އިންޑިއާގައި ފެތުރޭ ކޮވިޑުގެ އާ ވޭރިއެންޓް ފްރާންސުން ފެނިއްޖެއެވެ.

ފްރާންސްގެ ހެލްތު މިނިސްޓަރު މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އިންޑިއާގެ ވޭރިއެންޓަށް ފްރާންސުން 20 މީހުން ފައްސިވެފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނީ އިންޑިއާގައި ފެތުރޭ ކޮވިޑުގެ އާ ވޭރިއެންޓަކީ ވަރަށް ނުރައްކާތެރި ވޭރިއެންޓެއް ކަމަށެވެ. އެގޮތުން ކޮވިޑުގެ އެ ވޭރިއެންޓުގެ ފެތުރޭ މިންވަރު އަވަސްވެފައި ބަލިވާ މީހުންގެ ހާލަތު ނާޒުކުވާ ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.

އިންޑިއާގައި ފެތުރެމުންދާ ކޮވިޑުގެ އާ ވޭރިއެންޓް ދުނިޔޭގެ 17 ގައުމަކުން މިހާރު ފެނިފައިވާއިރު ދުނިޔޭގެ ގައުމުތަކުގައި މިހާރު އެންމެ ކަންބޮޑުވާ އެއް މައްސަލަ އަށް މި މައްސަލަ ވަނީ ވެފައެވެ.

B.1.617 ގެ ނަމުން ނަންދީފައިވާ މި ވޭރިއެންޓުގެ ވައިރަހަކީ ކޮވިޑަށް އުފައްދާފައިވާ ވެކްސިނަށް ވެސް ނުގުޑާވަރުގެ ނުރައްކާތެރި ވައިރަހެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

އިންޑިއާގައި މިހާރު ފެތުރޭ ކޮވިޑުގެ އާ ވޭރިއެންޓަށް އެތައް ލައްކަ ބަޔަކު ކޮންމެ ދުވަހަކު ފައްސިވަމުންދާއިރު މަރުވާމީހުންގެ ޢަދަދު ވެސް ތިރިނުވާކަން ފާހަގަ ކުރެވެއެވެ. އަދި ވައިރަހަށް ފައްސިވާ މީހުން ޢާދަޔާ ހިލާފަށް ބަލިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނާއިރު ވައިރަހަށް ފައްސި މީހުންނާއެކު އިންޑިޔާގެ ހޮސްޕިޓަލްތައް ފުރިފައިވާތާ ހަފްތާއެއްހާ ދުވަސްވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގައުމީ ލޯބި

    އިންޑިޔާ މީހުން އައުންހުއްޓުވާ.. ފޮރިންމިނިސްޓަރާއި ހެލްތް މިނިސްޓަރު އިސްތިއުފާ ދީ..

    އިންޑިޔާ ޓްރާންސިޓް / ކޮރަންޓީން ފެސިލިޓީއަކަށް ރާއްޖެ ހަދައިގެން ދިވެހީންގެ ލޭ ތިބޮނީ.. ދިވެހީން މަރަން ފައިސާ ހޯދަނީ ؟

    ޢައްދާރުވިޔަސް ބޮޑުވަރު.. ޓެކްސް ފައިސާއިން މުސާރަ ނަގައިގެންތިބެ.. ރައްޔަތުން މަރާފައި އެންމެ ނުރައްކާ ކޮވިޑް ރާއްޖޭގައި ފެނުނަސް ވަރިހަމަ ކޮށް..

    ތި އުޅެނީ މީހުން އިންޑިޔާ މީހުން ދުބާއީއަށް ފޮނުވާނެ މަގުތަނަވަސްކުރަން ތޯ؟

    #އިނޑިޔާ ޓްރެވަލް ބޭން! ވަގުތުން ވަގުތައް!