އޮސްޓްރިއާގައި ހަތް މިސްކިތެއް ބަންދުކޮށް އެތައް އިމާމުންނެއް ގައުމުން ފޮނުވާލަން ނިންމާފިއެވެ.

އޮސްޓްރިއިން ބޭރުކޮއްލަން ނިންމީ ތުރުކީގެ އިމާމުންތަކެކެވެ. ގާތްގަނޑަކަށް 60 އިމާމުން ބޭރުކޮށްލާއިރު ތުރުކީގެ ރައީސް އުރުދުގާން ވަނީ މިނިންމުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

އޮސްޓްރިއާގައި 600000 އެއްހާ މުސްލިމުން އުޅެމުންދާއިރު ތުރުކީއަށް ނިސްބަތްވާ 300000 މީހުން އެގައުމުގައި ދިރިއުޅެއެވެ. ސަރުކާރުގެ މި ނިންމުން އެ ގައުމުގެ މުސްލިމުންގެ ފެޑެރޭޝަން، އައިޖީޖީއައިއޯއީން ވަނީ ކުށްވެރިކޮށްފައެވެ.

އެޖަމިއްޔާގެ ރައީސް އިބްރާހިމް އޮލްގުމް އާދީއްތަ ދުވަހު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ދީނީ ގްރޫޕްތަކުގެ އަގުވައްޓާލަން ކަމަށެވެ.

"ސަރުކާރުން މި ގޮތަށް ނިންމީ ކުރިން އެންގުމެއް ނެތި، އެކަން ރަމްޟާން މަހު ތަންފީޒުކޮށް މިސްކިތްތައް ބަންދުކުރާނެ" އޭނާ ވިދާޅުވިއެވެ.

އެގައުމުގެ ބައެއް އިދިކޮޅު ފަރާތްތަށް މިނިންމުމަށް ތާއީދު ކޮއްފައިވާއިރު އޮސްޓްރިއާގެ ކަލްޗަރ މިނިސްޓަރ ގެއަރްނޮޓް ބުލުމެލް ވިދާޅުވީ މިސްކިތްތައް ބަންދުކުރީ ކަނާތު ފިޔައިގެ ހައްދު ފަހަނައެޅި ހަރަކާތްތަކާއި އޮސްޓްރިއާގެ އިސްލާމިކް ފެއިތު ކޮމިޓީއިން ލައިސަންސްދީފައިނުވާތީ ކަމަށެވެ.

އޮސްޓްރިއާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ، ދީނީ ޖަމާއަތްތަކުން ފަންޑު ކުރުމާއި އެފަދަ ފަރާތްތަކުގެ އަތުން ފަންޑު ހޯދުން މަނާކޮށް 2015 އަހަރު ވުޖޫދަށް ގެނެވުނު ގާނޫނެއްގެ ދަށުން ހިންގާ ކަންކަމެވެ.

ސަރުކާރުން ބަންދުކުރަނީ ތުރުކީ މިސްކިތް ކަމަށާއި ކަމަށާއި އަދި އުވާލެވޭ ގުރޫޕަކީ އަރަބް ރިލިޖަސް ކޮމިއުނިޓީ ނަމަކަށް ކިޔާ ގްރޫޕެއް ކަމަށް ސަރުކާރުން ބުނެއެވެ. އެ ގްރޫޕަކީ ހަ މިސްކިތެއް ހިންގާ ގްރޫޕެކެވެ.