކު ޖޯން ޓްރެވޯލްޓާއެވެ. އަށްވަނައިގައި ހިމެނެނީ 3.3 މިލިއަނާއި އެކު ބުރޫސް ވިލިސްއެވެ. ނުވަވަނައިގައި ހިމެނެނީ 2.6 މިލިއަނާއި އެކު ވޭން ޖޯންސަންއެވެ. އަދި މި ލިސްޓުގެ އެންމެ ފަހަތުގައި ހިމެނެނީ 2.3 މިލިއަނާއި އެކު ވިން ޑިސެލްއެވެ.

ދުނިޔޭގެ އެންމެ ރީތި ތަލަލާފައިވާ 10 މީހުންގެ ލިސްޓުން ރަޝިޔާގެ ރައީީސް ވްލޭޑިމިރް ޕުޓިން ނުހިމެނެއެވެ. ރަޝިޔާގެ ރައީސްގެ ނަން އޮންލައިންކޮށް ގެނެވިފައިވަނީ 2.2 މިލިއަން ފަހަރު ކަމަށް ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. :^)

    އަދި އެކަކުގެ ނަން ނެތީ އޭނާއުޅޭ މަގާމުގެ ސަބަބުން ތޯޗެ.

  2. ރެސްލިންގ

    ސްޓޯން ކޯލްޑް ސްޓީވް އޯސްޓިން އަށްވުރެ ބޯލްޑް އެންޑް ސެކްސީ މީހެއް މަނުދެކެން.