ދުނިޔޭގައި ވަޒަންވެރިވާނޭ ބިމެއް ނެތުމުން، ފަލަސްތީނުގެ ބިން ފޭރިގަނެގެން އުޅޭ އިސްރާއިލްގެ ރައްޔިތުންގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫއަކީ، "މަގުފޭރޭ މުޑުދާރު އަނިޔާވެރިއެއް" ކަމަށް އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރ ރީ ޔޮންގ-ހޯ ބުނެފިއެވެ.

ރީ ޔޮންގ-ހޯގެ ޓްވީޓާ އެކައުންޓުން އޭނާކޮށްފައިވާ ޓްވީޓެއްގައި ނަތަންޔާހޫއަށް ފާޑުކިއުން އަމާޒުކޮށް ބުނެފައިވަނީ، ނަތަންޔާހޫއަކީ ދޮގުވެރިއެއް ކަމަށާއި، އޭނާއަކީ އެއްވެސް ހައްޤަކާއިނުލައި ފަލަސްތީނުގެ ބިން ފޭރިގަތުމަށްފަހު ޣައްޒާގެ ރައްޔިތުން މަރަމުންދާ ކުއްވެރިއެއް ކަމަށެވެ.

ރީ ޔޮންގ-ހޯގެ ރުޅިވެރި ބަސްތައް ނަތަންޔާހޫއަށް އަމާޒުކޮށްފައިވަނީ، އުތުރު ކޮރެއާގެ ލީޑަރާއި، އިސްރާއީލަށް ވާގިވެރިވާ އެމެރިކާގެ ހައްދުފަހަނައަޅާފައިވާ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ސުލްޙައިގެ ސަމިޓު ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށް މިދިޔަ ހޯމަ ދުވަހު ކުރި ޓްވީޓެއްގައެވެ. މި ސަމިޓު މި ތާރީޚީ ސަމިޓު އިއްޔެ ބާއްވާފައިވާއިރު، އުތުރު ކޮރެއާ އާއި އެމެރިކާގެ ގުޅުން ވަރުގަދަ ކުރުމަށް ވަނީ ނިންމާފައެވެ.

ރީ ޔޮންގ-ހޯ ވަނީ، އުތުރު ކޮރެއާ އާއި އެމެރިކާއިން ސިންގަޕޫރުގައި ބޭއްވި މި ސަމިޓަށްވެސް ނަތަންޔާހޫ ހުރަސް އެޅުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން، އިސްރާއީލުން ހިންގާ ޖަރީމާތަކަށް އުތުރު ކޮރެއާގެ ތާއީދު ނުލިބޭނެކަން އެނގޭތީ އިސްރާއީލުން ކަންބޮޑުވާކަންވެސް އޭނާ ފާހަގަކޮށްފައި ވެއެވެ.

އިސްރާއިލްގެ އަނިޔާވެރިކަން މުޅި ދުނިޔެއަށް ހާމަވަމުންދާއިރު، ނަތަންޔާހޫ އިސްވެ ހުރެ ކޮންމެ ދުވަހަކުވެސް ފަލަސްތީނުގެ ޢާންމު ރައްޔިތުންނާއި ދެކޮޅަށް ދަނީ އެތައް ޖަރީމާއެއް ހިންގަމުންނެވެ. އެގޮތުން ފަލަސްތީނުގެ ބިމުގައި އިސްރާއިލް ސިފައިން ހިންގާ މި ޖަރީމާތަކުގައި، މިއަހަރު އެކަނިވެސް އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށް، އެތައް ހާސް ބަޔަކާއި މެދު އަނިޔާވެރި ވެފައ ވެއެވެ.

ހާލުގައި ޖެހިގެން ވަންނާނެ ގެދޮރެއް އަދި ވަޒަނެއް ނެތި ސަލާން ޖަހާ ޙާލުގައި ފަލަސްތީނުގެ މަދަދަށް އެދި އެޤައުމުގެ ބޯޑަރު ކައިރިއަށް ގޮސް އާދޭސް ކުރަމުން ދަނިކޮށް، އިޙްސާންތެރިވުމުން، އޭގެ ބަދަލުގައި އިސްލާއީލުގެ ހަޑި މުޑުދާރު ކާފަރުން އެ ބިމަށް ގަދަކަމުން ވެރިވެގެންފައިވަނީ 1948 ވަނަ އަހަރުއެވެ. އެއަހަރު ފަލަސްތީނުގެ ބިމުން މިލިއަނަކާއި ގާތްކުރާ ޢަދަދަކަށް އެޤައުމުގެ ރައްޔިތުން ފައްސާލާފައިވާއިރު، އަމިއްލަ ވަޒަން ދޫކޮށްދާން ދެކޮޅުހެދި އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ?

    .ސުބުހާނަﷲ. މީހަކު ވަރަށް ބޮޑު ތެދުވާހަކައެއް ބުނެފި.?

  2. ÷ޮ

    ބަރާބަރު

  3. ޛގފ

    ޑެން ނޮތުކޮރެއާ ފަލަސްތިނު މިހުންން ހިމާޔަތް ކުރަންވީ ނުނ

  4. މަ މިއު މަ

    ސާބަހޭ ރީ!

  5. ބުއްޅަބޭ

    ދެންއޮންނާނީ ނަތަންޔާހޫއާއި ނޯތުކޮރެޔާގެ ލީޑަރުގެ ބައްދަލުވުން! ޢެވެސް ހަމަޖެހޭނީ ސައޫދީގައި!

  6. މިލިޓަރީ

    މިއަރަބި ޤައުމަތައްކައްވުރެ ރަގަޅު ނޯތުކޮރެއާވެސް.

  7. ހުސޭނުބޭ

    ތެދު ވާހަކައެއް އެ ބުނީ!

  8. ޙުސައިން މ. މުލި

    ރީ ޔޯންގ ހޯ އަށް ބުނެލަން
    ޏަތަންޔާހޫ ސައިޒު އަރުވާލަބަލަ ޕްލީޒް