މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ރަލްފް ރަގްނިކްގެ އިރުޝާދުގެ ދަށުން އޮސްޓްރިއާ ކުޅުނު މެޗުން ކްރޮއޭޝިއާ އަތުން 0-3 ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.

ކްރޮއޭޝިއާ ދަނޑުގައި ކުޅުނު މި މެޗުގައި އޮސްޓްރިއާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އިރު، އެ ޓީމުން ވަނީ ކްރޮއޭޝިއާގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

މި މެޗުގައި އޮސްޓްރިއާ އިން ލީޑު ނެގީ 41 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާކޯ އަރްނަޓޮވިޗްއެވެ. މި ލަނޑާއެކު ފުރަތަމަ ހާފް ނިމިފައިވަނީ 0-1 ގެ ނަތީޖާއަކު ކްރޮއޭޝިއާގެ މައްޗަށް އޮސްޓްރިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އޮސްޓްރިއާ އިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައި ވަނީ މިކޭލް ގްރެގޮރިޓިޗްއެވެ. މި ލަނޑާއެކު ކްރޮއޭޝިއާއިން ވަނީ އެޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާ ލޫކާ މޮޑްރިޗް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރުވާފައެވެ.

ނަމަވެސް، މޮޑްރިޗް އަރުވައިގެންވެސް ކްރޮއޭޝިއާއަށް ނަތީޖާ ނެރެވިފައި ނުވާއިރު، އޮސްޓްރިއާ އިން ވަނީ 57 ވަނަ މިނެޓުގައި މެޗުގެ ލީޑު އިތުރަށް ވަނީ ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައި ވަނީ މާސެލްއެވެ.

މި ނަތީޖާއާއެކު ތިން ޕޮއިންޓާއެކު ނޭޝަންސް ލީގުގެ އޭގެ ގްރޫޕް އެކެއްގެ އެއްވަނައަށް އޮސްޓްރިއާ ވަނީ ޖެހިލައިފައެވެ. މެޗުން ބަލިވި ކްރޮއޭޝިއާ އޮތީ ޕޮއިންޓެއް ނުލިބި ފުލުގައެވެ. ގްރޫޕްގެ ދެވަނައިގައި ޑެންމާކް އޮތްއިރު، ތިންވަނައިގައި އޮތީ ފްރާންސްއެވެ.